Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ގައުމީ މަޖިލީސް

ގޮނޑިތައް ގެއްލުނުކަމަށް ކަނޑައެޅި ޤާނޫނީ ހަމައެއް އިލެކްޝަނަކަށް ނުދެއްކުނު:އިބޫ

މަޖިލީހުގެ އަމީން ޢާއްމު ވިދާޅުވީ އިލެކްޝަނުން ކަމަށް ގޮތެއް ނިންމީ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ޖުލައި 2017 | ބުދަ 17:52
އިބޫ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ

އިބޫ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ޕީޕީއެމުން ކުރިން ވަކިކޮށްފައިވާ 4 މެންބަރެއްގެ ގޮނޑި ގެއްލުނުކަން ކަނޑައެޅި އެއްވެސް ޤާނޫނީ ހަމައެއް އިލްެކްޝަންސް ކޮމިޝަނަށް ދެއްކިފައި ނުވާކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ އެމްޑީޕީން ބުދަ ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިބޫ ވިދާޅުވީ އިލްެކްޝަންސް ކޮމިޝަންގެ ނިންމުމާ ގުޅިގެން އިބޫގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒްއާ ދެ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަންގެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވި ކަމަށެވެ.

އިބޫ ވިދާޅުވީ މަޖިލީހުގެ އަމީން ޢާއްމާ ބައްދަލުކޮށް ވާހަކަ ދެއްކެވުމުން މަޖިލީހުން އެއްވެސް ކަމެއް ނިންމަވާފައި ނުވާކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް އިލެކްޝަނުން ޤާނޫނީ ލަފަޔަކަށް އެދުނުކަމަށާއި މަޖިލީހަކީ އެފަދަ ލަފައެއް ދެއްވޭނެ ތަނެއް ނޫން ކަމަށް އިލެކްޝަނަށް އެންގެވި ކަމަށް މަޖިލީހުގެ އަމީން ޢާއްމު ވިދާޅުވިކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މަޖިލީހުން އެގޮތަށް ޖަވާބު ދެއްވި ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތައް ކަންކަން ކުރެއްވުން ރަނގަޅުވާނެ ކަމަށް ބުނެ އިލެކްޝަނަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް އަމީން ޢާއްމު ވިދާޅުވިކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެއީ މަޖިލީހަށް ފޮނުއްވޭނެ ސިޓީއެއް ނޫން ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މަޖިލީހަށްފަހު އެބޭފުޅުން ބައްދަލު ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި އެކޮމިޝަނގެ މެންބަރުންނާ ކަމަށެވެ.

އިބޫ ވިދާޅުވީ އެކޮމިޝަންގެ ރައީސް ދެއްވީ ވަރަށް ފިނި ޖަވާބެއް ކަމަށާއި ހަމައެކަނި އެބޭފުޅުންގެ ޖަވާބަކީ އެކޮމިޝަންގެ 5 މެންބަރުންގެ އިއްތިފާގުން އެކަން ނިންމެވުން ކަމަށެވެ.

އިބޫ ވިދާޅުވީ އެގޮތައް ނިންމެވޭނެ އެއްވެސް ޤާނޫނީ އިޚްތިޞާސެއް އިލެކްޝަނެއް ލިބިގެން ނުވާ ކަމަށާއި އެގޮތައް ނިންމި ޤާނޫނީ ހުއްޖަތަކަީ ކޮބައިތޯ ދެންނެވުމުންވެސް ތަކުރާރުކޮށް ވިދާޅުވީ ހަމައެކަނި އެކޮމިޝަންގެ 5 މެންބަރުންގެ އިއްތިފާގުން އެކަން ނިންމުން ކަމަށެވެ.

"އެބޭފުޅުން ވިދާޅުވީ ޕީޕީއެމުން އެންގިއްޔޭ އެޕާޓީގެ 4 މެންބަރުން ޕާޓީގެ ދަފްތަރުން އުނިކުރަން. އެހެންވެ އަޅުގަނޑުމެންގެ 5 މެންބަރުން އިއްތިފާގުން ނިންމިއްޔޭ" އީސީގެ ރައީސް ވިދާޅުވިކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ބައި އިލެކްޝަނަކަށް ހުޅުވާލިކަންވެސް އެކޮމިޝަންގެ ރައީސް ފުރަތަމަ އުޅުއްވީ އެކަމާ ޙަވާލު ނުވާން ކަމަށާއި ނަމަވެސް މީޑިޔާތަކުން އެކަން އެނގެން އޮތްކަން ދެންނެވުމުން ފަހުން އެކަމަށްވެސް އިއުތިރާފްވި ކަމަށް އިބޫ ވިދާޅުވިއެވެ.

"ވިދާޅުވީ ގޮނޑި ގެއްލުނީމަ ދެން ޖެހޭނީ އިންތިޚާބު ބާއްވަން ނޫންތޯއޭ. އެހެންވެޔޭ ބައި އިލެކްޝަން ހުޅުވާލީ. އެކަން ކުރެއްވި ޤާނޫނީ ހުއްޖަތެއް ނުދެއްކުނު" އިބޫ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް

އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް

11 ޖުލައި 2017
ރައީސް ވިދާޅުވި 2000 ކޯޓާ އަދި މިއަހަރަށް ހަމައެއް ނުޖެހޭ!

ރައީސް ވިދާޅުވި 2000 ކޯޓާ އަދި މިއަހަރަށް ހަމައެއް ނުޖެހޭ!

13 ޖޫން 2017
ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ

ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ

05 ޖޫން 2017
ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން

ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން

15 މެއި 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ ޤާނޫނީ ވަކީލަކު ހައްޔަރުކޮށްފި

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ ޤާނޫނީ ވަކީލަކު ހައްޔަރުކޮށްފި

14 މެއި 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު