Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް ކޮންޓްރޯލް ކުރުން

މަގޭ ރިޕޯޓް: ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކާއި މީހުން ރުއްސުން

ކޮވިޑް-19 އަންނަނީ ހަލުވި ކަމާއެކު މިޔުޓޭޓް ވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 29 އެޕްރީލު 2021 | ބުރާސްފަތި 23:58
ކާފިއު އިއުލާނުކޮށް ފުލުހުން މަގުތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ

ކާފިއު އިއުލާނުކޮށް ފުލުހުން މަގުތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ

ކޮވިޑް-19 އަކީ ހަމަ ހަގީގަތުގައިވެސް ވަރަށް ފާޑެއްގެ ވައިރަހެކެވެ. މުޅި ދުނިޔެ އާލަމީ މިވަބާގެ ތެރޭގައި އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ވައިރަހުގެ ކިބައިން ސަލާމަތް ވެވޭނެ ގޮތެއް ނުވެއެވެ.

ކޮވިޑާއެކު އިންސާނުންގެ ދިރިއުޅުން ކުޑަ އަލިފާންފޮއްޓެއްގެ ތެރެއަށް ފިޓްކުރަން ޖެހުމާއި އެތައް ބަޔެއްގެ ފުރާނަ ގެއްލެމުން ދިޔުމާއި ކުރިމަތިވަމުންދިޔަ އިޖުތިމާއީ، އިގްތިސާދީ މައްސަލަތަކާ ހެދި ދުނިޔެ އަވަސްވީ މި ވައިރަހަށް ވެކްސިނެއް އުފެއްދުމަށެވެ. އާންމުކޮށް ވެކްސިނެއް އުފައްދުމަށް ހޭދަވާ މުއްދަތު ކުރުގަޅުވާލުމަށްފަހު މިދިޔަ އަހަރު ނިމެންވީއިރު ވެކްސިނެއް އުފައްދައިފިއެވެ.

މިހާރު ދުނިޔެ މަސައްކަތް ކުރަމުން ދަނީ ވީއެންމެ އަވަހަކަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީ މިކަމުން އަރައިގަތުމަށެވެ. ހާރޑް އިމިޔުނިޓީ ހޯދުމަށެވެ. އެހެންނަމަވެސް ވައިރަސް އެއަށްވުރެެ ވިސްނުން ރަނގަޅެވެ. ނުވަތަ ވައިރަހަށް އެފުރުސަތު އިންސާނުން އަންނަނީ އެމީހުންގެ އަމަލުތަކުގެ ޒަރީއާއިން ފޯރުކޮށްދެމުންނެވެ.

ކޮވިޑް-19 ވައިރަހަކީ އެއަށް ސަމާލުކަން ދޭންޖެހޭ ވަރަށް ސަމާލުކަން ނުދީފިނަމަ ފިސާރި އަވަހަށް ފެތުރިގަންނަ ވައިރަހެކެވެ. އެވާހަކަ ދެން ދައްކާކަށް ނުވެސްޖެހޭތާއެވެ. އެއީ އެންމެންނަށް އެނގޭ ކަމެކެވެ.

އަނެއްކޮޅުން އާންމުކޮށް ވައިރަސް މިޔުޓޭޓް ވަމުންދާ ގޮތަށް ކޮވިޑް-19ވެސް އަންނަނީ ހަލުވިކަމާއެކު މިޔުޓޭޓްވެ އައު ވޭރިއަންޓްތައް އުފައްދަމުންނެވެ.

އާބާދީ ބޮޑު، މީހުން ތޮއްޖެހިގެން އުޅޭ ސަރަހައްދުތަކުގައި މިވައިރަހަށް ސަމާލުކަން ނުދޭނަމަ ފަސޭހަކަމާއެކު އަންނަނީ މިޔުޓޭޓްވެ ވޭރިއަންޓްތައް އުފައްދަމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ވެކްސިން ޖަހަމުންދިޔަ ނަމަވެސް މިކަމަށް އަދި ހައްލެއް ނެތެވެ. ސަބަބަކީ ވެކްސިން ޖަހައިގެން އެކަނި މިކަމަށް ހައްލު ނެތީމައެވެ.

މިއަށްވުރެ މިވާހަކަ ތިލަ ކޮށްލަމާހެއްޔެވެ؟ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ހިސާބުން ފަށައިގެން ސިއްހީ ފަރާތްތަކުން އަބަދުމެ ދައްކަމުން އަންނަ ވާހަކައެއް އޮވެއެވެ. ގިނަގިނައިން އަތް ދޮންނާށެވެ. ބޭރަށް ނިކުންނަނަމަ މާސްކު އަޅާށެވެ. ގައިދުރުކަން ބަހައްޓާށެވެ. އަތް ސެނެޓައިޒް ކުރާށެވެ. ތިމާ އާއި ތިމާގެ ވަށައިގެންވާ މީހުން މިކަމުން ސަލާމަތްވާނީ އޭރުންނެވެ.

ވައިރަހުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކަށް އޭގެ އަހަރެއް ފަހުންވެސް އަދިވެސް ބަދަލެއް ނާދެއެވެ. ވައިރަސް އަދިވެސް އުޅެއެވެ. ހަލުވިކަމާއެކު ދަނީ މިޔުޓޭޓް ވަމުންނެވެ. ފެތުރެމުންނެވެ. އެހެންކަމުން ބޭހާއި ވެކްސިން ޖަހައިގެންވެސް މިކަމުން އަރައިގަނެވޭނީ މި ފިޔަވަޅުތަކަށް ސަމާލުކަން ދީގެން އެކަންކަން ކޮށްގެންނެވެ.

ވެކްސިން ޖަހަން ފެށީމާ އެއްްބަޔަކަށް ހީވީ މިކަން މިނިމެނީއެވެ. އެހެންނަމަވެސް އިރު އަރައިގެން އަންނަ ކޮންމެ ދުވަހަކާއެކު ދުނިޔެ ދައްކައިދެނީ އެމަންޒަރެއް ނޫނެވެ. ބޮޑެތި ގައުމުތަކަށް ކޮވިޑްގެ ދެ ވަނަ ރާޅާއި ތިން ވަނަ ރާޅު އަރައިގެން އަނެއްކާވެސް ލޮކްޑައުން ކުރަނީއެވެ. ނުވަތަ ފިޔަވަޅުތައް ވަރުގަދަ ކުރަނީއެވެ. އެހެން ގޮތަކަށް ބުނާނަމަ އަނެއްކާވެސް އެއްކަލަ އަލިފާންފޮއްޓަށް ފިޓްވާން ޖެހެނީއެވެ. އެއީ އެއްވެސް މީހަކަށް ފަސޭހަ ދިރިއުޅުމެއް ނޫނެވެ.

އިންސާނުން އުފައްދަވާފައިވާ ގޮތާއި ޒަމާނާ އެއްގޮތަށް އިންސާނުންގެ ދިރިއުޅުން ބައްޓަންކޮށްފައިވާ ގޮތާއި މުޅިން ޚިލާފަށް އެހެން އުޅޭކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. ކޮވިޑުގެ ރާޅުތައް ބިންދަމުންދާ ގައުމުތަކަށް ބަލާއިރު އެރާޅުތައް ބިންދާލާފައިވަނީ ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް މީހުން ސަމާލުކަންދޭ މިންވަރު ކުޑަކަމުންނެވެ. އެތަނެއްގެ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ ކަން ފަސޭހަކޮށްލުމުންނެވެ.

ގިނަފަހަރަށް ގައުމުތަކަށް އެހެން ހަދަން މަޖުބޫރުވެފައިވަނީ ސިޔާސީ އަދި އިގްތިސާދީ ސަބަބުތަކަށްޓަކައެވެ. ވިޔަފާރިވެރިން ރުއްސުމަށެވެ. ރައްޔިތުން ރުއްސުމަށެވެ. އެހެންވެގެން އަބަދުވެސް ޖެހެނީ ވައިރަސް ހަލުވިކަމާއެކު ދުއްވައިގަންނައިރަށް ދަގަނޑު ދަހަނާ އަޅައިގެން ނިކުންނާށެވެ. އެއާއެކު ވައިރަސް ދުވާ މިންވަރު މަޑުކޮށްލައެވެ. ދެން އިންސާނުން ހަތިޔާރުތައް ބަހައްޓައި ހިންދެމިލައެވެ.

ނަމަވެސް ވައިރަސް އޮންނަނީ ތަންވަޅު ބަލާ ދުއްވައިގަންނަން ތައްޔާރަށެވެ. ދިގުދެމިގެންދާ ހަނގުރާމައެއްގައި އިސްނާނުން އުޅެން ބޭނުންވާ ފަދައެވެ. ރާއްޖެއަށް ބަލާލާނަމަ އެހެން ގައުމުތަކެކޭ އެއްފަދައިން އެއްބަޔަކު ބޭނުންވަނީ ފިޔަވަޅުތައް ހަރުކަށި ކުރާށެވެ. ކާފިއު އިއުލާންކުރާށެވެ. ގިނަ މީހުންނަށް ތަންތަނަށް އެއްވެ ނޫޅެވޭ ގޮތް ހަދާށެވެ. ނަމަވެސް އަނެއް ބަޔަކަށް ކޮވިޑް މިހާރު އާންމުކަމަކަށް ވެއްޖެއެވެ. ކީއްކުރާ ފިޔަވަޅެއް ހެއްޔެވެ؟

ރާއްޖޭގެ ސިއްހީ މާހިރުން އަންދާޒާކުރި އަދަދުތަކާއި ކުރަހައިދިން މަންޒަރު ނުވެސް ފެނެއެވެ. ކޮވިޑަކީ އެއްބަޔަކަށް ޖޯކެކެވެ. ކަންކަން ނުވުމުގައި ދައްކާ ބަހަނާއެކެވެ. ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމެއްނެތެވެ. ހާލަތު ގޯސްވެފައި ރަނގަޅުވާނެއެވެ. މީގެކުރިންވެސް ވީއެހެންނެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތަކަށް ދިޔައީ ޖޯކު ޖަހަމުންނެވެ. ވަކި ގަޑިއެއްގައި ވަކިތާކު ފެތުރޭ އެއްޗެއްހޭ އެއްބަޔަކު ކިޔައެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ބޯމަތީގައި އޮތީ ވަރުގަދަ ކަޅު ވިލާގަނޑެއްކަން އެންމެންނަށް ކަހަލަ ގޮތަކަށް އެނގެއެވެ. މިއިން ދުވަހަކު ރަށްރަށުން ކޮވިޑް ގެ ކޭސްތައް ފެންނަމުން ނުދާ މިންވަރަށް އަންނަނީ ފެންނަމުންނެވެ. ދުވާލެއްގެ މައްޗަށް ކޮވިޑް ފެންނަ މިންވަރު ފުރަތަމަ ފަހަރަށް 400ށް ވުރެ މައްޗަށް އަރައިފިއެވެ. ދެތިން ދުވަހުގެ ތެރޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ހާހަކަށް އަރައެވެ.

އަވަށްޓެރި އިންޑިޔާއަކީ ދިވެހިން އެންމެ ގިނައިންދާ އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އެގައުމުގެ ހާލަތު ވަނީ އަތްނުފޯރާ ހިސާބުގައެވެ. އިންޑިޔާގެ ވޭރިއަންޓް ރާއްޖޭގައި ނޫޅޭނެކަމަށް ދުށުމަކީ މޮޔަ ކަމެކެވެ. އިންޑިޔާގެ ހާލަތު ގޯސްވަމުން ދިޔުމުގެ މައިގަނޑު ސަބަބަކަށް އިންޑިޔާ ވޭރިއަންޓް ނުވިނަމަވެސް އެ ވޭރިއަންޓަކީވެސް ފެތުރޭ މިންވަރު ހަލުވި ވޭރިއަންޓެކެވެ.

ކޭސްތައް އިތުރުވަމުން ދިޔުމާއެކު އެއްބަޔަކު ހަޅޭއްލަވަން ފެށީ މިއީ އިންތިޚާބަށް ދިން ލުއިތަކުގެ ނަތީޖާއެވެ. އޭގެކުރިންވެސް ބައެއް ފިޔަވަޅުތަކަށް ބޮޑެތި ލުއިތައް ދޭން ވަނީ ފަށާފައެވެ. ވަކި ބަޔަކު ރުއްސަން ކަމުގައިވީނަމަވެސް އެއްވެސް ހިފެހެއްޓުމެއްނެތި ފިޔަވަޅު ތަކަށް ލުއި ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ދެކޭ ބަޔަކުވެސް އުޅެއެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ފިޔަވަޅުތައް އަޅައިގެން އިގްތިސާދަށް ވަނީ ގެއްލުމެވެ. މިދިޔަ އަހަރުވެސް ހޭދަވީ މިހެންނެވެ. މިއަހަރުވެސް މިހެން ހޭދަކުރަންވީހެއްޔެވެ.

އެތައް ބަޔެއްގެ ވަޒީފާ ގެއްލި ލިބޭ އާމްދަނީއަށް ބޮޑު ތަނުން އަސަރުކޮށްފިއެވެ. ރާއްޖެ ކަހަލަ ބޭރު ގައުމުތަކަށް ބަރޯސާވެގެން އިގްތިސާދު ބިނާކޮށްފައިވާ ގައުމަކަށް ފިޔަވަޅުތައް އަޅައިގެން ބަލަހައްޓައިގެން ނުވެސް ތިބެވޭނެއެވެ.

ނަމަވެސް މީގައި ވިސްނާލަން ޖެހޭ ކަމަކީ ކޮވިޑް އައީ މީހުން ރުއްސާކަށް ނޫނެވެ. ތިމާ ހިތްރުހޭ ގޮތަކަށް އުޅެގެން ކޮވިޑް ކޮންޓްރޯލެއް ނުވާނެއެވެ. މިކަމުގައި ފަރުދީ ގޮތުން ނަގަން ޖެހޭ ޒިންމާތަކާއި ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ޒިންމާތަކެއް އޮވެއެވެ. ދެ ފަރާތް ހަމައަށް ފިޔަވަޅުތައް އަޅައިގެން ނޫންގޮތަކަށް މި ކޮންޓްރޯލް ކުރެވިފައިވާ އެއްވެސް ގައުމެއް އަދި ނެތެވެ.

އެހެންކަމުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ހިތް ރުއްސަން ނޫޅެމާ ބަހީއެވެ. ހުރިހާ އެންމެން ހިތްރުހޭ ގޮތަކަށް އެއްވެސް ކަމެއް ނުވެސް ވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

22 ސެޕްޓެމްބަރު 2018
ސަރުކާރުގެ މުވައްޒަފުން ބިރު ފަހަނައަޅާ ނިކުންނަންވީ ވަގުތަކީ މިއީ

ސަރުކާރުގެ މުވައްޒަފުން ބިރު ފަހަނައަޅާ ނިކުންނަންވީ ވަގުތަކީ މިއީ

03 ސެޕްޓެމްބަރު 2018
އިދިކޮޅު ކެންޑިޑޭޓް ކަނޑައަޅާނީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރަކުން ނޫނެވެ.

އިދިކޮޅު ކެންޑިޑޭޓް ކަނޑައަޅާނީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރަކުން ނޫނެވެ.

15 މެއި 2018
އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

19 މާރިޗު 2018
"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"

"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"

26 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު