Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް

ސެލެބްރިޓީ ރޭސް- ފަންނާނުން ބުނަނީ މިޒާޖުގައި ނެތް ކަންކަން ފެނިދާނެކަމަށް!

ގްރޭންޑް ޕްރައިޒް ގޮތުގައި ޖީއެން ސައިކަލަކާއި، ސްކޫޕީ ސައިކަލެއް ލިބޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މެއި 2021 | އާދީއްތަ 08:11
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ޝޫޓިންގ ގެ ތެރެއިން

ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ޝޫޓިންގ ގެ ތެރެއިން

މިއަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށް ރާއްޖެޓީވީން ގެނެސްދެމުންދާ ރިއަލިޓީ ޝޯވ "ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް" ގެ 3 ވަނަ އެޕިސޯޑު ބެލި މީހުންގެ އަދަދު ލައްކައަކަށްވުރެ މަތިވެއްޖެއެވެ.

ސެލެބްރިޓީ ރޭސްއަކީ ސަރވައިވަލް ޝޯއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ޝޯވ އެވެ. އެގޮތުން މި ޝޯވ ގެ 3 ވަނަ އެޕިސޯޑު ހަމައެކަނި ފޭސްބުކްއިން ވެސް ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، ޓްވިޓަރ އަދި ޓީވީ މެދުވެރިކޮށް ވެސް މި ޝޯވް ގިނަ ބަޔަކު ބަލާފައިވެއެވެ. ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެރޭ 11:00 ގައި ރާއްޖެޓީވީން ގެނެސްދޭ މި ޝޯވ އަކީ ސަރވައިވަލްގެ އިތުރުން، ވަރުގަދަ ފިޒިކަލް ޗެލެންޖުތަކެއް ވެސް ހިމަނައިގެން ކުރިއަށްގެންދާ ޝޯވ އެކެވެ.

ދ. އަތޮޅުގެ 11 ފަޅު ރަށެއްގައި ޝޫޓުކޮށްފައިވާ މި ޝޯވް އިން ރާއްޖޭގެ މަޝްހޫރު ފިލްމީ ފަންނާނުންގެ އާދަޔާ ޚިލާފު މޮޅު ހުނަރުތަކެއް ދަނީ ފެންނަމުންނެވެ. މިގޮތުން ފިލްމީ ދާއިރާގެ ދުވަސްވީ ފަންނާނުންނާއެކު، މިފަހުން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓިކްޓޮކް ތަރިން ގޮތުގައި ބެލެވޭ އާޝާ އަދި ޝިފާ ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ފިލްމީ ދާއިރާއަށް އާ ފަންނާނުންނެއް ކަމަކު ތަޖުރިބާކާރު ތަރިންނާއެކު މި ޝޯވް ގައި ހިމެނޭ ފިޒިކަލް ގޭމް ތަކުގައި އެމީހުންގެ ކުޅަދާނަކަމާއި ހުނަރު ދަނީ ސާބިތުކޮށްދެމުންނެވެ.

ސެލެބްރިޓީ ރޭސްގެ އެންމެ ފަހުން ދެއްކި އެޕިސޯޑާ ގުޅިގެން ބައެއް ފަރާތްތަކުން މި ޝޯވް ގައި ހަރަކާތްތެރިވާ ޝިފާއަށް ފާޑުކިއުން އަމާޒު ކުރަމުންދާއިރު، ޝިފާ ވަނީ އެންމެ ފަހުން ގެނެސްދިން އެޕިސޯޑުގައި ވެސް އާދަޔާޚިލާފު މޮޅު ހުނަރުތަކެއް ދައްކައި، އެ އެޕިސޯޑުގެ އެންމެ އުނދަގޫ ޓާސްކް ވެސް ފުރިހަމަކޮށްފައެވެ. ޝިފާއަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކާ ގުޅޭގޮތުން ޝޯވ ގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން ބުނީ، މިއީ ފިލްމީތަރިން ހަރަކާތްތެރިވާ ޝޯވ އެއް ކަމުން، މި ޝޯވް ޝައުޤުވެރި ޝޯވއަކަށް ހެދުމަށްޓަކައި ބައެއް ފަހަރު މިޒާޖުގައި ނުހުންނަ ކަންކަން ވެސް ތަރިންގެ ފުށުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޝިފާއާއި އާޝާގެ އިތުރުން، މި ޝޯގައި ބައިވެރިވާ ފަންނާނުންނަކީ، މުހައްމަދު މަނިކު، ޖުމާ، ޝެރާ، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އީސާ (އާނަންދު)، އަދި ޖާދުﷲއެވެ.

މި ޝޯ ހުށަހަޅައިދެނީ މަޝްހޫރު ފިލްމީތަރި އަލީ ސީޒަންއާއި، ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރް ސަލީމެވެ.

ރާއްޖެޓީވީ އާއި އެސް ޕްރޮޑަކްޝަންއާ ގުޅިގެން ކުރިއަށް ގެންދާ މި ޝޯގެ ހަތަރު ވަނަ އެޕިސޯޑުގެ ޓްރެއިލަރ މިހާރު އާންމުކޮށްފައިވާއިރު، ޓްރެއިލަރ އާންމުކުރިތާ ގަޑިއެއްހާ އިރުގެ ތެރޭގައި 10،000ށް ވުރެ ގިނަ މީހުން ޓްރެއިލަރ ބަލާފައިވެއެވެ. ޝޯވ ގައި ހަރަކާތްތެރިވާ ފަންނާނަކު ގެއްލިގެން ސިފައިންގެ ސްޕެޝަލް ފޯސްގެ ޓީމެއް ޙަރަކާތްތެރިވާ މަންޒަރު މި ޓްރެއިލަރ އިން ފެނެއެވެ. މި އެޕިސޯޑު ގެނެސްދޭނީ 6 މެއި ވާ ބުރާސްފަތި ދުވަހުގެރޭ 11:00 ގައެވެ.

މި ޝޯވް ގެ ޝޫޓިންގ ކުރިއަށް ދިޔައިރު، ޝޯވް ގައި ހަރަކާތްތެރިވި ފަރާތްތަކާއި ކްރޫއަށް ސޭފްޓީ އެންޑް ރެސްކިއު ސަޕޯޓު ދިނުމުގެ ގޮތުން އެމްއެންޑީއެފްގެ ޓީމަކުން ޝޫޓިންގ ކުރިއަށްދިޔަ ސަރަޙައްދުގައި ވަނީ ބޮޑު ހަރަކާތެއް ހިންގައިދީފައެވެ. ފިލްމީތަރި އަލީ ސީޒަނާއި، ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް ޑައިރެކްޓް ކޮށްފައިވާ މި ޝޯވް ގައި ކުރިއަށް ދެން އޮތީ ފައިނަލް ޝޯވ އާ އެކު ދެ އެޕިސޯޑެވެ.

މި ޝޯވ އިން އެއްވަނައަށް އަންނަ ޓީމަކަށް ގްރޭންޑް ޕްރައިޒް ގޮތުގައި ޖީއެން ސައިކަލަކާއި، ސްކޫޕީ ސައިކަލެއް ހުށަހަޅާފައިވެއެވެ. ކޮންމެއަކަސް ރާއްޖޭގައި މިހާތަނަށް ހެލިކޮޕްޓަރ ބޭނުންކޮށްގެން އުފެއްދި އެންމެ ބޮޑު ރިއަލިޓީ ޝޯވ އަށް ބެލުންތެރިންގެ އާދަޔާ ޚިލާފު ތަރުހީބެއް ދަނީ ލިބެމުންނެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2018

ކުންފުނިތަކުން ފިޔަވަޅު އަޅާނަމޭ ބުނަނީ ފިޔަވަޅު އެޅުމުގެ ޤާނޫނީ ބާރު ނެތީމަ:ހަސީން

13 ޖޫން 2018
ކުންފުނިތަކުން ފިޔަވަޅު އަޅާނަމޭ ބުނަނީ ފިޔަވަޅު އެޅުމުގެ ޤާނޫނީ ބާރު ނެތީމަ:ހަސީން
19 ޑިސެމްބަރު 2017

އަނަސް މަރާލި މައްސަލައިގައި ދައުވާ ލިބޭ ބައެއް މީހުން ބުނަނީ އޭރު މާލޭގައި ވެސް ނޫޅޭ ކަމަށް؟!

19 ޑިސެމްބަރު 2017
އަނަސް މަރާލި މައްސަލައިގައި ދައުވާ ލިބޭ ބައެއް މީހުން ބުނަނީ އޭރު މާލޭގައި ވެސް ނޫޅޭ ކަމަށް؟!
28 ނޮވެމްބަރު 2017

"ރާއްޖެޓީވީ ނައިޓް"ގެ ބައެއް ސްޕޮންސަރުންނާއި އަދި ފަންނާނުންނާއެކު ސޮއި ކޮށްފި

28 ނޮވެމްބަރު 2017
"ރާއްޖެޓީވީ ނައިޓް"ގެ ބައެއް ސްޕޮންސަރުންނާއި އަދި ފަންނާނުންނާއެކު ސޮއި ކޮށްފި
20 ނޮވެމްބަރު 2017

"ރާއްޖެޓީވީ ނައިޓް"ގެ ބައެއް ފަންނާނުންނާ އެކު ސޮއިކޮށްފި

20 ނޮވެމްބަރު 2017
"ރާއްޖެޓީވީ ނައިޓް"ގެ ބައެއް ފަންނާނުންނާ އެކު ސޮއިކޮށްފި
26 އޮކްޓޯބަރު 2017

އިނގިރޭސިވިލާތުން ޑިފެންސް މިނިސްޓްރީއަށް އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަންގެ އަށް މެޝިން ހަދިޔާކޮށްފި

26 އޮކްޓޯބަރު 2017
އިނގިރޭސިވިލާތުން ޑިފެންސް މިނިސްޓްރީއަށް އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަންގެ އަށް މެޝިން ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު