Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
"ޖީ7"ގެ ބައްދަލުވުން

"ޖީ7"ގެ ބައްދަލުވުން ލަންޑަންގައި ފަށައިފި

ޖީ7ގެ މިނިސްޓަރުންވަނީ، 10.9 ބިލިއަން ޕައުންޑް އިންވެސްޓް ކުރުމަށް އެއްބަސްވެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 4 މެއި 2021 | އަންގާރަ 06:31
"ޖީ7"ގެ ބައްދަލުވުން - ޚާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ވައުދުވެއްޖެ

"ޖީ7"ގެ ބައްދަލުވުން - ޚާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ވައުދުވެއްޖެ

"ޖީ7"ގެ ބައްދަލުވުން ލަންޑަންގައި ފަށައިފިއެވެ.

މިއީ ކޮވިޑްގެ ބަލިމަޑުކަން ފެށުނު ފަހުން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް އެއްމޭޒެއްގެ ދޮށުން ބައްދަލުވާ ފުރަތަމަ ފަހަރެވެ. ޖީ7ގައި ހިމެނެނީ ކެނެޑާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ޖަޕާނާއި އެމެރިކާއާއި އިނގިރޭސިވިލާތެވެ.

ތިން ދުވަހަށް ކުރިއަށްދާ މި ސަމިޓުގައި ބައިވެރިވުމަށް އޮސްޓްރޭލިއާ، އިންޑިއާ، ސައުތް ކޮރެއާ އަދި ސައުތް އެފްރިކާއަށް ވަނީ ދައުވަތު އަރުވާފައެވެ.

ޖީ7ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ލަންޑަންގައި ފަށާފައިވާ މި ބައްދަލުވުމުގައި ގިނަ ކަންތަކަކަށް މަޝްވަރާ ކުރުމަށް އެޖެންޑާ ކޮށްފައިވެއެވެ. އޭގެ ތެރޭގައި، ރަޝިއާމެދު ގައުމުތަކުން ގެންގުޅޭ ދޮގު ޚަބަރު ފެތުރުމުގެ ޕްރޮޕެގެންޑާއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްވަނީ ނިންމާފައެވެ. ޖީ7ގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން އެ ޤައުމުތަކުން ޗައިނާއާއި ރަޝިޔާއާމެދު ގެންގުޅޭނެ ސިޔާސަތުތަކާ ގުޅޭގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުންވަނީ މަޝްވަރާކޮށްފައެވެ.

ޖީ7ގެ މިނިސްޓަރުން ވަނީ ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު އަންހެނުން، އަލުން އާއްމު ހާލަތަށް ރުޖޫއަވުމަށް އެހީތެރިވުމުގެ ގޮތުން 10.9 ބިލިއަން ޕައުންޑް އިންވެސްޓްކުރުމަށް ނިންމާފައެވެ.

ދުނިޔޭގެ ގައުމުތަކަށް ހަމަހަމަކާމާއެކު ވެކްސިން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ މަޝްވަރާތައް ވެސް ކުރިއަށް ގެންދިޔުމަށް ވެސް އެޖެންޑާކޮށްފައިވެއެވެ. އަދި މި ސަމިޓުގައި އަންހެންކުދިންނަށް ތައުލީމު ދިނުމުގައި ޚާއްސަ އިސްކަމެއް ދޭނެކަން ވަނީ ހާމަކޮށްފައެވެ. އަލަށް ކަނޑައަޅާ ލަނޑުދަނޑި ކަމަށްވާ، 2026 ގެ ކުރިން މެދުފަންތީގެ ގައުމުތަކުން 40 މިލިއަން އަންހެން ކުދިން ސްކޫލަށް ފޮނުވުމަށް ގައުމުތަކުން އެއްބަސްވެވޭނެ ކަމަށްވަނީ ބެލެވިފައެވެ.

އެމެރިކާއިން ރަޝިއާއާމެދު ހަރުދަނާ ގުޅުންތަކެއް ގާއިމުކުރުމުގެ މަޝްވަރާތައް ވެސް ކުރިއަށް ގެންދަން ރާވާފައިވާއިރު، މިކަމުގައި ބޮޑަށް ބުރަވެވޭނީ، ރަޝިއާގެ ރައީސްގެ ނިންމެވުމަށެވެ. އެހެން ނަމަވެސް ޔޫކްރެއިންގެ މައްސަލަފަދަ މައްސަލަތަކުގައި ރަޝިޔާއިން ޢަމަލުކުރާ ގޮތަކީ އެމެރިކާއިން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންޑަންގައި ދިން ޓެރެރިސްޓް ހަމަަލާގައި ހަ މީހުން މަރުވެ މަދުވެގެން 48 މީހުން ޒަޚަމްވެއްޖެ

ލަންޑަންގައި ދިން ޓެރެރިސްޓް ހަމަަލާގައި ހަ މީހުން މަރުވެ މަދުވެގެން 48 މީހުން ޒަޚަމްވެއްޖެ

04 ޖޫން 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

21 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު