Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ރެއާލުން އެތުލެޓިކޯގެ ފަހަތުގައި ވިއްދާފައި

އެލްޗޭއާ އަތުން އެތުލެޓިކޯ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 1 މެއި 2021 | ހޮނިހިރު 22:26
ރެއާލާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން

ރެއާލާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ އޮސަސޫނާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ރެއާލުގެ އެޑެން ހަޒާޑާއި ކަރިމް ބެންޒެމާ ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި އޮސަސޫނާގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން ރެއާލުން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އިސްކޯ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެޑާ މިލިޓާއޯއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައެވެ. ބެންޒެމާގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކަސެމީރޯއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް މޮޅިވިއިރު، ރަށުން ބޭރުގައި ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ އެލްޗޭއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން އެތުލެޓިކޯއިން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ. އެކަމަކު މެޗުގެ 23 ވަނަ މިނެޓުގައި މާކޮސް ޔޮރެންޓޭ ވަނީ ލަނޑެއް ޖަހައި، އެތުލެޓިކޯއަށް ލީޑު ނަގައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފަހު މިނެޓުގައި އެލްޗޭއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ފިޑެލް ޗަވެސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މި ނަތީޖާއާއެކު އެތުލެޓިކޯ އެއްވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން އެ ޓީމަށް ކުޅުނު 34 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަަނައިގައި ބާސެލޯނާ އޮތީ 33 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކްލަބް ވޯލްޑް ކަޕް: އަލް އައިން ބަލިކޮށް ރެއާލުން ޗެމްޕިއަންކަން ހޯދައިފި

ކްލަބް ވޯލްޑް ކަޕް: އަލް އައިން ބަލިކޮށް ރެއާލުން ޗެމްޕިއަންކަން ހޯދައިފި

23 ޑިސެމްބަރު 2018
ރަޝްފޯޑް ހޯދުމަށް ރެއާލުން މަސައްކަތް ކުރަނީ!

ރަޝްފޯޑް ހޯދުމަށް ރެއާލުން މަސައްކަތް ކުރަނީ!

22 ނޮވެމްބަރު 2018
ސަންޗޭޒް ހޯދުމަށް ރެއާލުން މަސައްކަތް ކުރަނީ

ސަންޗޭޒް ހޯދުމަށް ރެއާލުން މަސައްކަތް ކުރަނީ

13 ނޮވެމްބަރު 2018
އެސެންސިއޯ ދިނުމަށް ފަހު ހަޒާޑް ހޯދަން ރެއާލުން މަސައްކަތް ކުރަނީ!

އެސެންސިއޯ ދިނުމަށް ފަހު ހަޒާޑް ހޯދަން ރެއާލުން މަސައްކަތް ކުރަނީ!

05 ނޮވެމްބަރު 2018
ރެއާލުން އިބްރަހަމޮވިޗަށް ފާރަލަނީ!

ރެއާލުން އިބްރަހަމޮވިޗަށް ފާރަލަނީ!

22 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު