Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބިލް ގޭޓްސްގެ އިންޑިއާ ދަތުރުފުޅު

ބިލް ގޭޓްސް، ތިން އަހަރު ތެރޭ ތިން ވަނަ ފަހަރަށް އިންޑިއާ އަށް

މި ދަތުރުގައި ވެސް ބިލް ގޭޓްސް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި، އިންޑިއާގެ އެކި އެކި ވަޒީރުންގެ އިތުރުން، ޓެކްނޮލޮޖީގެ ދާއިރާ އަދި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުގެ އިތުރުން، އީޖާދުކުރާ އެކި ފަރާތްތަކާ ބައްދަލު ކޮށްފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2025 | ހުކުރު 05:44
2024 ވަނަ އަހަރު އިންޑިއާ އަށް ކުރި ދަތުރުގައި ބިލް ގޭޓްސް، އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ ބައްދަލު ކުރައްވަނީ

2024 ވަނަ އަހަރު އިންޑިއާ އަށް ކުރި ދަތުރުގައި ބިލް ގޭޓްސް، އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ ބައްދަލު ކުރައްވަނީ

މައިކްރޯސޮފްޓުގެ ބާނީ، އަދި ބިލިއަނަރު ބިލް ގޭޓްސް އަނެއްކާ ވެސް އިންޑިއާ އަށް ޒިޔާރަތް ކޮށްފި އެވެ.

މިއީ ތިން އަހަރުގެ ތެރޭގައި ބިލް ގޭޓްސް އިންޑިއާ އަށް ޒިޔާރަތް ކުރާ ތިން ވަނަ ފަހަރެވެ. މި ދަތުރުގައި ވެސް ބިލް ގޭޓްސް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި، އިންޑިއާގެ އެކި އެކި ވަޒީރުންގެ އިތުރުން، ޓެކްނޮލޮޖީގެ ދާއިރާ އަދި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުގެ އިތުރުން، އީޖާދުކުރާ އެކި ފަރާތްތަކާ ބައްދަލު ކޮށްފަ އެވެ.

މީގެ އިތުރުން ބައެއް އިވެންޓު ތަކުގައި ވެސް ބިލް ގޭޓްސް ބައިވެރިވި އެވެ. އަދި އިންޑިއާގެ އެކި އެކި އުފެއްދުންތައް ވެސް އޭނާ ބަލާލި އެވެ. ވަކިން ޚާއްސަކޮށް އިންޑިއާގެ ދަނޑުވެރިކަމުގެ ދާއިރާ އަށް ޚާއްސަ ކޮށްގެން ޑްރޯންތައް އުފައްދާ ކުންފުންޏެއް ކަމަށްވާ، މަރުޓް ޑްރޯންސްގެ ޑްރޯނެއް މަސައްކަތް ކުރާ ގޮތް ބިލް ގޭޓްސް ބަލާލި އެވެ.

އިންޑިއާގެ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ އިން އިސްނަގައިގެން ބޭއްވި ފިއުޗަރ ފޯވަޑް ފޯރަމްގައި ވާހަކަ ދައްކަމުން ބިލް ގޭޓްސް ބުނީ، އިންޑިއާ އިން ހޯދުންތައް ހޯދައި، އުފެއްދުންތައް އުފައްދަނީ ހަމައެކަނި އިންޑިއާ އަށްޓަކައި ނޫން ކަމަށެވެ. އަދި އިންޑިއާގެ އުފެއްދުންތަކުގެ ސަބަބުން މުޅި ދުނިޔޭގެ ސިއްހަތަށާއި، ތަރައްގީ އަށް އެއިން ފައިދާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ހަމައެހެންމެ އިންޑިއާގެ ޑިޖިޓަލް އިކޯސިސްޓަމަކީ މުޅި ދުނިޔެ އިން މިސާލަކަށް ބަލަން ޖެހޭ ކަމެއް ކަމަށް ވެސް ބިލް ގޭޓްސް ބުންޏެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު