Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގެއްލުނު ސަބްމެރިން

53 ފަޅުވެރިންނާއެކު ފެތުނު ސަބްމެރިން ނަގާނެކަމަށް ބުނެފި

ވަކިއެއްޗެއް ނުބުނެ މަޑުކޮށްގެންތިބީ ބޭނުންވާ އެހީތެރިކަން ލިބެންދެން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 1 މެއި 2021 | ހޮނިހިރު 08:03
މަރުވި 53 ފަޅުވެރީންގެ އާއިލާތަކުން ސަބްމެރިން ގެނބުނު ސަރަހައްދަށް މާމެލާމެލި އަޅަނީ

މަރުވި 53 ފަޅުވެރީންގެ އާއިލާތަކުން ސަބްމެރިން ގެނބުނު ސަރަހައްދަށް މާމެލާމެލި އަޅަނީ

އިންޑޮނީޝިއާގެ ބާލީގެ އައްސޭރިއަށް 53 މީހުނާއެކު ފެތުނު ސަބްމެރިން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ކޭއާރްއައި ނަންގަލަ 402 ނަމަކަށް ކިޔާ ސަބްމެރީން ގެއްލިފައިވަނީ  ހުސްވި އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. ސަބްމެރީނާ ގުޅުން ކެނޑުނީ ކަނޑު އަޑީގައި މިސައިލުގެ ތަމްރީނެއް ކުރިއަށް ގެންދަނިކޮށް ކަމަށް އިންޑޮނީޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

އެއަށްފަހު ސަބްމެރިން ހޯދުމަށް ކުރެވުނު މަސައްކަތުން އެނގުނީ އުޅަނދު ތިންބުރިއަށް ބުރިވެ ކަނޑުގެ އެންމެ އަޑިއަށް ގެނބިފައިވާކަމެވެ.

ސަބްމެރިންގެ ބައިތައް ފެނުނު ފަހުން މިހާތަނާ ޖެހެންދެން ސަބްމެރިން ނެގުމުގެ މަސައްކަތް ކުރާނެކަން އިންޑޮނީޝިއާއިން ޔަގީން ކޮށްދީފައެއް ނުވެއެވެ.

ސަބްމެރިން ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހުކުރު ދުވަހު ވަނީ ޔަގީންކޮށްދީފައެވެ. ކަނޑުގެ ސިފައިން ބުނީ ވަކިއެއްޗެއް ނުބުނެ މަޑުކޮށްގެންތިބީ ފުންކަނޑުގެ އަޑިން ތަކެތި ނެގުމުގެ ގާބިލުކަން ލިބިފައިވާ ޗައިނާގެ އުޅަނދެއް ހިމެނޭހެން ދެ މަނަވަރެއްގެ އިންތިޒާރުގައި ކަމަށެވެ.

އަޑީގައި އޮތް ސަބްމެރިންގެ ބައިތައް ނަގާނީ ކިހިނެއް ކޮން ވަގުތަކު ކަމެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ބޭނުންވާ އެހީ ލިބުނުހާ އަވަހަށް އެކަން ހާމަކުރާނެ ކަމަށް ބުނެއެވެ.

ސަބްމެރީން ހޯދުމަށް ހެދި ސްކޭންތައް ދައްކާގޮތުން ސަބްމެރިން ވަނީ 850 މީޓަރު (2788 ފޫޓު) އަޑިއަށް ގޮސްފައެވެ. އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ޗީފް އޮފިސަރު ޔުޑޯ މަރްގޯނޯ ވިދާޅުވީ ސަބްމެރީނުގައި ތިބި 53 މީހުންގެ ހަށިތައް ވާނީ އޭގެ ތެރޭގައި ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ހާދިސާގައި މަރުވި 53 ފަޅުވެރީންގެ އާއިލާތަކުން ވަނީ ވަދާއީ އިހުތިރާމު އަދާކުރުމުގެ ގޮތުން ސަބްމެރިން ގެނބުނު ސަރަހައްދަށް މާމެލާމެލި އަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ސަބްމެރިންއެއް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަދެފި

އެމެރިކާގެ ސަބްމެރިންއެއް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަދެފި

25 އެޕްރީލު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

18 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު