Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިލް އާއި މަލިންޑާ ގޭޓްސް ވަރިވުން

27 އަހަރަށް ފަހު ބިލް އާއި މަލިންޑާ ގޭޓްސްގެ ކައިވެނި ނިމުމަކަށް!

ބިލް އާއި މެލިންޑާ ކައިވެނިކޮށްފައި ވަނީ 1994 ވަނަ އަހަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 މެއި 2021 | ހޯމަ 22:01
ބިލް އާއި މެލިންޑާ ގޭޓްސް

ބިލް އާއި މެލިންޑާ ގޭޓްސް

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސްގެ 27 އަހަރުވީ ދިގު ކައިވެނި ނިމުމަކަށް ގެންނަށް ދެމީހުން ނިންމައިފިއެވެ.

ބިލް އާއި މެލިންޑާއި ވަރިވާން ނިންމާފައިވާކަން އާންމުކޮށްފައި ވަނީ ޓްވިޓަރ މެދުވެރިކޮށެވެ. އެގޮތުން ބިލް ވަނީ މިކަމާ ގުޅޭގޮތުން ދެމީހުންގެ ބަސް އޭނާގެ ޓްވިޓަރ ގައި ޝެއަރ ކޮށްފައެވެ.

އެޓްވީޓްގައި ވާގޮތުން ކައިވެނި ނިމުމަކަށް ގެނައުމަށް ގެނުމަށް ނިންމާފައި ވަނީ އެކަމާ މެދުގިނަ ވިސްނުންތަކެއް ވިސްނައި ކުރެވުނު ގިނަ މަޝްވަރާތަކަކަށް ފަހުއެވެ. އަދި ދެމަފިރިންގެ ގޮތުގައި ދެމީހުންނަށް އިތުރަށް ކުރިއެރުން ނެތް ކަމަށް ބިލް އާއި މެލިންޑާ ވަނީ ބުނެފައެވެ. އަދި މީގެ ސަބަބުން އާއިލާގެ ދިރިއުޅުމަށް އަންނާނެ ބަދަލުތަކަށް ހޭނުމަށް ނަގާނެ ދުވަސްތަކުގައި އެދެމީހުންގެ ޕްރައިވެސީއަށް އިޚްތިރާމު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ވަނީ ބުނެފައެވެ.

ކައިވެނި ނިމުމަކަށް އައި ނަމަވެސް ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ މަސައްކަތްތައް އެކުގައި ކުރާނެ ކަމަށާއި މި ވޭތުވެދިޔަ 27 އަހަރުގެ ތެރޭގައި އެކުގައި ގިނަ ކަންތަތަކެއް ހާސިލްކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ބިލް އާއި މެލިންޑާ އެންމެ ފުރަތަމަ ދިމާވެފައި ވަނީ 1980ގެ ތެރޭގައި މެލިންޑާ ބިލްގެ މައިކްރޯސޮފްޓް ކުންފުންޏާ ގުޅުމުންނެވެ. އަދި 1994 ވަނަ އަހަރު ދެމީހުން ކައިވެނިކޮށްފައިވާއިރު، ދެ މީހުންގެ ތިން ދަރިން ތިބެއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
08 ފެބުރުއަރީ 2017

"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ

08 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު