Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޭސްތަކުގެ އަދަދު 700ން މައްޗަށް

ޓެސްޓުކުރި 4،787 ސާމްޕަލްގެ ތެރެއިން 734 މީހުން ވަނީ ޕޮޒިޓިވްވެފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 5 މެއި 2021 | ބުދަ 18:03
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ރާއްޖެއިން ބުދަ ދުވަހު 700ށް ވުރެ ގިނަ ކޮވިޑް-19 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފިއެވެ.

އެޗްއީއޯސީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން ޓެސްޓުކުރި 4،787 ސާމްޕަލްގެ ތެރެއިން 734 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މާލެއިން 540 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތެރެއިން 186 ކޭސް ރިޕޯޓުކޮށްފައިވާއިރު، އިންޑަސްޓްރިއަލް ޒޯންތަކުން އެއް ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

Advertisement - newsAdvertisement

މިއާއެކު 7،109 އެކްޓިވްކޭސް މިހާރު ތިބި އިރު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 32،665ށް އަރާފައެވެ. އޭފެ ތެރެއިން 25،437 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 198 މީހުން އެޑްމިޓްކޮށްފައިވާއިރު، 74 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ބުދަ ދުވަހު ފެނުނު ކޮވިޑް-19 ކޭސްތަކުގެ ޖުމްލަ އަކީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ކޭސްތައް އެންމެ ގިނައިން ރިޕޯޓުކުރި އަދަދެވެ. ފާއިތުވެ ދިޔަ ހަފްތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ވެސް ކޮވިޑް-19ގެ ކޭސްތަކުގެ އަދަދުތަކުގެ އައު ރިކޯޑުތައް ހަދަމުން އަންނައިރު ކޭސްތައް 400ން މައްޗަށް އަރަން ފަށާފައި ވަނީ މިދިޔަ ހަފްތާގައެވެ.

ރާއްޖޭގެ ކޭސްތަކުގެ އަދަދު މިހާ މައްޗަށް ގޮސްފައިވާއިރު، ރާއްޖޭގައި އިންޑިއާގައި ފެތުރެމުންދާ ކޮވިޑް-19 ވޭރިއަންޓް އުޅުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އޭގެ ސަބަބުން ރާއްޖެ އަންނަ އެންމެން ވެސް ވަކި ފިޔަވަޅުތަކެއްގެ ތެރެއިން ރާއްޖެ އެތެރެވެވޭ ގޮތަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މާލެ ސަރަހައްދުގައ ވެސް ފިޔަވަޅުތައް ވަރުގަދަކޮށް، ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށްފައިވާއިރު، ރޭގަނޑު 12ން ފެށިގެން ވަނީ އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ކާފިއު ވެސް ވަނީ އިއުލާންކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު