Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑުގައި މީހުން މަރުވުން

ކޮވިޑް ބަލީގައި ރާއްޖޭން ނިޔާވި މީހުންގެ އަދަދު 80 އިން މައްޗަށް!

7 މެއި 2021 | ހުކުރު 09:51

އޭގެފަހުން އިރުއޮއްސުނީއްސުރެ މިހާތަނަށް ހަތަރު މީހަކު ނިޔާވެފައި ވާކަމަށް އެޗްޕީއޭއިން މައުލޫމާތުދޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 7 މެއި 2021 | ހުކުރު 09:51
ފުވައްމުލަކު ސިޓީގައި ކުއްލިއަކަށް ނިޔާވި ބަންގްލަދޭޝް މީހަކު، ކޮވިޑް-19 ޖެހޭ މީހުން ވަޅުލާ އުސޫލުން ވަޅުލުން

ފުވައްމުލަކު ސިޓީގައި ކުއްލިއަކަށް ނިޔާވި ބަންގްލަދޭޝް މީހަކު، ކޮވިޑް-19 ޖެހޭ މީހުން ވަޅުލާ އުސޫލުން ވަޅުލުން

ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ 81 ށް އަރައިފިއެވެ.

ކޮވިޑްގައި ރާއްޖެއިން ނިޔާވި 77 ވަނަ މީހާ ނިޔާވެފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:45 ހާއިރުއެވެ. އޭގެފަހުން ބުރާސްފަތި ދުވަހުގެ އިރުއޮއްސުނީއްސުރެ މިހާތަނަށް ހަތަރު މީހަކު ނިޔާވެފައި ވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ކޮވިޑްގެ 78 ވަނަ މަރު ރިޕޯޓު ކޮށްފައިވާއިރު، އޭނާ ނިޔާވެފައިވަނީ އެދުވަހުގެ އިރާކޮޅު 7:50 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެއީ ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން 97 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މެއިމަހުގެ 6 ވަނަ ދުވަހުއެވެ.  

ކޮވިޑް ބަލީގައި ބުރާސްފަތި ދުވަހުގެ ރޭ 21:35 ހާއިރު ވެސް މީހަކު ނިޔާވެފައިވެއެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހުކުރުދުވަހު ބަލީގައި ދެ މީހަކު ނިޔާވެފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރެއިން ފުރަތަމަ މީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 03:47 ހާއިރުއެވެ. އެއީ އުމުރުން 60 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

މި ބަލީގައި ހުކުރު ދުވަހު ހެނދުނު ވެސް މީހަކު ނިޔާވެފައި ވެއެވެ. އެއީ އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އޭނާ ނިޔާވީ މާފުށީގައި ކަރަންޓީނުގައި ހުއްޓާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެކެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން ދާކަން ފަހަގަކުރެވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް