Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

އިންޑިޔާގައި ކޮވިޑް ކޭސްތައް ޕީކަށް ދާނެކަމަށް ބެލެވެނީ އަންނަ ހަފްތާގައި

ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ރިޕޯޓްކުރަމުންދާ އަދަދަށްވުރެ 50 ގުނަ އިތުރުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މެއި 2021 | ހޮނިހިރު 03:19
ނިއުދިއްލީގެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލި މީހަކަށް ފަރުވާދެނީ

ނިއުދިއްލީގެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލި މީހަކަށް ފަރުވާދެނީ

އިންޑިޔާގައި މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު ކޭސްތައް ޕީކަށް ދާނެކަމަށް ބެލެވެނީ މެއި މަހުގެ 3 އާއި 5 އާ ދޭތެރޭގައި ކަމަށް އެގައުމުގެ ސަރުކާރަށް ލަފާދޭ ސައިންސްވެރިން ބުނެފިއެވެ.

ކުރިން އަންދާޒާކުރި ވަރަށް ވުރެ އަވަހަށް ޕީކަށްދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އެއީ ކުރިން ހީކުރި ވަރަށް ވުރެ ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާތީއެވެ. އިންޑިޔާ ސަރުކާރަށް ކޮވިޑް-19ގެ ކަންތަކުގައި ލަފާދޭ ސައިންސްވެރިންގެ ޓީމުން އަންނަނީ އެގައުމުގެ ކޮވިޑްގެ ހާލަތުގެ މައްޗަށް މޮޑެލް އެއް ތައްޔާރުކޮށް ދިރާސާކުރަމުންނެވެ.

ދުނިޔޭގެ ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި ފާއިތުވި 9 ދުވަހު ޖެހިޖެހިގެން ވަނީ ދުވާލެއްގެ މައްޗަށް ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ. ކޮންމެ ދުވަހަކު އަންނަނީ ރިކޯޑެއް ހަދަމުންނެވެ.

ކޮވިޑްގެ ސަރޖްގެ ސަބަބުން ސަރުކާރަށް މަޖުބޫރުވެރިފައިވަނީ އޮކްސިޖަނާއި، ބޭހާއި ސިއްހީ އެހެނިހެން ސާމާނުގެ އެހީތެރިކަމަށް އެހެން ގައުމުތަކުގެ ކިބައިން އެދޭށެވެ.

އިންޑިޔާގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ރޮއިޓަރސް އާ ވާހަކަދައްކަވަމުން ސަރުކާރަށް ލަފާދޭ ސައިންސްވެރިންގެ ގްރޫޕްގެ ހެޑް އެމް.ވިދްޔަސަގްރް ވިދާޅުވީ އެޓީމަށް ގަބޫލުކުރެވޭ ގޮތުގައި އިންޑިޔާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް ޕީކަށް ދާނީ އަންނަ ހަފްތާގައެވެ.

މިގްރޫޕުން އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރަށް ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނެފައިވަނީ ޕީކަށް ދާނެކަމަށް ބެލެވެނީ މެއި މަހުގެ 5 އާއި 10އާ ދެމެދުކަމަށް ވިދްޔަސަގްރް ވިދާޅުވިއެވެ.

ޕްރެޒެންޓޭޝަންގައި ބޮޑަށް އަލިއަޅުވާލީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ގާއިމުކުރާ ތަންތަނާއި އެހެނިހެން ކަންކަން ޖުލައި މަހާއި އޮގަސްޓް މަހު ކުރުމަށް ރާވާފައިވާތީ އެކަން ބަދަލުކުރުމަށެވެ. އެއީ އޭރަށްވާއިރަށް މިހާރު އައިސްފައިމިވާ ކޮވިޑްގެ ދެ ވަނަ ރާޅު ނިމުމާ ހިސާބުގައިވާނެތީ ކަމަށް ވިދްޔަސަގްރް ވިދާޅުވިއެވެ.

އިންޑިޔާއަށް އައި ކޮވިޑްގެ ފުރަތަމަ ރާޅުގެ ޕީކު އައިސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ މެދުތެރޭގައެވެ. އޭރު ދުވާލެއްގެ މައްޗަށް ފެނިފައިވަނީ 97،894 ކޭހެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތަކަކީ އޭގެ ތިން ގުނައެވެ. އިންޑިޔާގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 18 މިލިއަނަށް އަރާފައެވެ. މަރުވެފައިވާ މީހުންގެ އަދަދު ވަނީ ދެ ލައްކައަށްވުރެ މަތިވެފައެވެ.

ވިދްޔަސަގްރް ވިދާޅުވީ އަސްލު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ރިޕޯޓްކުރަމުންދާ އަދަދަށްވުރެ 50 ގުނަ އިތުރުވާނެއެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެތައް ބަޔަކާއި ކޮންޓެކްޓްވެފައިވާ މީހުން ތިބިއިރު އެމީހުންގެ ފުށުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަމުންނުދާތީ އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2020

ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު 78,572 އަށް، މަރުވި މީހުންގެ އަދަދު 2,458 އަށް

23 ފެބުރުއަރީ 2020
ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު 78,572 އަށް، މަރުވި މީހުންގެ އަދަދު 2,458 އަށް
20 ފެބުރުއަރީ 2020

އުތުރު ކޮރެއާއިން ކޮވިޑް-19 ފެނިއްޖެނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވާނެ: ސިއްޙީ ތަޖުރިބާކާރުން

20 ފެބުރުއަރީ 2020
އުތުރު ކޮރެއާއިން ކޮވިޑް-19 ފެނިއްޖެނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވާނެ: ސިއްޙީ ތަޖުރިބާކާރުން
18 ފެބުރުއަރީ 2020

ކޮވިޑް-19: ވޫހާން ހޮސްޕިޓަލުގެ އިސްވެރިޔާ މަރުވި ކަމަށް ބުނާ ހަބަރު ދޮގުކޮށްފި

18 ފެބުރުއަރީ 2020
ކޮވިޑް-19: ވޫހާން ހޮސްޕިޓަލުގެ އިސްވެރިޔާ މަރުވި ކަމަށް ބުނާ ހަބަރު ދޮގުކޮށްފި
24 ޑިސެމްބަރު 2019

މުޒާހަރާ ތަކާއި ގުޅިގެން ސަލާމަތީ ކަންކަން އިންޑިޔާގައި ވަރުގަދަކޮށްފި

24 ޑިސެމްބަރު 2019
މުޒާހަރާ ތަކާއި ގުޅިގެން ސަލާމަތީ ކަންކަން އިންޑިޔާގައި ވަރުގަދަކޮށްފި
24 ޑިސެމްބަރު 2019

އިންޑިޔާގައި ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިވި ޖަރުމަނުގެ ކިޔަވާ ކުއްޖަކު އެގައުމު ދޫކޮށްދާން އަންގައިފި

24 ޑިސެމްބަރު 2019
އިންޑިޔާގައި ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިވި ޖަރުމަނުގެ ކިޔަވާ ކުއްޖަކު އެގައުމު ދޫކޮށްދާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު