Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

އައު ސްޓްރެއިނެއް އެބައުޅޭ، މާ ނުރައްކާތެރި: ޑރ މުހައްމަދު އަލީ

7 މެއި 2021 | ހުކުރު 21:11

އައު ސްޓްރެއިންގެ ނުރައްކާ މާ ބޮޑު، ފުއްޕާމެއަށްވެސް ވަރަށް ބޮޑަށް މި ސްޓްރެއިންގައި ގެއްލުން ދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 މެއި 2021 | ހުކުރު 21:11
ޑރ. މުހައްމަދު އަލީ

ޑރ. މުހައްމަދު އަލީ

ރާއްޖޭގައި މިވަގުތު އުޅެނީ ކޮވިޑް19 އާ ސްޓްރެއިން އެއް ކަމަށް އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ މިންވަރަށް ގޯސްވެފައިވާއިރު ޑރ މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އައު ސްޓްރެއިނެއް އުޅޭ ކަމަށް ވަރަށް ބޮޑަށް ޔަގީން ކަމަށެވެ. އަދި އައު ސްޓްރެއިންގެ ނުރައްކާ މާ ބޮޑުކަމަށާއި ފުއްޕާމެއަށްވެސް ވަރަށް ބޮޑަށް މި ސްޓްރެއިންގައި ގެއްލުން ދޭ ކަމަށް ޑރ ވިދާޅުވިއެވެ. އަދި ހާލަތު ވަރަށް އަވަހަށް ގޯސްކޮށްލާކަމަށް ޑރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން މާސްކު އެޅުމަށާއި ކޮންޓެކްޓް ބަބްލު ކުޑަކުރުމަށް އަދި އަތްދޮވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި މިހުރިހާ ކަމަކާއެކުވެސް މިކަމުން ސަލާމަތްވުމަށް ދުއާކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާނަމަ ކޮވިޑްގެ އައު ވޭރިއަންޓެއް ރާއްޖޭގައި އުފެދުމަކީ އެކަށީގެންވާ ކަމެއްކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މީގެކުރިން ބުނެފައެވެ. ދުނިޔެއިން މިހާރު ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތަކުގެ ތެރެއިން ރާއްޖޭގައި ވޭރިއަންޓެއް އުޅޭތޯ އާއި ވޭރިއަންޓެއް ރާއްޖޭގައި އުފެދިފައިވޭތޯ ބެލުމަށް ޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށްވެސް އެޗްއީއޯސީން ބުނެއެވެ. ނަމަވެސް އަދިވެސް އެޓެސްޓްތަކުގެ ނަތީޖާ ނުލިބޭކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް ރިކޯޑް މިންވަރަކަށް މީހުންނަށް ކޮވިޑް ޖެހެމުންދާއިރު ރިކޯޑް މިންވަރަކަށް މީހުން އަންނަނީ މިބަލީގައި މަރުވަމުންނެވެ.

އެގޮތުން އެޗްޕީއޭއިން ހާމޮށްފައިވާ ގޮތުގައި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެކަނިވެސް ރާއްޖޭގައި މިބަލީގައި 8 މީހަކު ވަނީ ނިޔާވެފައެވެ. މިއީ 48 ގަޑިއިރުތެރޭގައި ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ ބަޔެއްގެ މިބަލީގައި މަރުވެގެން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. އަދި ހުކުރު ދުވަހު އެކަނިވެސް 4 މީހަކު ވަނީ ނިޔާވެފައެވެ. ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 83ށް އަރާފައެވެ.

ބަލިޖެހެމުންދާ ގޮތަށް ބަލާއިރު މެއި މަހުގެ 1 ވަނަ ދުވަހު 402 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު މެއި މަހުގެ 2 ވަނަ ދުވަހު އެއަދަދު ހުރީ 508 ގައެވެ. މެއި މަހުގެ 3 ވަނަ ދުވަހު 585 މީހުންނަށް ކޮވިޑް ޖެހުނުއިރު މެއި މަހުގެ 4 ވަނަ ދުވަހު އެއަދަދު ވަނީ 601ށް އަރާފައެވެ.

މެއި މަހުގެ 5 ވަނަ ދުވަހު 734 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރިއިރު މެއި މަހުގެ 6 ވަނަ ދުވަހު 703 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މެއި މަހުގެ 7 ވަނަ ދުވަހު 766 މީހުންނަށް ވަނީ ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ.

އެކްޓިވް ކޭހުގެ އަދަދު މިހާރު ހުރީ 8261 ގައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 205 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

މިބަލިން ދިފާއުވުމަށް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާއިރު މިހާތަނަށް ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ ތިންލައްކައަށް އަރާފައެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 126،790ށް އަރާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް