Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ

"އިވުނީ ބާރުގަދަ އަޑެއް، ސިފައިންގެ އޮފިސަރަކު ވެއްޓިފައި އޮތް"

މި ޙަމަލާގައި އިނގިރޭސިވިލާތުގެ ރައްޔިތަކަށްވެސް އަނިޔާވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 މެއި 2021 | ބުރާސްފަތި 21:12
ރައީސް ނަޝީދު ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލުމާއި ގުޅިގެން ސިފައިން ޙަރަކާތްތެރިވަނީ

ރައީސް ނަޝީދު ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލުމާއި ގުޅިގެން ސިފައިން ޙަރަކާތްތެރިވަނީ

ބުރާސްފަތި ދުވަހުގެރޭ މުޅި ދިވެހި ޤައުމު ސިއްސުވާލީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ ޚަބަރާއެކުއެވެ. ރައީސް ނަޝީދުގެ އިތުރުން، އެމަނިކުފާނުގެ 3 ހަށިފާރަވެރިއަކާއި، އިތުރު ދިވެއްސެއްގެ އިތުރުން، އިނގިރޭސިވިލާތުގެ ރައްޔިތަކަށްވެސް މި ޙަމަލާއާ ގުޅިގެން އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މި ޙަމަލާއަށް މުޅި ދުނިޔޭގެ ސަމާލުކަން މިވަނީ ލިބިފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ 8 ޖަހާކަންހާއިރު، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެން މި ޙަމަލާ ދީފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތުއެވެ. އޭރު އެ ސަރަޙައްދުގައި ހުރި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ޙާދިސާ ހިނގި ވަގުތު އޭނާ ހުރީ އެ ސަރަޙައްދުގައި ހުރި ރެސްޓޯރަންޓެއް ކައިރީގައި ކަމަށެވެ. އެގޮތުން ކުއްލިއަކަށް ބާރުގަދަ އަޑެއް އިވިގެން ދިޔަކަން ފާހަގަކޮށް އޭނާ ބުނީ، ގޭސްފުޅި އެއް ފަދަ އެއްޗެއްގެ ގޮވުން ފަދަ ބާރުގަދަ އަޑަކާއެކު، އެ ސަރަޙައްދުގައި ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ހުރި ކަމަށެވެ. އޭރު ވެގެން އުޅޭ ނޫޅޭ ގޮތުގެ މައުލޫމާތެއް އެއްވެސް ވަރަކަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

މި ޙަމަލާގައި އިނގިރޭސިވިލާތުގެ ރައްޔިތަކަށްވެސް އަނިޔާވެފައިވާއިރު، ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހާވެސް ބުނީ ޙަމަލާގެ އަޑުފައްގަނޑާއެކު ކޮޅުކޮޅު މައްޗަށް ދުވަންފެށި މީހުންގެ ތެރޭގައި ފަތުރުވެރިން ކަމަށް ބެލެވޭ ބަޔަކުވެސް ތިބި ކަމަށެވެ.

އޭނާ ބުނީ، އެ ސަރަޙައްދާ ގާތްވިއިރު އެމްއެންޑީއެފްގެ ސެކިއުރިޓީ އުޅަނދު ކެނެރީގޭ ގޯޅި ކަންމަތިން ފެނުނު ކަމަށެވެ. އެހިސާބުން އެ ސަރަޙައްދުގެ ވީޑިއޯ ނަގަން ފެށީކަން ފާހަގަކޮށް އޭނާ ބުނީ، އޭރު ބިދޭސީއަކަށް އަނިޔާވެފައި އޮތްތަން ފެނުނު ކަމަށެވެ. އަދި އެމްއެންޑީއެފްގެ ސެކިއުރިޓީއެއްވެސް އެތަނުގައި ވެއްޓިފައި އޮތްކަން ފާހަގަކޮށް އޭނާ ބުނީ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތަނަށް އާންމު ރައްޔިތުން އެއްވަން ފެށި ކަމަށެވެ.

އޭނާ ބުނީ، އެ ސަރަޙައްދުގައި އެއްޗެއް ގޮވާފައި ހުރިއިރު، ސައިކަލެއްވެސް ވެއްޓިފައި އޮތް ކަމަށެވެ. އަދި ގޮއްވާލީ ސީދާ ކޮން އެއްޗެއްކަން ނޭނގޭކަމަށް ބުންޏެވެ.

ރައީސް ނަޝީދަށް ދީފައިވާ ޙަމަލާއަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، އަލްޖަޒީރާ، ރޮއިޓަރސް އަދި ބީބީސީ ފަދަ ތަންތަނުންވެސް ގެންދަނީ މި ޚަބަރު ރިޕޯޓު ކުރަމުންނެވެ. އެގޮތުން ބޭރުގެ މީޑިއާތަކުންވެސް ވަނީ ރާއްޖެއަކީ މިފަދަ ޙަމަލާތައް މަދު، އަމާން ޤައުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި ޙަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިސިސް) ކަމަށް ބުނާ ބަޔަކު ނަގާފައިވާކަމަށް މީސްމީޑިއާ ޕްލެޓުފޯމް ތަކުގައި ދައުރުވަމުންދާއިރު، އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. ޓެރަރ އެލަރމް ކިޔާ ޓްވިޓަރ އެކައުންޓަކުން ވަނީ މި ޙަމަލާގެ ޒިންމާ އައިސިސްއިން "ޑަރކް ވެބް" ގައި ނަގާފައިވާކަމަށް ބުނެފައެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް މަސްދަރަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ވަށައިގެން އިވުނީ ވޭނީ ހަޅޭކުގެ އަޑުތައް، މުޅި ތަނުގައި ހުރީ އަލިފާނުގެ އަސަރު"

"ވަށައިގެން އިވުނީ ވޭނީ ހަޅޭކުގެ އަޑުތައް، މުޅި ތަނުގައި ހުރީ އަލިފާނުގެ އަސަރު"

24 މެއި 2020
މިއީ ހަމައެކަނި އަޑެއް ނޫން!

މިއީ ހަމައެކަނި އަޑެއް ނޫން!

25 ޖެނުއަރީ 2020
ސުނާމީގައި އެރި ރާޅުގެ ބާރުގަދަ ކަމުން މެޓް އޮފީހުގެ ދޮރުވެސް ހިފާއްޓާ ނުލެވުނު!

ސުނާމީގައި އެރި ރާޅުގެ ބާރުގަދަ ކަމުން މެޓް އޮފީހުގެ ދޮރުވެސް ހިފާއްޓާ ނުލެވުނު!

25 ޑިސެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ

ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ

26 އެޕްރީލު 2019

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު