Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

ނޫސްވެރިކަމާ ބީރައްޓެހި ސަރުކާރަކަށް ފަހު މިހާރު ހެޔޮ ބަދަލުތަކެއް!

ރާއްޖެޓީވީގެ ނޫސްވެރިންނަށް މަރުގެ އިންޒާރުވެސް ދިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 މެއި 2021 | ހޯމަ 04:51
ރައީސް ޔާމިނުގެ ސަރުކާރުގައި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން އަނިޔާގެ ތެރެއިން

ރައީސް ޔާމިނުގެ ސަރުކާރުގައި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން އަނިޔާގެ ތެރެއިން

ދައުލަތުގެ 4 ވަނަ ބާރު ކަމަށްވާ ނޫސްވެރިންނަކީ ޤައުމުގެ އެއް ތަނބެވެ. ބަސް ނުބުނެވޭ ޙާލަތުގައި ޤައުމުގެ އަޑެވެ. ބަޔާންކޮށް ނުދެވޭ ތަނުގައި ޤައުމުގެ ދުލެވެ. ސިފަކޮށް ނުދެވޭ ތަނުގައި ޤައުމުގެ ގަލަމެވެ. ނަމަވެސް މި ދެންނެވި ތަނބު ސުންނާފަތި ކޮށްލައި، ދޫތައް ބަންދުކޮށް، ޤަލަންތައް ބިންދާލި ކަޅު ދުވަސްވަރެއް ވެސް ދިވެހި ނޫސްވެރިން ވަނީ ނުހަނު ގާތުން ދެކެފައެވެ. ނޫސްވެރިކަމާ މުޅިން ބީރައްޓެހި ސަރުކާރަކާއެކު، ދިވެހި ނޫސްވެރިން ވަނީ ނުހަނު އުނދަގުލާއި ފުރައްސާރައިގައި ވެރިކަމެއްގެ ދައުރެއް ހޭދަކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ނޫސްވެރިންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުން ދިޔަ ދުއްތުރާތަކުގެ ވާހަކައަކީ ގައިމުވެސް ދިވެހިންނަށް އާ ވާހަކަތަކަކަށް ނުވާނެއެވެ. ޚާއްސަ ގޮތެއްގައި ސަރުކާރަށް ފާޑުކިޔައި ކުޑަ ނަމަވެސް ލިއުމެއް ނުވަތަ ވާހަކައެއް ދައްކާ ނޫސްވެރިއެއްނަމަ ކުރިމަތިލާން ޖެހޭ ތަކުލީފުތައް ބޮޑެވެ. އޭގެ މިސާލެއްގެ ގޮތުން އޭރު ރާއްޖެޓީވީން ކުރިމަތިލާން ޖެހުނު އިންތިހާ ގިނަ ގޮންޖެހުންތައް ފުދެއެވެ.

ހަޤީޤަތުގައި އޭރު ނޫސްވެރިކަމަކީ ބިރުވެރި މަސައްކަތެކެވެ. އިދިކޮޅު ޚަބަރުތައް ގެނެސްދޭ ނޫސްވެރިއެއްނަމަ، މަގުމައްޗަށް ނުކުންނަނީ ހަމައެކަނި ކުރިމަތިވެދާނެ ފުރައްސާރައެއްގެ ބިރުވެރިކަމުގައެއް ނޫނެވެ. ނުވަތަ ބުނެލާނެ ބަހެއްގެ ޖެހިލުންވުމުގައެއް ނޫނެވެ. އޭރު ރާއްޖެޓީވީގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިނުމާއި، ފުރާނައަށް ނުރައްކާވާ ވަރުގެ ޙަމަލާތައް ދިނުމާއި، އެކި ވަރުވަރުގެ ދައުވާތައްކޮށް ޖަލު ގޮޅިއަށް ގެންދިއުން މީގެ ހެއްކަކަށް ފުދެއެވެ. އެއީ އޭރުގެ ޙާލަތެވެ. ނޫސްވެރިންނަށް ކުރާ ފުރައްސާރައާއި އުނދަގޫތައް ނޫސްވެރިޔާ ނިސްބަތްވާ މުޅި ސްޓޭޝަންވެސް ތަހައްމަލު ކުރަން ޖެހެއެވެ. ރާއްޖެޓީވީ ރޯކޮށްލި ބިރުވެރި ހާދިސާއާއި، މިލިއަނުން ކުރި ޖޫރިމަނާގެ ވާހަކަތަކަކީ އޭރުގެ ސަރުކާރުން ނޫސްވެރިންގެ ދޫ ބަންދުކޮށްލުމަށް ކުރި މަސައްކަތްތައް ފެނިގެން ދިޔަ ކަންކަމެވެ.

އޭގެ އިތުރުން، ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާއި ކުރާ ހުކުމްތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ގާނޫނުލްއުގޫބާތު ބަދަލު ކުރަން އޭރުގެ ސަރުކާރުން ހުށަހެޅި އިސްލާޙާއި، އަބުރުގެ ޤާނޫނުގެ ނަމުގައި އެމުނި އެތުރިގެން އައި ވަރުގަދަ ޤާނޫނަކުން ނޫސްވެރިކަން ކަސްތޮޅު އަޅުވަމުން ދިޔަ ވާހަކަތަކަކީ ވެސް ދައްކާ ހުސް ނުވާނެ ވާހަކަތަކެކެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ކޮންމެހެންވެސް ހަނދާނަށް އަންނަ ވާހަކަތަކެކެވެ. އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ އޭރުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ހަތިޔާރެވެ. ނޫސްވެރިންނާއި، ނިއުސް ސްޓޭޝަންތައް ޖޫރިމަނާކޮށް ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް ސަރުކާރަށް ލިބުނު ރަންބިސްއަޅާ ކުކުޅެކެވެ.

ކޮންމެއަކަސް، އައު ސަރުކާރު އައުމާއެކު ނޫސްވެރިކަމަށް އޭރުގެ ސަރުކާރުން އަޅާފައިވާ ކަޅު ހިޔަނި މިވަނީ ދުރަށް ގޮސްފައެވެ. ދައުލަތުގެ 4 ވަނަ ބާރު އަޅުވެތި ކުރުމަށް އަޅާފައިވާ ކަސްތޮޅު މިވަނީ ނެއްޓިގެން ގޮސްފައެވެ. އޭގެ އެއް ހެއްކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަވަރު ބަލައި ކޮންމެ އަހަރަކު އާންމު ކުރަމުންދާ "ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"އިން ދިވެހިރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެމުންދާ ކުރިއެރުންތަކެވެ.

ކޮންމެ އަހަރަކު އެއްފަހަރު 180 ގައުމު ހިމެނޭގޮތަށް އާންމު ކުރަމުންދާ ޕްރެެސް ފްރީޑަމް އިންޑެކްސްއަށް ބަލާއިރު، 2018 ވަނަ އަހަރު ނެރުނު ލިސްޓްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ. އަދި 2019 ވަނަ އަހަރު އާންމު ކުރި ލިސްޓްގައި ރާއްޖެ 98 ވަނައިގައި އޮތްއިރު، 2020 ވަނަ އަހަރު ނެރުނު ލިސްޓުގައި ރާއްޖެ އޮތީ 79 ވަނައިގައެވެ. އިތުރު 7 ދަރަޖައިގެ ކުރިއެރުމާއެކު މިއަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ.

ނޫސްވެރިކަމާ ބީރަށްޓެހި އަހަރުތަކަކަށް ފަހު އަނެއްކާވެސް ނޫސްވެރިންނަށް ހިންދެމިލައިގެން މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުވަމުންދާކަމުގެ އިހުސާސް މިއަދު ދަނީ ކުރެވެމުންނެވެ. އޭރު ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރާއި އިދިކޮޅު ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް ސުވާލެއް ކޮށްލާނެ ފުރުސަތެއް ނުލިބި އެތައް ބައްދަލުވުމެއް ނިމިގެން ދިޔަ ނަމަވެސް، މިއަދު މަގުމަތިންވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާ ސުވާލުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބިގެން ގޮސްފިއެވެ. ނަމަވެސް ކުރިޔާ ޚިލާފަށް މިއަދު އެއްވެސް ނޫސްވެރިއެއް ހައްޔަރުކޮށް، އެ ސްޓޭޝަނެއް ޖޫރިމަނާކޮށް، ގާނޫނު ހިންގުމަށް ހުރަސް އެޅުން ފަދަ އެކި ވަރުގެ ދައުވާތައް ކުރަމުންދާތަނެއް ނުފެނެއެވެ.

ޔަގީންވާ އެއް ކަމަކީ އޭރު ނޫސްވެރިންނަށް އޮތް ބިރުވެރި މާޙައުލެއް މިއަދު ނެތް ކަމެވެ. އަދިވެސް އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަން ހުރިއިރު، އުއްމީދަކީ އަންނަމުން މި ދާ ހެޔޮ ބަދަލުތަކާއެކު ދިވެހި ނޫސްވެރިންނަށް މިހާރަށްވުރެވެސް ފަހި މާހައުލެއް ޤާއިމުވެގެން ދިއުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

12 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު