Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިލް ގޭޓްސްގެ ހަޔާތް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

8 މެއި 2021 | ހޮނިހިރު 05:06

މެލިންޑާއާއި ކައިވެނި ކުރީވެސް ވިންބްލޭޑްގެ ހުއްދަ ހޯދައިގެން

| 8 މެއި 2021 | ހޮނިހިރު 05:06
އޭން ވިންބްލޭޑް: ބިލް ގޭޓްސްގެ ހިތުގައި ވިންދު ޖަހަނީ މީނާއަށްޓަކައި ކަމަށް ބުނެވޭ.

އޭން ވިންބްލޭޑް: ބިލް ގޭޓްސްގެ ހިތުގައި ވިންދު ޖަހަނީ މީނާއަށްޓަކައި ކަމަށް ބުނެވޭ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުކަމަށްވާ ބިލް ގޭޓްސްގެ ކައިވެނި ރޫޅި ސިންގަލް ވިޔަސް އޭނާގެ ހިތް ސިންގަލް ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޖުމްލަ ހަތާވީސް އަހަރު އެކީގައި އުޅުމަށްފަހު ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސް ވަކިވުމުގެ ހަގީގީ ސަބަބު އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. އެކަމަކު ގިނަ ބަޔަކު ބުނާ ގޮތުން ސަބަބަކީ ބިލް ގޭޓްސްގެ ކުރީގެ ލޯބިވެރިޔާ އޭން ވިންބްލޭޑެވެ. އެއީ މިހާރު އުމުރުން 70 އަހަރު ވެފައިވާ އަންހެނެކެވެ.

އޭން ވިންބްލޭޑަކީ ބިލް ގޭޓްސް ފަދައިން ޓެކްނޮލޮޖީގެ ދާއިރާގެ ކާމިޔާބު ވިޔަފާރި ވެރިއެކެވެ. ބިލް ގޭޓްސްއަށް ވުރެ ފަސް އަހަރު ދޮށީ އަންހެނަކަށް ވިޔަސް ބިލް ގޭޓްސްގެ ހިތުގެ ރާނީއަކީ ވިންބްލޭޑް ކަމަށް ބުނެވެއެވެ. މިކަމުގެ ހެއްކަކީ އެއްއަހަރުވެސް ވައްޓާނުލައި ކޮންމެ އަހަރަކުވެސް މި ދެމީހުން އެކީގައި ޗުއްޓީ ހޭދަކުރުމެވެ.

ވިންބްލޭޑަކީ ބިލް ގޭޓްސްގެ އެންމެ ފުރަތަމަ ލޯބިވެރިޔާވެސް މެއެވެ. ދެމީހުން ރަސްމީގޮތުން ހިތާވެގެން އެކުގައި އުޅެފައި ވަކިވީ ވިންބްލޭޑް އަވަހަށް ކައިވެނި ކުރަން ބޭނުންވުމާއި އެހެން ބައެއް ސަބަބުތައްވެސް ހުރުމުންނެވެ. ވަކިވިޔަސް ދެ މީހުން ރުޅިއެއް ނުވެއެވެ. ދޭތެރެއަކުން ބައްދަލުކޮށް ހަދައެވެ. މެސެޖު ކުރެއެވެ. އެއްގަމު މަސް ކެއުން ބިލް ގޭޓްސް ހުއްޓާލީވެސް ވިންބްލޭޑް ބުނެގެންނެވެ.

މެލިންޑާއާއި އިންނަންވެގެން ބިލް ގޭޓްސް އުޅުނު ދުވަސްވަރު އެއީ ކުރަން އެންމެ ރަގަޅު ކަމެއްތޯ އަހައި ލަފާ ހޯދީވެސް ވިންބްލޭޑުގެ ކިބައިންނެވެ. އޭނާ ބުނި ކަމަށްވަނީ އަވަހަށް ތިޔަ ކަންތައް ކުރާށޭއެވެ. މެލިންޑާއަކީ ވަރަށް ކަމުދާ ރަގަޅު އަންހެނެއް ކަމުގައެވެ. މެލިންޑާ އާއި އިނދެގެން ބިލް ގޭޓްސް އުޅުނުއިރު އެންމެ އަހަރެއްވެސް ވައްޓާނުލައި ހަމަ ކޮންމެ އަހަރަކުވެސް ވިންބްލޭޑާއެކުގައި ބިލް ގޭޓްސް ޗުއްޓީއެއް ހޭދަ ކުރެއެވެ.

މި ޗުއްޓީއަކީ މެލިންޑާއަށް ވެސް އެނގިގެން އަދި ހުއްދަވެސް ދީގެން ހަދާ ޗުއްޓީއެއް ކަމަށް ބުނެވެއެވެ. އެގޮތަށް ޗުއްޓީ ހަދާއިރު އޮންނަ ކަމަކީ އަތިރިމަތީގައި ބަގީ ދުއްވުމާއި ސޮފްޓްވެއަރގެ ވާހަކަ ދެއްކުމާއި ފިލްމު ބެލުމާއި އަތުގައި ހިފައިގެން ގޮނޑުދޮށުގައި ހިނގުން ފަދަ ކަންކަމެވެ.

މެލިންޑާ އާއި އިނދެގެން އުޅުނަކަސް ހިތް އޮންނަނީ ވިންބްލޭޑަށް ދީފައެވެ. ހަމަ އެގޮތަށް ވިންބްލޭޑްގެ ހިތް ބިލް ގޭޓްސްއަށް ދީފައި އޮތަސް އޭނާވެސް ދޭތެރެޔަކުން މީހުންނާ އިނދެއެވެ. އެންމެ ފަހުން މިގޮތަށް އިނދެފައިވަނީ 2015 ވަނަ އަހަރު އެވެ. ވިންބްލޭޑްގެ ފިރިޔަކީ ފިލްމީ ތަރި ކެވިން ކްލައިންގެ ބޭބެ އެލެކްސް އެވެ.

މީހުންނާ އިނދެގެން ތިއްބަސް ވިންބްލެޑާއި ބިލްގޭޓްސް އެކަކު އަނެކަކާ ހިތާވާލެއް ބޮޑުކަމުން ދެ މީހުންނަށްވެސް ދުރުގައި ނުތިބެވެއެވެ. ސިންގަލްކޮށް ތިބި ޒަމާނުގެ އާދަތައް ތަކުރާރު ނުކޮށެއް ނުތިބެވެއެވެ. ބިލް ގޭޓްސް އާއި ވިންބްލެޑްގެ ލޯބީގެ ކަންތައް ކުރީ ޒަމާނުގައިވެސް ބޮޑަށް އޮތީ އެޒަމާނުގެ ގޮތަށް އޮންލައިންކޮށެވެ. ދެ މީހުން ދެރަށުގައި ތިއްބަސް އެކުގައި ފިލްމަށް ދެއެވެ. ހަދާގޮތަކީ ދެ ރަށެއްގެ ދެ ސިނަމާއަކަށް ދިޔަޔަސް އެއް ފިލްމެއް އެއްގަޑިއެއްގައި ބެލުމެވެ. ދެން އެއާމެދު ފޯނުން މެސެޖުކޮށް ވާހަކަ ދެއްކުމެވެ. މިއީ ވަރަށް ގިނައިން ކުރާ ކަމެކެވެ.  

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

22 އެޕްރީލު 2017
ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު
13 އެޕްރީލު 2017

ނެޝަނަލް އެވޯޑް ނުލިބުމުން ދެރައެއް ނުވޭ: އާލިއާ

13 އެޕްރީލު 2017
ނެޝަނަލް އެވޯޑް ނުލިބުމުން ދެރައެއް ނުވޭ: އާލިއާ
28 ފެބުރުއަރީ 2017

އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި

28 ފެބުރުއަރީ 2017
އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި
22 ފެބުރުއަރީ 2017

"ގާޒީ" ފެށުން ރަނގަޅުކޮށް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފި

22 ފެބުރުއަރީ 2017
"ގާޒީ" ފެށުން ރަނގަޅުކޮށް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފި
18 ފެބުރުއަރީ 2017

"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

18 ފެބުރުއަރީ 2017
"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
05 ފެބުރުއަރީ 2017

"ކާބިލް" ސަތޭކަ ކްރޯޑަށް އަރައިފި

05 ފެބުރުއަރީ 2017
"ކާބިލް" ސަތޭކަ ކްރޯޑަށް އަރައިފި
02 ފެބުރުއަރީ 2017

ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ

02 ފެބުރުއަރީ 2017
ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ
30 ޖެނުއަރީ 2017

އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ

30 ޖެނުއަރީ 2017
އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ
16 ޖެނުއަރީ 2017

ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ

16 ޖެނުއަރީ 2017
ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް