Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަދަނީ އިޖުރާޢަތުގެ ބިލް

ސަރުކާރުން މަޖިލީހަށް އެއްބާރުލުން ދެމުންދާކަމަށް ބުނެ މަޖިލީހުގެ ކޮމިޓީއަށް އޭޖީން ރައްދުދީފި

އިންތި ވިދާޅުވީ މިދިޔަ އަހަރު އެންމެ ފުރަތަމަ ސަރުކާރުން ބިލް ފޮނުވިއިރު އޮތީ ފުރިހަމަކޮށް ނޫންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 މެއި 2021 | ހޯމަ 22:35
ަބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު - ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވާނީ ދެމުންގޮސްފައިކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނޭ

ަބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު - ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވާނީ ދެމުންގޮސްފައިކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނޭ

މަދަނީ އިޖުރާއަތުގެ ބިލަކީ ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ، އެ ބިލުގެ މަސައްކަތް ޖުޑީޝަރީ ކޮމިޓީން ކުރިއަށް ގެންދާއިރު އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވާނީ ދެމުންގޮސްފައިކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ލީގަލް ކައުންސިލް އަހުމަދު އަފީފު ވިދާޅުވެފައިވަނީ އިންސާފު ލިބިދިނުމަށް އޮތް އެންމެ ބޮޑު ހުރަކީ މަދަނީ އިޖުރާއަތުގެ ބިލް މަޖިލީހުގައި ފާސްނުވެ ލަސްވަމުންދާތީ ކަމަށެވެ. މިއާއެކު މަދަނީ އިޖުރާއަތުގެ ބިލް ދިރާސާކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ހޯމަ ދުވަހު އެކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެވާހަކަތަކަށް ރައްދުދީފައެވެ.

Advertisement - newsAdvertisement

އެގޮތުން އެކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ބިލް ބަންޑާރަ ނައިބު އޮފީހުން މިދިޔަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވީނަމަވެސް އެބިލް އެންމެ ފުރަތަމަ ފޮނުވީ ރަނގަޅަށް ނޫންކަމަށެވެ. އޭގެފަހުން ރަނގަޅު ބިލްގެ ގޮތުގައި ފޮނުވަމުން ދިޔައީ ބާބުތައް ވަކިވަކިން ކަމާއި އެއްކޮށް ބިލް ފޮނުވުމަށް ދިން މުއްދަތުގެ ތެރޭގައިވެސް އެކަން ކޮށްފައިނުވާ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

ބިލް އެއްކޮށް ކޮމިޓީއަށް ބަންޑާރަ ނައިބުގެ ފަރާތުން ފޮނުވީ އެ ބިލްގެ މަސައްކަތް ކޮމިޓީން ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައިވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބަޖެޓްގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ކަމަށެވެ. މުހިންމު ބިލްގެ މަސައްކަތަށް އެއް އަހަރު ގެއްލިގެން ދިޔައީ، ބަންޑާރަ ނައިބުގެ އަމަލުތައް ހުރި ގޮތުން ކަމަށް ވިދާޅުވިއެވެ. އިމްތިޔާޒުގެ އެ ވާހަކަތައް ރައްދު ދެމުން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބިލްގެ ބާބުތައް ވަކިވަކިން ފޮނުވި ސަބަބު ސާފުކޮށްދީފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ބިލު އެކުލަވާލުމުގެ މަސައްކަތް 2019 ވަނަ އަހަރު ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އައްޔަންކުރި އިންޓަނޭޝަނަލް ކޮންސަލްޓަންޓެއް މެދުވެރިކޮށް ފެށި ކަމަށާއި ކޮންސަލްޓަންޓް އެކުލަވާލި ބިލުގެ އިނގިރޭސި ދެލިކޮޕީގެ އެންމެ ފަހުގެ ކޮޕީ މި އޮފީހަށް ހުށަހެޅުނީ، އެ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށެވެ.

ނަމަވެސް، އެ ބިލުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ އަހަރު ގަސްދުކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް އެ ބިލު ހުށަހެޅުމަށްޓަކައި، އެ ބިލުގެ އިނގިރޭސި ޑްރާފްޓަށް ބިނާކޮށް، ބިލުގެ ދިވެހި ދެލިކޮޕީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމާއި އެހާތަނަށް މަޖިލީހުގެ އެ ދައުރުގައި ދެން ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަސްކަމުން، އެ މަސައްކަތް ފުރިހަމަކުރަންޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ.

"އެހެންނަމަވެސް، ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިމުމުގެ ކުރިން އެ ބިލު އެމަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ނިންމައި، އެ ބިލު އެ އަހަރުގެ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ،" ބަޔާނުގައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ މަސައްކަތަކީ، ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަން ޖެހުނު މަސައްކަތެއްކަމުން، އެ ބިލުގެ ކޮމިޓީ މަރުހަލާގައި ބިލު އަލުން މުރާޖައާކޮށް ފުރިހަމަކުރުމުގެ މަސައްކަތް، ޖުޑީޝަރީ ކޮމިޓީއާ ގުޅިގެން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ކަމަށެވެ.

އެ ބިލަކީ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ސަފުހާގެ ބިލެއްކަމުން، ކޮމިޓީން ބިލު ދިރާސާކުރުމުގެ މަސައްކަތަށް ހުރަހަކަށް ނުވާނެ އުސޫލުން، މަސައްކަތް ގެންދިޔުމުގެ ބޭނުމުގައި، އެ ބިލު މުރާޖައާކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ، ބިލުގެ އެކި ބައިތައް ވަކިވަކިން މުރާޖައާކޮށް، އެ ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ، އެ ބައިތައް އިސްލާހު ކުރުމަށްފަހުގައި ކޮމިޓީއާ ހިއްސާކުރަމުންދާ ގޮތަށް، ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައި ކަމަށް ބަޔާނުގައިވެ އެވެ.

"އެހެންނަމަވެސް، އެފަދައިން ބިލުގެ އެކި ބައިތައް ވަކިވަކިން ކުރިއަށްގެންދިޔުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމުގައި ކޮމިޓީން ވިދާޅުވުމުން، އެ ބިލު އެކުގައި މުރާޖައާކޮށް، މުޅި ބިލުގެ އިސްލާހުކޮށްފައިވާ ދެލިކޮޕީއެއް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާ ހިއްސާކުރަން ނިންމުނު، އެ މަސައްކަތް މުޅިން ނިމި، އިސްލާހުކުރެވުނު ބިލު މި އޮފީހުން ކޮމިޓީއަށް ފޮނުވީ، 4 ނޮވެމްބަރު 2020 ގައި،" ރައްދު ބަޔާނުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނި ގޮތުގައި، ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށްގެންދިޔުމުގައި އެހީއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ބިލުގެ ހުލާސާއެއްވެސް އެކުލަވާލައި، މި އަހަރުގެ މާޗު މަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވާފައިވާނެ ކަމަށެވެ. މަދަނީ އިޖުރާއަތުގެ ބިލަކީ، މަދަނީ އަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ، އެ ބިލުގެ މަސައްކަތް ޖުޑީޝަރީ ކޮމިޓީން ކުރިއަށްގެންދާއިރު، އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވަނީ ދެމުންގޮސްފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ އެމްޑީޕީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގާނޫނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު