Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނުލްއުގޫބާތަށް 4 ވަނަ އިސްލާހުގެނައުން

ނުހައްގުން މުއްސަނދިކަން ހޯދުމަކީ ކުށެއްކަމަށް ކަނޑައެޅި ބިލު ރައީސް ތަސްދީގުކުރައްވައިފި

6 މެއި 2021 | ބުރާސްފަތި 07:31

ގާނޫނުލްއުގޫބާތަށް 4 ވަނަ އިސްލާހް ގެނައުމުގެ ބިލު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފެށުމާއެކު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވޭނެ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 6 މެއި 2021 | ބުރާސްފަތި 07:31
ރައީސް އިބްރާހީމް މުހައްމަދު ސާލިހް

ރައީސް އިބްރާހީމް މުހައްމަދު ސާލިހް

ނުހައްގުން މުއްސަނދިކަން ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެނެވުނު އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ތަސްދީގުކުރައްވައިފިއެވެ.

މިއީ 2014 ވަނަ އަހަރު، ގާނޫނުލްއުގޫބާތު ފާސްކުރެވުނުފަހުން އެ ގާނޫނަށް ގެނެވުނު ހަތަރުވަނަ އިސްލާހެވެ.

Advertisement - newsAdvertisement

ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްއެވެ. ސިރާޖު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް، އޭނާއާއި އޭނާގެ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީ ކުށެކެވެ.

މި އިސްލާހާއެކު ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކުނަމަ އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. އެހެން ކަމަށްވާނަމަ، އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. އެނޫން ހާލަތްތަކުގައި އެ ކުށަކީ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

މި އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި އަނޑައަޅައި، އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްދީފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމުގައި ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި އިސްލާހުގައި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅާފައިވެއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމޭ ހަމަތަކާއި އުސޫލުތައް ވެސް ބަޔާންވެގެން ވެއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ގެނެވުނު އިސްލާހުތަކާއެކު މި ބިލު ފާސްކޮށްފައިވަނީ އެޕްރީލް މަހުގެ 19 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައެވެ. މިބިލު ފާސްކުރުމަށް މަޖިލީހަށް އެވަގުތު ހާޒިރުވެ ތިއްބެވި 50 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވުމާއި، ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއްކަމުގައިވާތީ ހުށަހެޅުނު އިސްލާހެކެވެ. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ކޮރަޕްޝަނާގުޅޭ މުއާހަދާއަށް ރިއާޔަތްކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް ޒަމާނަށް ފެތޭގޮތަށް ބަދަލުކޮށް، އުގޫބާތުގެ ގާނޫނުގައި އެ ކުށްތައް ހިމެނުމަށްޓަކައި އެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހެކެވެ.

ގާނޫނުލްއުގޫބާތަށް 4 ވަނަ އިސްލާހް ގެނައުމުގެ ބިލު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ވަނީ އުވާލެވިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

އިގްތިސާދީ ކުރިއެރުންތައް ހޯދަމުންދާ އިރު ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަން ޖެހޭ: ޒިޔަތު

06 ނޮވެމްބަރު 2017
އިގްތިސާދީ ކުރިއެރުންތައް ހޯދަމުންދާ އިރު ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަން ޖެހޭ: ޒިޔަތު
04 ނޮވެމްބަރު 2017

ނަސްރުގެ ދުވަސް ފާހަގަކުރާއިރު، އެ ދުވަހުގެ ބަތަލުންނަން ނުހައްގުން ދައުވާކުރަނީ: ރައީސް ނަޝީދު

04 ނޮވެމްބަރު 2017
ނަސްރުގެ ދުވަސް ފާހަގަކުރާއިރު، އެ ދުވަހުގެ ބަތަލުންނަން ނުހައްގުން ދައުވާކުރަނީ: ރައީސް ނަޝީދު
07 އޮކްޓޯބަރު 2017

ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެ ބަޖެޓެއް ނެތް!

07 އޮކްޓޯބަރު 2017
ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެ ބަޖެޓެއް ނެތް!
19 ޖުލައި 2017

ގޮނޑިތައް ގެއްލުނުކަމަށް ކަނޑައެޅި ޤާނޫނީ ހަމައެއް އިލެކްޝަނަކަށް ނުދެއްކުނު:އިބޫ

19 ޖުލައި 2017
ގޮނޑިތައް ގެއްލުނުކަމަށް ކަނޑައެޅި ޤާނޫނީ ހަމައެއް އިލެކްޝަނަކަށް ނުދެއްކުނު:އިބޫ
09 ޖޫން 2017

ނުހައްގުން ޖަލަށް ލާފައި ތިބި އެންމެން ވަރަށް އަވަހަށް މިނިވަންވާނެ:މަލީހް

09 ޖޫން 2017
ނުހައްގުން ޖަލަށް ލާފައި ތިބި އެންމެން ވަރަށް އަވަހަށް މިނިވަންވާނެ:މަލީހް
15 މެއި 2017

ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން

15 މެއި 2017
ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން
05 މެއި 2017

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

05 މެއި 2017
ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި
12 އެޕްރީލު 2017

ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން

12 އެޕްރީލު 2017
ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް