Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ

ދެން އާންމު ރައްޔިތަކަށް ހަމަލާދޭން މިނެޓެއްވެސް ނުނަގާނެ ނޫންތޯ؟

ރައީސް ނަޝީދަކީ އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ އަބަދުވެސް އެރުވޭ ބޭފުޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 މެއި 2021 | ހޮނިހިރު 06:59
ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން- މި ޙާދިސާ ބޭރުގެ މާހިރުންގެ އެހީގައި ދަނީ ތަހުގީގު ކުރަމުން

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން- މި ޙާދިސާ ބޭރުގެ މާހިރުންގެ އެހީގައި ދަނީ ތަހުގީގު ކުރަމުން

ހުކުރު ދުވަހު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެކެވުނު ވާހަކައެކެވެ. ރައީސް ނަޝީދަށް ހުރި ނުރައްކާތަކުގެ މައުލޫމާތު އަބަދުވެސް ލިބެމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ. ރައީސް ނަޝީދަކީ އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ އަބަދުވެސް އެރުވޭ ބޭފުޅެއްކަން ޖެނެރަލް ޝަމާލް ފާހަގަ ކުރެއްވިއެވެ.  ރައީސް ނަޝީދަށް ރައްކާތެރިކަން ދޭން އަރިހުގައި ތިބޭ ބޮޑީގާޑުން ހަރަކާތްތެރިވަނީ ހުއްދަ ހަތިޔާރާއެކު ކަމަށާއި އެކަން އެހެން ކުރަނީ ރައީސް ނަޝީދަށް ހުރި ނުރައްކަލުގެ ބޮޑުކަމުން ކަމަށް ވެސް ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ފުލުހުންވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. ފުލުހުންގެ އިންޓެލިޖެންސް މަސައްކަތް އަބަދުވެސް ކުރިއަށްދާކަމަށާއި، ނަަމަވެސް ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ މައުލޫމާތު ލިބިފައި ނުވާކަމަށް ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ނުލިބުނު ސަބަބު ބައްލަވާނެކަން ފާހަގަ ކުރައްވައި ސީޕީ ވަނީ އެފަދަ ޙަމަލާތައް ރާވައި ހިންގުމުގެ ޤާބިލުކަން ހުރި މީހުން މި މުޖުތަމައުގައި މިއަދު އެބަތިބި ކަމާމެދު ކުޑަވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ގޮއްވާލާފައިވަނީ "މިލިޓަރީ ނޫން ގްރޭޑުގެ އެކްސްޕްލޯސިވްސް" ނަމަވެސް، މި ޙާދިސާގައި ބޭނުންކޮށްފައި ވަނީ މީހަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެފަދަ އެއްޗެއްކަން ފާހަގަ ކުރެއްވިއެވެ.

އެ ވާހަކަތައް އަޑުއަހަން ތިބި މީހުންނަށް އިތުރަށް ލިބިގެން ދިޔައީ ބިރުވެރިކަމެއްކަން ޔަޤީނެވެ. ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންގެ ވާހަކަފުުޅުތަކަށް ބަލާއިރު، މުޖުތަމައުގައި އެފަދަ ޙަމަލާތައް ރާވައި ހިންގުމުގެ ކެރި ކުޅަދާނަކަން ލިބިގެންވާ މީހުން އުޅެމުންދާކަން އެނގެއެވެ. އެ ޤާބިލުކަން ބޭނުންކޮށްގެން މީހުންގެ ފުރާނަ ނުރައްކަލަށް ހުށައަޅަމުންދާކަން އެނގެއެވެ. މިފަހަރުވެސް ދީފައިވަނީ އެފަދަ ޙަމަލާއެއްކަން އެނގެއެވެ. ޙަމަލާ ދިނުމުގެ ކުރިން ފުލުހުންނަށް އެކަމުގެ ކުޑަވެސް ހިލަމެއް ނުވާކަން އެނގެއެވެ. ޙަމަލާ ދީފައިވަނީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ރައްކާތެރިކަން ދެމުންދާ ބޭފުޅަކަށްކަންވެސް އެނގެއެވެ. ޢަދި ހަމައެހެންމެ، ޙަމަލާ ދީފައިވަނީ ރާއްޖޭގެ ވެރިކަން ކުރާރަށް މާލޭގެ ކާރުބާރުބޮޑު މަގެއްގައިކަންވެސް އެނގެއެވެ.

ދެން ހިތަށް އަރާ ސުވާލަކީ ޓެރަރިޒަމާއި، އެކަކު އަނެކަކަށް ބޮޑެތި އަނިޔާތައް ދިނުމާއި، ތަންތަނާއި އިމާރަތްތައް ސުންނާފަތި ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި އަދި އެހެން އެކަން ކުރަމުންދާ މީހުން މި ޤައުމުގައި އުޅެމުންދާއިރު، އާންމު ރައްޔިތުންނަށް މިއަދު އޮތް ރައްކަލަކީ ކޮބައިބާއެވެ؟ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލައި ރައްޔިތުން ބޮޑު ބިރުވެރިކަމަކަށް ވައްޓާލީ ހަމަ މިފަދަ ގޮތަކަށެވެ. 2015 ވަަނަ އަހަރު ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ޙާދިސާއަކީވެސް މާ ދުރުނޫން ތާރީޚެއްގެ ޙާދިސާއެކެވެ. އެންމެ ފަހުން 2021 ވަނަ އަހަރުގެ މެެއި މަހުގެ 6 ވަނަ ދުވަހުގެރޭ އަނެއްކާވެސް ޤައުމު ސިއްސުވާލީ ދައުލަތުގެ އެއް ބާރުގެ އެންމެ އިސް ވެރިޔާއަށް އަމާޒުކޮށް ދިން ޙަމަލާއިންނެވެ.

ޙަމަލާ ދީފައިވަނީ ކޮންމެ ބަޔަކު ކޮންމެ މަޤްސަދެއްގައި ނަމަވެސް، އެނގޭހާވެސް އެއްޗަކީ މިއަދު އެއްވެސް ދިވެހި ރައްޔިތަކަށް ރައްކާތެރިކަމެއް ނެތް ކަމެވެ. ދައުލަތުގެ އެއް ބާރުގެ އެންމެ އިސް ވެރިޔާއަށް އަމާޒުކޮށް ދިން ޙަމަލާގެ ހިލަމެއް ރާއްޖޭގެ އިންޓެލިޖެންސް އިދާރާތަކަށް ނުވިއިރު، އެއްވެސް ސެކިއުރިޓީއެއް ރައްކާތެރިކަމެއް ނެތި މަގުމަތީގައި އުޅޭ އާންމު ރައްޔިތު މީހާއަށް އޮތީ ކޮން ރައްކާތެރިކަމެއްބާއެވެ. މި ޙާލަތުގައި ޤައުމު އޮތްއިރު އާންމު ރައްޔިތަކަށް ޙަމަލާދޭން މިނެޓެއްވެސް ނުނަގާނެ ނޫންތޯއެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކިންގް ސަލްމާން މިސްކިތް: އާންމުކުރި ކުރެހުމަކީ ތަސައްވުރެއް!

ކިންގް ސަލްމާން މިސްކިތް: އާންމުކުރި ކުރެހުމަކީ ތަސައްވުރެއް!

25 ޖޫން 2019
ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!

ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!

08 ފެބުރުއަރީ 2019
ރާއްޖެޓީވީގެ އަހަރީ ދުވަހާއި ގުޅިގެން އާންމުންގެ ތަޢުރީފު

ރާއްޖެޓީވީގެ އަހަރީ ދުވަހާއި ގުޅިގެން އާންމުންގެ ތަޢުރީފު

15 ޑިސެމްބަރު 2018
ކޯލިޝަން އެއްބަސްވުން އާންމު ކުރޭ!

ކޯލިޝަން އެއްބަސްވުން އާންމު ކުރޭ!

07 ނޮވެމްބަރު 2018
މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

11 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު