Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބިލް އެންޑް މަލިންޑާ ފައުންޑޭޝަން

ބިލް އެންޑް މަލިންޑާ ފައުންޑޭޝަނަށް ދެން ވާނީ ކިހިނެއް؟

ބިލް އެންޑް މަލިންޑާ ފައުންޑޭޝަނަކީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް ފައުންޑޭޝަން

| 3 މެއި 2021 | ހޯމަ 22:29
ބިލް ގޭޓްސް އާއި މަލިންޑާ ގޭޓްސް

ބިލް ގޭޓްސް އާއި މަލިންޑާ ގޭޓްސް

ދުނިޔޭގެ އެންމެ މުއްސަނދި ދެމަފިރިންގެ ގޮތުގައި ގުނެމުން އައި އެމެރިކާގެ ބިލް ގޭޓްސް އާއި މަލިންޑާ ގޭޓްސްގެ ކައިވެނި 27 އަހަރަށް ފަހު ނިމުމަކަށް އައުމުން އެ ދެމަފިރިންގެ ނަމަށް ނިސްބަތްވާ ޚައިރާތު ފައުންޑޭޝަނުގެ ކުރިމަގާމެދު ސުވާލު އުފެދިއްޖެއެވެ.

ބިލް އެންޑް މަލިންޑާ ފައުންޑޭޝަނަކީ ދުނިޔޭގެ ކަންކޮޅުތަކުގައިވާ ފަގީރުންނަށް އެހީވުމަށް އެ ދެމަފިރިން ދެހާސް ވަނަ އަހަރު ވުޖޫދު ކުރި ފައުންޑޭޝަނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ކަހަލަ ތަހުލީލުތަކާއި ދިރާސާތައް ހިންގުމަށާއި ސިއްހަތާއި ތައުލީމުގެ ކަންކަން ހަރުދަނާ ކުރުމަށާއި ވެކްސިން އުފެއްދުމަށް އެ ފައުންޑޭޝަނުން މިހާތަނަށް އެތައް ބިލިޔަން ޑޮލަރެއް ހޭދަކޮށްފައިވެއެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް ފައުންޑޭޝަނެވެ.

މިހާރު ދުނިޔެއަށް ބަނަކަން ގެނެސްފައިވާ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައިވެސް ބިލް އެންޑް މަލިންޑާ ފައުންޑޭޝަނުގެ އެހީތެރިކަމަށް ދުނިޔޭގެ ފަގީރު ވަރަށް ގިނަ ގައުމުތަކުން ބަރޯސާ ކުރެއެވެ.

ބިލް އެންޑް މަލިންޑާ ފައުންޑޭޝަނަކީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅޭ ކަންކަމުގައި ވެސް އެންމެ ގިނަ ބަޔަކު ބަރޯސާކުރާ އެހީތެރިކަމުގެ ވަސީލަތެވެ. ބިލް ގޭޓްސް އާއި މަލިންޑާ ގޭޓްސްގެ އިރުޝާދުގެ ދަށުން އެ ފައުންޑޭޝަން ހިންގަމުން އަންނަނީ ސީއީއޯގެ މަގާމުގަައި ހުރި މާރކް ސުޒްމަނެވެ.

މި ފައުންޑޭޝަން އެންމެ ފުރަތަމަ އުފެއްދިއިރު ނަމަކީ ވިލިއަމް ހެންރީ ގޭޓްސް ފައުންޑޭޝަނެވެ. އެއީ ބިލް ގޭޓްސްގެ ބައްޕަގެ ނަމެވެ. ތަންކޮޅެއް ފަހުން މަލިންޑާގެ ނަންވެސް ހިމެނޭ ގޮތަށް ފައުންޑޭޝަނުގެ ނަން ބަދަލުކުރީއެވެ.

ބިލް އާއި މަލިންޑާއަށް ދެން އެކުގައި ނޫޅެވޭނެކަން ހާމަކޮށް ދެމީހުންގެ ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ ހަޔާތުގެ ދެން އޮތް ފިޔަވަހީގައި ދެމީހުން ދަތުރުކުރާނީ ވަކިން ކަމުގައެވެ. އެކަމަކު ދެ މީހުންގެ ނަމަށް ނިސްބަތްވާ އަދި ދެމީހުންގެ ފައިސާއިން ހިންގާ ފައުންޑޭޝަނުގެ ކުރިމަގާމެދު އެއްވެސް ވާހަކައެއް ބުނެފައި ނުވެއެވެ.

މައިކްރޯސޮފްޓް ކުންފުނި 1975 ގައި ވުޖޫދުކުރި އެކުންފުނީގެ ބާނީއަކީ ބިލް ގޭޓްސް އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 124 ބިލިޔަން ޑޮލަރަށް އަރައެވެ. މައިކްރޯސޮފްޓް ކުންފުނީގެ ޑިވިޝަނެއްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މަލިންޑާ އާއި ބިލް ގޭޓްސް ކައިވެނީގެ ގޮތުން ގުޅުނީ 1994 ގައެވެ. އެ ކައިވެނިން ތިން ކުދިން ލިބިފައިވެއެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ރަޝިއާ އަށް ފިޔަވަޅު އެޅުމާއި ބެހޭ ބިލް ރައީސް ޓްރަމްޕް ތަސްދީގު ކުރައްވައިފި

02 އޯގަސްޓު 2017
ރަޝިއާ އަށް ފިޔަވަޅު އެޅުމާއި ބެހޭ ބިލް ރައީސް ޓްރަމްޕް ތަސްދީގު ކުރައްވައިފި
20 ޖޫން 2017

ޓެރަރިޒަމް ވާނީ ޓެރަރިޒަމަށް، ފިންސްބަރީގެ ހަމަލާ ކުށްވެރިކުރަން: ޤަތަރު

20 ޖޫން 2017
ޓެރަރިޒަމް ވާނީ ޓެރަރިޒަމަށް، ފިންސްބަރީގެ ހަމަލާ ކުށްވެރިކުރަން: ޤަތަރު
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
05 މެއި 2017

އޮބާމާކެއަރ އުވާލައި ޓްރަމްޕްގެ ހެލްތްކެއަރ ބިލް ފާސްކޮށްފި

05 މެއި 2017
އޮބާމާކެއަރ އުވާލައި ޓްރަމްޕްގެ ހެލްތްކެއަރ ބިލް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު