Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒޫލޫންގެ ރަސްކަން

ތަޚުތު މަށަށް މަށަށް ކިޔާން ތިބެފައި އެންމެފަހުން ބޭފުޅަކު އިސްކޮށްފި

8 މެއި 2021 | ހޮނިހިރު 07:23

އައު ރަސްކަލަކީ އުމުރުފުޅުން 46 އަހަރުވީ ޕްރިންސް މިސިޒޫލޫ

| 8 މެއި 2021 | ހޮނިހިރު 07:23
ޒޫލޫންގެ އައު ރަސްގެފާނު މިސިޒޫލޫ (މެދުގައި) ރަސްމީ އިއްޒަތުގައި: ޒޫލޫންގެ ރަސްކަމަކީ ރަމްޒީ ރަސްކަމެއް.

ޒޫލޫންގެ އައު ރަސްގެފާނު މިސިޒޫލޫ (މެދުގައި) ރަސްމީ އިއްޒަތުގައި: ޒޫލޫންގެ ރަސްކަމަކީ ރަމްޒީ ރަސްކަމެއް.

ސީރިއަސް ކޯޅުންތަކެއްގެ ތެރެއިން ޒޫލޫންގެ ރަސްކަމަށް އައު ބޭފުޅަކު އިސްކޮށްފިއެވެ. އައު ރަސްކަލަކީ ކުރީގެ ރަސްގެފާނު ގުޑްވިލް ޒުވެލިތީނީގެ ދޮށީ ފިރިހެން ދަރިކަލުން ޕްރިންސް މިސިޒޫލޫއެވެ. އައު ރަސްގެފާނުގެ އުމުރުފުޅަކީ 46 އަހަރެވެ.

ގާތަގަޑަކަށް 11 މިލިޔަން މީހުންގެ މައްޗަށް އެކުލެވިގެންވާ ޒޫލޫ ގަބީލާއަކީ ދެކުނު އެފްރިކާގެ އެންމެ ބޮޑު ގަބީލާއެވެ. މި ގަބީލާގެ ސަރަހައްދަކީ ދެކުނު އެފްރިކާގެ އިރުމަތީ ބިތުގެ ކުވަޒޫލޫ - ނަޓާލް ޕްރޮވިންސެވެ.

ޒޫލޫންގެ ރަސްކަމަކީ ރަމްޒީ ރަސްކަމެކެވެ. ސިޔާސީ މާބޮޑު ބާރެއް ނޯވެއެވެ. އެކަމަކު ދެކުނު އެފްރިކާގެ ސަރުކާރުން މި ރަސްކަމުގެ ބަޖެޓަށް އަހަރަކު ހައެއްކަ މިލިޔަން ޑޮލަރު ދޭތީ ރަސްކަމުގެ ހައިބަތު އަދިވެސް ދެމިއެބައޮތެވެ.

ކުރީގެ ރަސްގެފާނު ގުޑުވިލް ޒުވެލިތީނީ ހުސްވި މާޗު މަހު ކޮވިޑުގެ އާލާސްކަންފުޅުގައި އަވަހާރަވީއިރު ހަ އަނބިކަނބަލަކާއި 28 ބޭފުޅުން ތިއްބެވިއެވެ. އަދި ރަސްގެފާނުގެ އަމިއްލަފުޅު ކޮއްކޮއިންވެސް ވަރަށް ގިނައެވެ. ރަސްގެފާނު އަވަހާރަވުމާއެކު ތަޚުތު ލިބިގަތުމުގެ އެދުމުގައި މިހުރިހާ ބޭފުޅުންގެ މެދުގައި ބޮޑު ކޯޅުމެއް ފެށިގެން ދިޔައެވެ.

އައު ބޭފުޅަކު ތަޚުތަށް އިސްކުރެވެންދެން ރަސްކަމުގެ ކަންތަކާ ހަވާލުވެވަޑައިގަތީ ރަސްގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން މަންޓްފޮމްބީ ލަމީނީ އެވެ. މިއީ ރަސްގެފާނުގެ ދެވަނަ އަނބިކަނބަލުންނެވެ. މިއަށްވުރެ ދޮށީ އަނބިކަނބަލަކުވެސް ހުންނެވިއެވެ. އެކަމަކު މަންޓްފޮމްބީއަށް އިސްކަން ދެވުނީ އެކަމަނާއަކީ އުފަންވުމުގައިވެސް ޝާހީ ބޭފުޅަކަށް ވުމުންނެވެ. މަންޓްފޮމްބީއަކީ އަވަށްޓެރި އެސްވަޓީނީގެ ރަސްގެފާނުގެ ދައިތާފުޅެވެ.

ވަގުތީ ގޮތުން މަންޓްފޮމްބީ ރަނިކަމުގައި ހުންނަވަނިކޮށް ހުސްވި އެޕްރީލް މަހު އެކަމަނާވެސް ވަނީ ގޮތްނޭގޭ ގޮތަކަށް ކުއްލިއަކަށް އަވަހާރަވެފައެވެ. އެހިސާބުން ފެށިގެން ހަމަ ފާޅުގައި ޝާހީ އާއިލާގެ އެކި މެންބަރުން ގެންދެވީ ތަޚުތު މަށަށް މަށަށް ގޮވަމުންނެވެ.

ހުކުރު ދުވަހު ޝާހީ ބޮޑުގަނޑުވަރުގައި އޮތް ރަސްމިއްޔާތެއްގައި އެންމެފަހުގެ ރަސްގެފާނާއި ރާނީގެ ވަސިއްޔަތް އިއްވައި ތަޚުތަށް ޕްރިންސް މިސިޒޫލޫ އިސްކުރުމުގެ ރަސްމިއްޔާތު ދެކުނު އެފްރިކާގެ ބައެއް ޓީވީތަކުން ލައިވް ކުރިއެވެ. މި ރަސްމިއްޔާތުގެ ތެރޭގައި އައު ރަސްގެފާނު ބަލައި ނުގަންނާނެ ކަމަށް ބައެއް އަމީރުން ވިދާޅުވެ ހައިޖާނުވެސް ހެއްދެވިއެވެ. އެތަނުން އައު ރަސްގެފާނު ނެރެގެން ރައްކާތެރި ތާކަށް ގެންދިޔައީ ބޮޑީގާޑުންނެވެ.

ދެކުނު އެފްރިކާގެ ގަބީލާތަކުގެ ތެރެއިން ޒޫލޫ ގަބީލާ އެހާ ބޮޑަށް މަޝްހޫރުވުމުގެ ސަބަބަކީ މި ގަބީލާއަށް ނިސްބަތްވާ މީހުންގެ ހިތްވަރުގަދަ ކަމާއި ހަގުރާމަތަކުގައި ކުރި ހޯދުން ގިނަ ކަމުންނެވެ.  

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 މެއި 2022

ގައުމުން ބޭރަށް ވަޑައިގެންނެވުން މަނާކޮށްފައިވާ ޔޫކްރެއިންގެ ކުރީގެ ރައީސްއަށް އެންމެފަހުން ފުރުމުގެ ހުއްދަދީފި

31 މެއި 2022
ގައުމުން ބޭރަށް ވަޑައިގެންނެވުން މަނާކޮށްފައިވާ ޔޫކްރެއިންގެ ކުރީގެ ރައީސްއަށް އެންމެފަހުން ފުރުމުގެ ހުއްދަދީފި
31 ޖުލައި 2021

އެންމެފަހުން ޗައިނާގައި ވެސް ޑެލްޓާ ވޭރިއަންޓު ފެތުރެން ފަށައިފި

31 ޖުލައި 2021
އެންމެފަހުން ޗައިނާގައި ވެސް ޑެލްޓާ ވޭރިއަންޓު ފެތުރެން ފަށައިފި
15 މެއި 2021

އެންމެފަހުން މާރސް ޕްލެނެޓްވެސް ޗައިނާއިން "ފަތަހަ" ކޮށްފި

15 މެއި 2021
އެންމެފަހުން މާރސް ޕްލެނެޓްވެސް ޗައިނާއިން "ފަތަހަ" ކޮށްފި
04 މެއި 2021

އޮކްސިޖަނަށް އާދޭސްކުރަން އެންމެފަހުން ކޯޓަށް

04 މެއި 2021
އޮކްސިޖަނަށް އާދޭސްކުރަން އެންމެފަހުން ކޯޓަށް
04 މެއި 2021

ތަޚުތުގެ އެދުމުގައި ޝާހީ އާއިލާގެ ތެރޭގައި ބޮޑު ކޯޅުމެއް

04 މެއި 2021
ތަޚުތުގެ އެދުމުގައި ޝާހީ އާއިލާގެ ތެރޭގައި ބޮޑު ކޯޅުމެއް
14 ޖެނުއަރީ 2021

އެންމެފަހުން ސްނެޕްޗެޓް އިން ވެސް ޓްރަމްޕް ދާއިމީކޮށް ސަސްޕެންޑްކޮށްފި

14 ޖެނުއަރީ 2021
އެންމެފަހުން ސްނެޕްޗެޓް އިން ވެސް ޓްރަމްޕް ދާއިމީކޮށް ސަސްޕެންޑްކޮށްފި
30 އެޕްރީލު 2019

ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންކަން އިއުލާނު ކުރައްވައިފި

30 އެޕްރީލު 2019
ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންކަން އިއުލާނު ކުރައްވައިފި
30 އެޕްރީލު 2019

ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންނެވުމުގެ ފަހު މަރުހަލާގައި

30 އެޕްރީލު 2019
ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންނެވުމުގެ ފަހު މަރުހަލާގައި
12 ޖޫން 2017

މެލޭނިއާ އާ ބެރޮން އެންމެފަހުން ވައިޓް ހައުސްއަށް ބަދަލުވެ ވަޑައިގެންފި

12 ޖޫން 2017
މެލޭނިއާ އާ ބެރޮން އެންމެފަހުން ވައިޓް ހައުސްއަށް ބަދަލުވެ ވަޑައިގެންފި
13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް