Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުން

އަލް އަޤްޞާ މިސްކިތުގައި އަޅުކަން ކުރަމުންދިޔަ ބަޔަކަށް އިސްރާއީލުން ދިން ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު 150ން މައްޗަށް

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 163ށް އަރާފައިވާކަމަށް ރެޑްކްރެސެންޓުން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 މެއި 2021 | ހޮނިހިރު 03:00
އިސްރާއީލުން ދިން ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ

އިސްރާއީލުން ދިން ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ

އިސްރާއީލުގެ ފުލުހުންނާއި އަޤްޞާ މިސްކިތުގައި އަޅުކަމުގައިތިބި ބަޔަކާއި ޖޭރުއްސަލާމްގެ އިރުމަތީ ސަރަހައްދުގައި ހިނގި ހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުގެ 150ށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ފާއިތުވި ހަފްތާތަކުގައި ވަނީ ހަމަލާ ބަދަލުކުރުންތައް އިތުރުވެ މަޝްރަހު ނުތަނަސްވާން ފަށާފައެވެ.

ހުކުރު ދުވަހު ހުކުރު ނަމާދަށް ފަލަސްތީނުގެ އެތައް ހާސް މުސްލިމުންނެއް ވަނީ އަޤްޞާ މިސްކިތަށް ގޮސްފައެވެ. އެއަށްފަހު އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. ގަދަބާރުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިންތަކުން ބާލަމުންދާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކި ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އިސްރާއީލުގެ ފުލުހުންނާއި ސިފައިން އަންނަނީ ޓިއަރ ގޭހާއި ގްރެނައިޑް އަދި ބަރު ހަތިޔާރުން ފަލަސްތީނުގެ ރައްޔިތުންނަށް ފާއިތުވި ހަފްތާތަކުގައި ހަމަލާތައް ދެމުންނެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް އެމަރޖެންސީން ހާމަކުރާ ގޮތުގައި މިހާތަނަށް އައިއިރު އަޤްސާ މިސްކިތާއި އެހެން ސަރަހައްދުތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ޒަހަމްވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 163ށް އަރާފައެވެ. އަދި 83 މީހުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

އިސްރާއީލުން ބުނެފައިވަނީ ހަމަލާ ބަދަލުކުރުންތަކުގައި އިސްރާއީލް ފުލުހުންގެ 6 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށެވެ.

ރެޑްކްރެސެންޓުން ވަނީ ޖޭރުއްސަލާމް ގައި ވަގުތީ ހޮސްޕިޓަލެއް ގާއިމުކޮށް މިހަމަލާތަކުގައި ކުދި އަދި މެދުމިނުގެ އަނިޔާތައް ލިބޭ މީހުންނަށް ފަރުވާ ދޭން ފަށާފައެވެ. އެއީ ހޮސްޕިޓަލްތަކަށް ބާރުކުޑަކުރުމުގެ ގޮތުންނެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލް ފުލުހުން ވަނީ އަޤްސާ މިސްކިތުގައި ތިބި މީހުންނަށް އަމާޒުކޮށް އެތައް ގަޑިއިރެއް ވަންދެން ހަމަލާދީފައެވެ. ފަލަސްތީނުގެ އެކްޓިވިސްޓުން ބުނާގޮތުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން އަންނަނީ މިސްކިތުގައި އަޅުކަން ކުރާ މީހުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

އަޤްސާ މިސްކިތުގައި ތިބި މީހުންނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް އެތައް ގަޑިއިރެއް ވަންދެން ކުރިޔަށް ގެންދަން ފެށުމުން މިސްކިތުގެ ޑިރެކްޓަރ ޝެއިޚް އުމަރު އަލް ކިސްވާނީ ވަނީ މިސްކިތުގައި ހުރި ލައުޑް ސްޕީކަރުން ހަމަލާތައް މެދުކަނޑާލުމަށް އެދިވަޑައިގަންނަވާފައެވެ. ހަމަލާތައް ހުއްޓާލުމަށްފަހު މިސްކިތުގެ ގޯތިތެރޭގައި ތިބި އިސްރާއީލްގެ އަސްކަރިއްޔާގެ ފައުޖުތައް އެތަނުން ނިކުތުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

"ފުލުހުން ސްޓަން ގެރެނޭޑާއެކު އަޅުކަން ކުރުމުގައި ތިބި މީހުންނަށް އަމާޒުކޮށް ތިދޭ ހަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ. އަދި ޒުވާނުން މަޑުމައިތިރިވުމަށް ގޮވާލަން." ލައުޑް ސްޕީކަރުން ޝެއިޚް ގޮވަމުންދިޔައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވެ މަޝްރަހު ހޫނުވަމުންދާއިރު އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ޓީވީ މެދުވެރިކުރައްވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމަށް މުސްލިމު ގައުމުތަކަށް ގޮވާލައްވާފައެވެ. އަނެއްކޮޅުން އަޤްސާ މިސްކިތަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ދެމުންދާތީ އެކަން ހުއްޓާލުމަށް ހަމާސް އިންވެސް ވަނީ ގޮވާލާފައެވެ. އަދި އެކަން ހުއްޓާނުލައިފިނަމަ ބަދަލުހިފާނެކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ.

އެސަރަހައްދުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ރިޕޯޓަރ ނިދާ އިބްރާހީމާއި ހަވާލާދީ އަލްޖަޒީރާއިން ބުނާގޮތުގައި ކުރިޔަށް އޮތްތަނުގައި އެސަރަހައްދުގެ ހާލަތު ދާނީ ގޯސްވަމުންނެވެ. އޭނާ ބުނާގޮތުން އަޤްސާ މިސްކިތަށް ނަމާދަށް ދާ މީހުން ނަމާދުން ފައިބައިގެން އެމީހުންގެ ގެޔަށްދާން އުޅުމުން އިސްރާއީލުގެ ފުލުހުން އަންނަނީ އެމީހުންނަށް އަނިޔާކުރަމުންނެވެ.

އަނެއްކޮޅުން ހޯމަ ދުވަހު މިސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވާނެކަމަށް ބެލެވެއެވެ. އެއީ އެދުވަހަކީ އިސްރާއީލުން ޖޭރުއްސަލާމްގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަށްވާއިރު އެދުވަސް ދިމާވަނީ 27 ވިލޭރޭކަމަށްވުމުންނެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

އައިސިސްގެ އިސް އިމާމްކަމަށް ބުނާ ތުރުކީ އަލް ބިނާލީ މަރާލެވިއްޖެ: އެމެރިކާ

20 ޖޫން 2017
އައިސިސްގެ އިސް އިމާމްކަމަށް ބުނާ ތުރުކީ އަލް ބިނާލީ މަރާލެވިއްޖެ: އެމެރިކާ
11 ޖޫން 2017

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

11 ޖޫން 2017
އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި
05 ޖޫން 2017

އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި

05 ޖޫން 2017
އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި
26 އެޕްރީލު 2017

ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

26 އެޕްރީލު 2017
ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!
03 އެޕްރީލު 2017

ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

03 އެޕްރީލު 2017
ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު