Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޒޫލޫންގެ ރަސްކަން

ތަޚުތުގެ އެދުމުގައި ޝާހީ އާއިލާގެ ތެރޭގައި ބޮޑު ކޯޅުމެއް

ރަސްގެފާނުގެ ވަސިއްޔަތުގެ ސައްހަކަމާމެދު ކޯޓަށް މައްސަލައެއް ވަނީ ވައްދާފައި

ރާއްޖެ އެމްވީ | 4 މެއި 2021 | އަންގާރަ 05:31
ޒޫލޫންގެ ރަސްގެފާނު ގުޑްވިލް ޒުވެތިލީނީ: ހުސްވި މަހުގެ ތެރޭގައި ތަސްގެފާނު އަވަހާރަވީ ކޮވިޑުގެ އާލާސްކަންފުޅެއްގައި

ޒޫލޫންގެ ރަސްގެފާނު ގުޑްވިލް ޒުވެތިލީނީ: ހުސްވި މަހުގެ ތެރޭގައި ތަސްގެފާނު އަވަހާރަވީ ކޮވިޑުގެ އާލާސްކަންފުޅެއްގައި

"މީހުން ހީކުރަނީ އަހަރެމެންނަކީ ގާތިލުން ކަމަށް" ޕްރިންސެސް ތެމްބީ ވިދާޅުވިއެވެ. އެކަމަނާ މިހެން ވިދާޅުވީ ޒޫލޫންގެ ރަސްކަމުގެ ތަޚުތުގައި ދެން ވަޑުވަންވީ ބޭފުޅަކާމެދު ޝާހީ އާއިލާގެ ތެރޭގައި ވަރަށް ބޮޑެތި ކޯޅުންތަކެއް ފެށިފައި ވަނިކޮށެވެ.

މައްސަލަތައް ފެށިގެން އުޅެނީ ވަގުތީގޮތުން ތަޚުތުގައި އިންނެވި ރާނީ މަންޓްފޮމްބީ ކުއްލިގޮތަކަށް އުމުރުފުޅުން 65 އަހަރުގައި މިހަފުތާގައި އަވަހާރަވުމުންނެވެ. ރާނީ މަންޓްފޮމްބީއަށް ރަނިކަން ލިބިވަޑައިގަތީ އެކަމަނާގެ ފިރިކަލުން އަދި ޒޫލޫންގެ ރަސްގެފާނު ގުޑްވިލް ޒުވެލިތީނީ ހުސްވި އެޕްރީލް މަހުގެ ތެރޭގައި އަވަހަރަވުމުންނެވެ.

ރަސްގެފާނު އަވަހާރަވީ އުމުރުފުޅުން 72 އަހަރުގައެވެ. ގާތަގަޑަކަށް ސާލީހަކަށް އަހަރު ރަސްކަން ކުރެއްވި ފަހުން އެމަނިކުފާނު އަވަހާރަވީ ކޮވިޑުގެ އާލާސްކަންފުޅެއްގައެވެ. އެހާދިސާއަށް ގިނަ ދުވަސްތަކެއް ނުވެ ރާނީވެސް ގޮތްނޭގޭ ގޮތެއްގައި ކުއްލިގޮތަކަށް އަވަހާރަވުމުން މީސްތަކުންގެ މެދުގައި ޝައްކުތައް ވަނީ ހިނގައިގެންފައެވެ. އެކަމަކު ރާނީގެ ކުއްލި ވަކިވުމަކީ ވިހަލައިގެން ނުވަތަ އެބާވަތުގެ އެނޫންވެސް ކަމަކާ ގުޅިފައިވާ ވަކިވުމެއްކަމުގެ އެއްވެސް ހެއްކެއް އަދި ނެތެވެ.

ކުރިން ގަބޫލު ކުރެވިފައިވަނީ ދެން ތަޚުތަށް ވަޑައިގަންނަވާނީ އަވަހާރަވި ރަސްގެފާނު ޒުވެތީނީ އާއި އަވަހާރަވި ރާނީ މަންޓްފޮމްބީގެ ދަރިކަލުން އުމުރުފުޅުން 47 އަހަރުގެ ޕްރިންސް މިސުޒޫލޫ ކަމުގައެވެ. އެކަމަކު އެކަން އެމަގުން ހިނގިޔަ ނުދިނުމަށްޓަކައި ޝާހީ އާއިލާގެ ތެރެއިން ޝަރުއީ ކޯޓުތަކަށް މައްސަލަތަކެއް މިހާރު ވަނީ ވައްދާފައެވެ.

ރަސްކަމުގެ ވާރިސާއިމެދު އަވަހާރަވި ރަސްގެފާނުގެ ލިޔެވި ސޮއިކުރައްވާފައިވާ ވަސިއްޔަތެއް އެބައޮތެވެ. އޭގައި އޮތީ ޕްރިންސް މިސުޒޫލޫގެ ވާހަކައެވެ. އެކަމަކު ޝާހީ ޚާންދާނުގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވަނީ އެ ލިޔުމާއި ސޮޔަކީވެސް ނަގުލީ އެއްޗެއް ކަމުގައެވެ. އެކަން ސާބިތުކޮށްދިނުމަށްޓަކައި އަތުލިޔުންތަކުގެ ފޮރެންސިކް ހަދާ ތަޖުރިބާކާރަކުވެސް ވަނީ ގެނެސްފައެވެ. މިގޮތަށް ވިދާޅުވަނީ ރަސްގެފާނުގެ އެންމެ ދޮށީ އަނބިކަނބަލުންނާއި އެކަމަނާގެ ބޭފުޅުންނެވެ. އަދި އަވަހާރަވި ރަސްގެފާނުގެ ދެ ކޮއްކޯފުޅަކުވެސް މި ރިވާއަށް ތަބާވެވަޑައިގަންނަވައެވެ.

އެންމެ ދޮށީ އަނބިކަނބަލުން ކުއީން ސިބޮންގީލޭ ލަމީނީ ވަނީ ތަޚުތުގެ ހައްގު ވާރިސަކީ އެކަމަނާއާއި އެކަމަނާގެ ބޭފުޅުން ކަމަށް ވިދާޅުވެ ޕިޓަރމަރިޒްބާގުގެ ހައިކޯޓަށް މައްސަލަ ހުށައަޅުއްވައިފައެވެ. އެވަރަކުން އަދި ނުނިމެއެވެ. އެކަމަނާއަކީ އަވަހާރަވި ރަސްގެފާނުގެ ގާނޫނީ ހަމައެކަނި އަނބިކަނބަލުން ކަމަށް ކަނޑައަޅައިދީ ރަސްގެފާނުގެ މުޅި މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައި ލިބިގަތުމަށްވެސް ވަނީ ދައުވާ ކުރައްވައިފައެވެ.

ރަސްގެފާނު ގުޑްވިލް ޒުވެލިތީނީ އަވަހާރަވީއިރު މުޅިއެކު ހަ އަނބިކަނބަލަކު ތިއްބެވިއެވެ. އެހުރިހާ އަނބިއަނބިކަނަބަލުންގެ ފަރާތުން ޖުމްލަ އަށާވީސް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ދާއިމީ ރަސްކަލަކު ކަނޑައެޅެންދެން މިހުރިހާ އަނބިކަނބަލުންގެ ތެރެއިން  ވަގުތީގޮތުން ތަޚުތުގައި ރެދަލިކުރެއްވުމަށް ހަމަޖެހުނީ ކުއީން މަންޓްފޮމްބީއެވެ. އޭގެ ސިއްރަކީ މިހުރިހާ އަނބިއަނބިކަނބަލުންގެ ތެރެއިން ޝާހީ ބޭފުޅަކީ އެކަމަނާ ކަމުގައި ވުމެވެ. ކުއީން މަންޓްފޮމްބީ އަކީ އަވައްޓެރި އެސްވަތީނީގެ ރަސްގެފާނުގެ ދައިތާފުޅެވެ.    

ދެކުނު އެފްރިކާގެ އެންމެ ބޮޑު ގަބީލާއަކީ ޒޫލޫ ގަބީލާއެވެ. އާބާދީއަކީ ގާތްގަޑަކަށް އެގާރަ މިލިޔަނެވެ. މި ގަބީލާގެ ވެރިޔަކީ ޒޫލޫންގެ ރަސްގެފާނެވެ. އެކަމަކު މިރަސްކަމަކީ ސިޔާސީގޮތުން މާކަ ބޮޑެތި ބާރުތަކެއް ލިބިފައިވާ ރަސްކަމެއް ނޫނެވެ. މުޅިންވެސް ރަމްޒީ ރަސްކަމެކެވެ. އެކަމަކު ދެކުނު އެފްރިކާގެ ސަރުކާރުން މި ރަސްގެފާނަށް އަހަރަކު ފަސްމިލިޔަނެއްހައި ޑޮލަރުގެ ބަޖެޓެއް ފޯރުކޮށްދޭތީ ރަސްކަމުގެ ހައިބަތު ނުގެއްލި ދެމިއެބައޮތެވެ.

އަވަހާރަވި ރަސްގެފާނު ގުޑްވިލް ޒުވެލިތީނީގެ ފިރިހެން ކޮއްކޯފުޅު ޕްރިންސް އެމްބޮނީސީއަށް ތަޚުތު ހޯދައި ދިނުމުގެ ކެމްޕޭނެއްވެސް ޝާހީ އާއިލާގެ ތެރޭގައި އެބައޮތެވެ. މިކަމުގައި އިސްކޮށް ހުންނެވީ އޭނާގެ ދައިތާފުޅު ޕްރިންސެސް ތެމްބީއެވެ. ރާނީ މޮންޓްފޮމްބީގެ ކުއްލި އަވަހާރަވުމަކީ ގަސްތުގައި ޕްރިންސެސް ތެމްބީގެ ޓީމުން ކުރި ކަމެއްގެ ނަތީޖާ ކަމަށް ވަނީ ހީކުރެވިފައެވެ. "މީހުން ހީކުރަނީ ތިމަންނާމެންނަކީ ގާތިލުންކަމުގައޭ" ޕްރިންސެސް ތެމްބީ ވިދާޅުވީ އެހެންވެގެންނެވެ.

އަވަހާރަވި ރަސްގެފާނާއި ޒޫލޫ ރަސްކަމުގެ ބޮޑުވަޒީރަކީ މޮންގޮސޫތޫ ބުތެލޭޒީއެވެ. އޭނާއަކީ މުޅި ދެކުނު އެފްރިކާގައިވެސް ބާރުގަދަ ސިޔާސީ ލީޑަރެކެވެ. ޒޫލޫންގެ ތަޚުތު ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަތަސް އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާނީ ބުތެލޭޒީކަމަށް ވަނީ ގަބޫލު ކުރެވިފައެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި

ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި

01 ނޮވެމްބަރު 2017
ސައުދީ ޝާހީ ގަނޑުވަރަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

ސައުދީ ޝާހީ ގަނޑުވަރަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

07 އޮކްޓޯބަރު 2017
އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

28 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު