Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

ރައީސް ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 6 މެއި 2021 | ބުރާސްފަތި 18:21
ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހުގައި،

ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހުގައި،

އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާ އަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ރޭ 8 ޖަހާކަންހާއިރު، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އެމަނިކުފާނު ފަރުވާހޯއްދަވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި، ހާލަތު ސްޓޭބަލް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ހަމަލާގައި، އިތުރު ތިން މީހަކަށް އެކި ވަރުގެ އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންއަންނައިރު، އޭގެ ތެރޭގައި ފަތުރުވެރިއަކު ވެސް ހިމެނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އިދިކޮޅުން ވެސް ކުށްވެރިކޮށްފައިވާއިރު، މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އެހެން އިސް ބޭފުޅުން ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. މި ހަމަލާއާ ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް ވެސް 3ށް އިތުރުކޮށްފައިވާއިރު، އެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު