Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ގައުމީ މަޖިލިސް

"ހަމަލާ ދިނުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނަން"

މި މައްސަލައިގައި ޝަރީއަތަށް ދާނީ ސީދާ ޕީޖީ ކަމަށްވެސް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 9 މެއި 2021 | އާދީއްތަ 17:32
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއް ދިނުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ އެމްޑީޕީގެ 173 ވަނަ ގައުމީ މަޖިލީހުގައި އާދީއްތަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސާލިހު ވިދާޅުވީ އާދީއްތަ ދުވަހު މެންދުރު ރައީސް ނަޝީދާ ބައްދަލުވި ކަމަށާއި، ދެކެވުނު ވާހަކަތަކުން އެމަނިކުފާނުގެ އަޒުމާއި ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަކަން ޔަގީންވި ކަމަށެވެ. ރައީސް ސާލިހު ވަނީ މި ހަމަލާގެ ތަހުގީގާއި ގުޅޭ ތަފްސީލުތައް ވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ޔޫއެންއޯޑީސީއާއި ލަންޑަނުގެ މާހިރުން ވެސް މިހާރު ތަހުގީގަށް އެހީތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި އެކަން ހިނގި ރޭ އަވަށްޓެރި ގައުމުތަކުން ވެސް އެހީވާން ބޭނުންކަން ހާމަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަހުގީގަށް ބޭނުންވާ މީހުންނާ ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އައިއީޑީއާ ގުޅޭ މުހިންމު ކަންތައްތަކެއް މިހާރު ވެސް އެނގިފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ވަރަކުން އެ މައުލޫމާތު އެކި މުއައްސަސާތަކަށް ފުލުހުން ފޯރުކޮށްދޭ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ހަމަލާގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަގީންކަން ވެސް ރައީސް ސާލިހު ވަނީ ދެއްވާފައެވެ.

މި ތަހުގީގަށް ޕީޖީގެ އެއްބާރުލުން ވަރަށް ފުރިހަމަ ކަމަށާއި، މިހާރު ވެސް ވަކި ޓީމެއް އެކުލަވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޝަރީއަތަށް ވަޑައިގަންނަވާނީ ސީދާ ޕީޖީ ކަމަށް ވެސް ވިދާޅުވިއެވެ. ނިރުބަވެރި ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ރަނގަޅުކަމަށާއި ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނިރުބަވެރިންގެ ބޭނުމަކީ ގައުމުގެ އަމާންކަން ނަގާލުމާއި، ސުލްހަ ގެއްލުވާލުން ކަމުގައި ވާއިރު، އެމްޑީޕީން އަދި ސަރުކާރުން އެކަން އެހެން ކުރަން ފުރުސަތު ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީއަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި ބޭނުންވަނީ ގައުމުގައި ހަމަޖެހުމާއި ސުލްހަމަސަލަސް ކަން ދެމިއޮތުން ކަމަށާއި، އެމްޑީޕީއަކީ އަނެކާގެ ފުރާނައަށް އިހުތިރާމް ކުރާ ޕާޓީއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު