Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

މާލޭގައި އިތުރު ފްލޫ ކްލިނިކަކާއި، ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހަދަނީ

ދެން ކޮންމެ ދުވަހަކު އެޗްއީއޯސީގެ މަސައްކަތުގައި ރައީސް އާއި ނައިބުރައީސް އަމަލީގޮތުން ބައިވެރިވާނެ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 5 މެއި 2021 | ބުދަ 19:40
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް

މާލޭގައި އިތުރު ފްލޫ ކްލިނިކަކާއި ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮންމެ ދުވަހަކު ރިޕޯޓުކުރަމުން އަންނަ ކޮވިޑް-19 ކޭސްތަކުގެ އަދަދު މަތިވަމުންދާތީ ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހެލްތު އެމަޖަންސީ ކޯޑިނޭޝަން ކޮމިޓީގެ ކޯ ޗެއާގެ ގޮތުގައި ނާއިބުރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން ބޭއްވި ބައްދަލުވުމުގައި މިހިންމު ގިނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި އިތުރު ސާމްޕަލް ސެންޓަރަކާއި ފްލޫ ކްލިނިކެއް ހުޅުވަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ މާލޭގައި ސަޕްލައި ބޯޓުތައް އަންނަ ސަރަހައްދުތައް ވެސް އެލްޖީއޭއާ ގުޅިގެން މޮނިޓަރ ކުރުން ހަރުދަނާ ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޭސްތައް އިތުރުވުމުން އެންމެ ފުރަތަމަ ކުރަން ނިންމާފައިވާ ކަމަކީ ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ އޮޕަރޭޝަން ސައިޒު ބޮޑު ކުރަން ނުވަތަ ވަސީލަތްތައް ގިނަކޮށް މަސައްކަތް ފުޅާކުރުން ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެނިގެން އެކުލަވާލީ ނެޝެނަލް އެމެޖަންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)އެވެ. އޭރު ރައީސް އޮފީހުގެ ބައިވެރިވުމާވެސް އެކު ހިންގަމުންދިޔަ އޮޕަރޭޝަން ކުޑަކުރީ ކޭސްތަކުގެ އަދަދު ދަށް ވުމުންނެވެ. އަދި ފަހުން ހިންގަމުން އައި އެޗްއީއޯސީއެވެ.

މަބްރޫކް ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ދެން ހެލްތު އެމަޖަންސީ ކޯޑިނޭޝަން ކޮމިޓީގެ ކޯ ޗެއާގެ ގޮތުގައި ނާއިބުރައީސް ފައިސަލް ނަސީމް ކޮންމެ ދުވަހަކު ވެސް އެޗްއީއޯސީގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮންމެ ރެއަކު ވެސް ޕޮލިސީ ލެވެލްގެ މީޓިންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބާއްވަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު