Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުން

މެއި މަސް ފެށުނު އިރު ފަތުރުވެރިކަން 2.8 އިންސައްތަ ކުރިއަރައިފި

މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 393,528 ފަތުރުވެރިން ވަނީ އައިސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 މެއި 2021 | އާދީއްތަ 23:05
ފާއިތުވި އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާ

ފާއިތުވި އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާ

މިއަހަރުގެ މެއި މަސް ފެށުނު އިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ ފަތުރުވެރިކަން ކުރިއަރަންފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރަމުންދާ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ ފަތުރުވެރިކަން ވަނީ މިހާރު 2.8 އިންސައްތަ ކުރިއަރާފައެވެ. ނަމަވެސް 2019 ވަނަ އަހަރާއި އަޅާބަލާއިރު، ފަތުރުވެރިކަން އުޅެނީ 39.6 އިންސައްތަ ދަށުގައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 393,528 ފަތުރުވެރިން ވަނީ އައިސްފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި 382,775 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، 2019 ވަނަ އަހަރުގެ މިމުއްދަތުގައި 651,506 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން، ފެބްރުއަރީ މަހު 96,882 ފަތުރުވެރިން، މާޗު މަހު 109,585 ފަތުރުވެރިން އަދި އޭޕްރިލް މަހު 91,200 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މާޗު މަހަކީ ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރުގެ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލިފަހުން ފުރަތަމަ ފަހަރަށް އެއް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި މެހެވެ. މެއި މަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް އައިސްފައި ވަނީ 3,758 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު ދުވާލެއްގެ މައްޗަށް 3,252 ފަތުރުވެރިން އަންނަކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ އާންމުގޮތެއްގައި 9 ދުވަހެވެ. އަދި މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް މާކެޓަކީ އިންޑިއާ، ރަޝިއާ، ޔޫކްރެއިން އަދި ޖަރުމަނުވިލާތާއި ކަޒަކްސްތާނެވެ.

ފާއިތުވި 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު އަމާޒުހިފާފައި ވަނީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު