Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުން

އަޤްޞާ މިސްކިތުގައި ތިބި މީހުންނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

މި ޙާލަތުގައި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާކަމުގެ ޔަޤީންކަން ދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2021 | އާދީއްތަ 07:25
މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްޞާގައި ނަމާދު ކުރަނީ

މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްޞާގައި ނަމާދު ކުރަނީ

އަޤްޞާ މިސްކިތުގައި އަޅުކަމުގައި ތިބި މީހުންނަށް އަމާޒުކޮށް އިސްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އެކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒުވާގޮތަށް ދީފައިވާ އެ އަނިޔާވެރި ހަމަލާތައް ރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ވަކިން ޚާއްސަކޮށް ރަމަޟާން މަހުގެ މި މާތް މައްސަރުގައި އަޅުކަމުގައި ތިބި ބަޔަކަށް އަމާޒުކޮށް އެފަދަ ހަމަލާއެއް ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ. ގެ ސެކިއުރިޓީ ކައުންސިލް އަދި ޖެނެރަލް އެސެމްބްލީގެ ޤަރާރުތަކާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.

އޭގެ އިތުރުން، މި ހަމަަލާތަކަކީ އެ ސަރަޙައްދުގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އެޅިގެންދާ ހުރަހެއްކަން ފޮރިން މިނިސްްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަތައް ހައްލުކޮށް އެ ސަރަޙައްދުގައި އަމާންކަން ޤާއިމު ކުރުމަށްޓަކައި ފަލަސްތީނަކީ ވަކި ދައުލަތެއް ގޮތުގައި ބަލައިގެން ކުރިއަށް ދިއުން މުހިއްމުކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ސަރުކާރުން ވަނީ މި ޙާލަތުގައި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާކަމުގެ ޔަޤީންކަން ދޭ ކަމަށް ބުނެފައެވެ.

އަޤްޞާ މިސްކިތުގައި އަޅުކަމުގައިތިބި ބަޔަކާއި ޖޭރުއްސަލާމްގެ އިރުމަތީ ސަރަހައްދުގައި ހިނގި ހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުގެ 150ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އިސްރާއީލުގެ ފުލުހުންނާއި ސިފައިން އަންނަނީ ޓިއަރ ގޭހާއި ގްރެނައިޑް އަދި ބަރު ހަތިޔާރުން ފަލަސްތީނުގެ ރައްޔިތުންނަށް ފާއިތުވި ހަފްތާތަކުގައި ހަމަލާތައް ދެމުންނެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު