Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަވާނީގެ އެއްބަސްވުން އާކުރުން

ޔުނައިޓެޑުގެ އެއްބަސްވުން ކަވާނީ އާކުރަނީ

1 މެއި 2021 | ހޮނިހިރު 12:39

ޔުނައިޓެޑުގައި ކަވާނީ މަޑުކުރުވަން ބޭނުންވާ ކަމަށް ސޯލްޝެއާ ބުނި

އަތޫފް އާތިފް
އަތޫފް އާތިފް | 1 މެއި 2021 | ހޮނިހިރު 12:39
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ

މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން އިތުރު އަހަރަކަށް އާކުރުމަށް އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އުމުރުން 34 އަހަރުގެ ކަވާނީ ޔުނައިޓެޑާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެ ފަހަރު ކަވާނީ ވަނީ ޔުނައިޓެޑާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެކަމަކު އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.

އެހެން ނަމަވެސް ދާދި ފަހުން ކަވާނީގެ ބައްޕަ ލުއިސް ވަނީ ކަވާނީ އިންގްލެންޑުގައި ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި އޭނާ ހުރީ ދެކުނު އެމެރިކާއަށް އަންނަން ބޭނުންވެފައި ކަމަށް ބުނެފައެވެ. އެއާއެކު އުރުގުއޭ އާއި އާޖެންޓީނާގެ މީޑިއާތަކުން ވަނީ ކަވާނީ އާޖެންޓީނާގެ ބޮކަ ޖޫނިއާސްއަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ކަވާނީގެ އެއްބަސްވުން އާކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އޭނާ ބުނީ ކަވާނީއަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި ޔުނައިޓެޑާއެކު އޭނާއަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އެގޮތުން ކަވާނީއަކީ އިތުބާރުކުރެވޭ ފެންވަރު ރަނގަޅު ކުޅުންތެރިއެއް ކަމުން ދިގު މުއްދަކަށް ކަވާނީ އެ ޓީމުގައި މަޑުކުރަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

ޔުނައިޓެޑުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ކަވާނީ ހިމެނޭއިރު އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 33 މެޗުގައި 12 ލަނޑު ޖަހާފައެވެ. މީގެ ކުރިން ކަވާނީ ވަނީ ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ކަވާނީ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ހަ ފަހަރު ހޯދާފައެވެ. އަދި ވަނީ އެ ކުލަބާއެކު ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ފްރެންޗް ލީގު ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
12 ޖޫން 2017

ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ

12 ޖޫން 2017
ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
19 މެއި 2017

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

19 މެއި 2017
ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް