Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ގެ ކޭސްތައް އިތުރުވުން

ކޭސްތައް ދުވަހަކުވެސް ނުފެންނަ ވަރަށް މޭމަހުގެ ފުރަތަމަ ހަފުތާގައި ފެނިފައިވޭ: ޑރ.ޝަހީދު

9 މެއި 2021 | އާދީއްތަ 14:17

މޭމަހުގެ ފުރަތަމަ ހަފުތާގައި 3000ށްވުރެ ގިނަ މީހުން ޕޮޒިޓިވްވި

އަމްނާ އިމާދު
އަމްނާ އިމާދު | 9 މެއި 2021 | އާދީއްތަ 14:17
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ،

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ،

ފާއިތުވި އެއްއަހަރު ދުވަހުގެ ތެރޭގައި ހަފުތާއެއްގެ މައްޗަށް ކޮވިޑް-19ގެ ކޭސްތައް ނުފެންނަ ވަރަށް މޭމަހުގެ ފުރަތަމަ ހަފުތާގައި ކޭސްތައް ފެނިފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްވަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މޭމަހުގެ ފުރަތަމަ ހަފުތާގައި 3000ށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވްވި ކަމަށެވެ. މިއީ ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ހަފުތާއެއްގެ މައްޗަށް އެންމެ ގިނަ އަދަދަށް ކޭސްތައް ފެނިފައިވާ ހަފުތާ ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

މާލެސިޓީގެ ހާލަތަށް އަލިއަޅުއްވާލައްވާ ޑރ.ޝަހީދު ވިދާޅުވީ މާލެއިން ވެސް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވާ ކަމަށެވެ. މި ފާއިތުވެދިޔަ ދެ ހަފުތާގައި ވަރަށް ހަލުހި މިނެއްގައި ކޭސްތައް މައްޗަށް ގޮސްފައިވާކަން ފާހަގަކުރައްވައި ޑރ.ޝަހީދު ވިދާޅުވީ މީގެ ކުރިން މާލެއިން ދުވާލެއްގެ މައްޗަށް 150-200 ދެމެދުގެ އަދަދަށް ކޭސްތައް ފެނުނު ނަމަވެސް ހަތަރު ވަނަ ރާޅާއެކު 500ށް ވުރެ މައްޗަށް ކޭސްތައް ފެންނަމުންދާ ކަމަށެވެ. ކޭސްތައް މިހައި މަތިވެގެން ދިއުމަކީ ވަރަށް ސީރިއަސް ކަންބޮޑުވުމެއް ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝަހީދު ވިދާޅުވީ ބަލީގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި އައިސީޔޫގައި އެޑްމިޓްވެގެން ފަރުވާ ދޭމީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، ބެޑް ކެޕޭސިޓީ ފުލް ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. ޑރ.ޝަހީދު ވިދާޅުވީ ބަލީގައި ހާލު ބޮޑުވަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުން ކަމަށް ބަލައިގެން ނުވާނެ ކަމަށާއި، މިހާރު ވެސް 26، 37 އަދި 39 އަހަރުގެ ޒުވާނުންނަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް