Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލުން

ކޮވިޝީލްޑް ވެކްސިނުގެ ބާކީ ހުރީ 1700 ޑޯޒް

5 މެއި 2021 | ބުދަ 11:59

ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 228،637 މީހުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 5 މެއި 2021 | ބުދަ 11:59
ކޮވިޝީލްޑް ވެކްސިން ޖެހުމަށް ތައްޔާރު ވަނީ

ކޮވިޝީލްޑް ވެކްސިން ޖެހުމަށް ތައްޔާރު ވަނީ

ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު މިވަގުތު ބާކީ ހުރީ 1700 ޑޯޒް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 228،637 މީހުން ކަމަށެވެ. އަދި ދެވަނަ ޑޯޒް 110،892 މީހުން ޖަހާފައިވާއިރު އަށް ހަފްތާ ހަމަވެ ދެވަނަ ޑޯޒް ޖަހަން ޖެހޭ 26،400 މީހުން އެބަތިބި ކަމަށާއި 1700 ޑޯޒު ބާކީ ހުރުމާއެކު މި އެންމެންނަށް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

މި ކަންކަން ހައްލުކުރެވި، ވެކްސިންގެ އިތުރު ޑޯޒްތައް ރާއްޖެއަށް ލިބެންދެން، އާންމުކޮށް ހުޅުވައިލައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން މެދު ކަނޑާލީ ކަމަށް ވެސް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން ވެކްސިން އުފެއްދުމާއި، ފޯރުކޮށްދިނުމަށް ހުރިހާ ގައުމަކަށް ވެސް ހުރަސްތަކަކާއި ލަސްތަކެއް ކުރިމަތިވަމުން ދާ ކަމަށެވެ. ޚާއްސަކޮށް އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުންދާއިރު އެހެން ގައުމުތަކެކޭ އެއް ފަދައިން، ރާއްޖެއަށް ވެސް ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އިމަރޖެންސީ ހާލަތްތަކުގައްޔާއި، ބަލި ހާލަތު ހުރިގޮތުން ވެކްސިން ޖަހައިދޭން ޖެހޭ މީހުންނަށް އެ ފުރުސަތު ހަމަޖެހިފައިވާއިރު އެޗްޕީއޭއިން ބުނީ އާންމުކޮށް ހުޅުވައިލައިގެން ކޮވިޝީލްޑް އަލުން ޖަހައިދޭން ފަށާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

2021 ފެބުރުއަރީ 1 ވަނަ ދުވަހު ފެށި "ކޮވިޑް-19 ދިފާއު" ވެކްސިން ދިނުމުގެ ކެމްޕޭންގެ ދަށުން މިހާތަނަށް ޖުމުލަ 298،396 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައެވެ. އަދި، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައިވާ މީހުންގެ އަދަދު 114،240ށް އަރައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ސަރުކާރުން ޤާސިމް ހުރީ ރަހީނުކޮށްފައި: އަބްދުﷲ ޝާހިދު

08 އެޕްރީލު 2017
ސަރުކާރުން ޤާސިމް ހުރީ ރަހީނުކޮށްފައި: އަބްދުﷲ ޝާހިދު
02 އެޕްރީލު 2017

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

02 އެޕްރީލު 2017
މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް