Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް ފަސްކުރުން

އޭއެފްސީ ކަޕުގެ މެޗުތައް ފަސްކޮށްފި

9 މެއި 2021 | އާދީއްތަ 09:15

ބެންގަލޫރު ކުޅުންތެރިން ވަނީ ކޮވިޑުގެ އުސޫލުތަކާ ޚިލާފުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 މެއި 2021 | އާދީއްތަ 09:15
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރަން އޭއެފްސީން ނިންމައިފިއެވެ.

މީގެ ކުރިން ތާވަލުކޮށްފައި އޮތް ގޮތުން މި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާނެއެވެ. އަދި އެ މެޗަށްފަހު މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް އޮތީ ތާވަލުކޮށްފައެވެ.

އެކަމަކު އޭއެފްސީ ކަޕުގެ މައްސަލަ ހޫނުވީ ޕްލޭއޮފް މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެން މާލެ އައިސްފައިވާ ބެންގަލޫރު ޓީމުން ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވުމުންނެވެ. ހޮޓެލް ޖެންގައި ބެންގަލޫރު ޓީމު ކޭމްޕްކުރަމުން އަންނައިރު، އެ ޓީމުގެ ކުޅުންތެރިންނަށް ހޮޓަލުންނުކުމެވޭނީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަންޏެވެ. އެކަމަކު ހޮނިހިރު ދުވަހުގެ ހަވީރު މާލޭ މަގުތަކުން އެ ޓީމުގެ ބައެއް ކުޅުންތެރިން ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އޭއެފްސީން ވަނީ ރާއްޖޭގެ ޓީމުތައް ވާދަކުރަމުން އަންނަ ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމިކަން ހާމަކޮށްފައެވެ. އަދި މި ބަޔާނުގައި ވަނީ މުބާރާތުގެ ޕްލޭއޮފުގައި ކުޅެން މި ވަގުތު ރާއްޖެ އައިސްފައިވާ ބެންގަލޫރުން އަމިއްލައަށް އެނބުރި ގައުމަށް ދިއުމުގެ ދަތުރުފަތުރުތައް ހަމަޖައްސަމުން އަންނަ ކަމަށާއި، އަދި މުބާރާތާ ގުޅިގެން މީގެ ކުރިން ރާއްޖެ އަންނަން ދަތުރުފަތުރު ހަމަޖައްސާފައިވާ ޓީމުތަކުން މި ހިނދުން ފެށިގެން އެ ދަތުރުތަކުގެ ކަންތައް ކެންސަލްކުރަން އަންގާފައެވެ.

އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރަން އޭއެފްސީން ނިންމާފައިވަނީ މި މުބާރާތް ރާއްޖޭގައި މި ވަގުތު ނުބޭއްވޭނެކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުލަބުތަކަށް އަންގާފައި ވަނިކޮށެވެ.

ބެންގަލޫރުން އުސޫލާ ޚިލާފުވި މައްސަލަ ހޫނުވިއިރު، އެ ޓީމުގެ ސީއީއޯ ޕާތު ޖިންދާލް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު، ބަހަނާއެއް ދެއްކެން ނެތް އަމަލަށް ކުލަބުގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެއާއެކު އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރިއިރު، ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ބެންގަލޫރު ޓީމުގެ ފަރާތުން ފެނިގެންދިޔައީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކޮވިޑުގެ އުސޫލާ ޚިލާފުވި މައްސަލާގައި ބެންގަލޫރު ޓީމު ވަގުތުން ރާއްޖެ ދޫކޮށް ފުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޕްލޭއޮފުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ގްރޫޕް ސްޓޭޖުގެ ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. މީގެ ކުރިން އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާ އާއި އީގަލްސްގެ ކުޅުންތެރިން ވަނީ ކޮވިޑަށް ޓެސްޓުކުރުމަށްފަހު ކޭމްޕްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރާއްޖެ އައުމުގެ ކުރިން މޯހަން ބަގާންގެ ކުޅުންތެރިން ކޮވިޑަށް ޓެސްޓުކުރިއިރު، އެ ޓީމުގެ ދެ ކުޅުންތެރިއަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރަން އޭއެފްސީން ނިންމިއިރު، މީގެ ކުރިންވެސް އެފްއޭއެމުން ވަނީ މުބާރާތް ފަސްކުރަން މަޝްވަރާކޮށްފައެވެ.

ނަމަވެސް މުބާރާތް ކުރިއަށްގެންދަން އޭރު އޭއެފްސީން ނިންމުމާއެކު، ޕްލޭއޮފް މެޗަށް ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށެވެ. އެގޮތުން ވަކި ޚާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް އަންގާފައިވާއިރު، އިންޑިއާއިން އަންނަ މީހުން 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެކަމަކު ފަހުން އެޗްޕީއޭއިން ވަނީ އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމަށް ޚާއްސަ ހުއްދައެއް ދީފައެވެ.

ސެންޓްރަލައިޒްކޮށްގެން ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރިއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެކަމަކު ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް