Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

ކޮވިޑުގެ ރާޅަކާއެކު އިންޑިޔާއަށް އޮކްސިޖަނުގެ ދަތިކަން ކުރިމަތިވީ ކީއްވެ؟

ހާލަތު ދިމާވުމުގެ މާކުރިންވެސް ކަމާބެހޭ މާހިރުން ގެންދިޔައީ މެޑިކަލް އޮކްސިޖަން ލިބުމުގެ ދަތިކަން އުޅޭކަމުގެ އިންޒާރު ދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އެޕްރީލު 2021 | ބުރާސްފަތި 22:12
ކޮވިޑް-19 އަށް ފަރުވާދެމުންދާ ބަލި މީހަކަށް އޮކްސިޖަން ގުޅައިގެން އެމްބިޔުލާންސްގައި ގެންދަނީ

ކޮވިޑް-19 އަށް ފަރުވާދެމުންދާ ބަލި މީހަކަށް އޮކްސިޖަން ގުޅައިގެން އެމްބިޔުލާންސްގައި ގެންދަނީ

ކޮވިޑް-19ގެ ދެވަނަ ރާޅާއެކު މުޅި އިންޑިޔާ ވަނީ ނޭވާ ހޮޅިއަށް އެޅިފައެވެ. ދުނިޔޭގެ އާބާދީ ދެ ވަނައަށް އެންމެ ބޮޑު އިންޑިޔާއަށް ކޮވިޑްގެ ދެވަނަ ރާޅާއެކު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދިރިހުރުމަށް އެންމެ ބޭނުންވާ އޮކްސިޖަން ނުލިބުމުގެ މައްސަލައެވެ.

ޒަމާންތަކެއް ވަންދެން އަޅާނުލުމުގެ ސަބަބުން ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ދަށަށްގޮސްފައިވުމާއި ކޮވިޑް-19ގެ ބަލި މީހުންނަށް އެންމެ ބޭނުންވާ އޮކްސިޖަން ނުލިބުމާއެކު މުޅި އިންޑިޔާއަށް ވަނީ އިންސާނީ ކާރިސާ އަކާ ކުރިމަތިވެފައެވެ.

އޮކްސިޖަނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުން ދިޔުމާއި މެޑިކަލް ސާމާނު ވިއްކުމުގެ ކަޅު ބާޒާރެއް އޮތުމާއެކު ހާލަތު އަންނަނީ ހައްތާ ގޯސްވަމުންނެވެ.

އޮކްސިޖަނަކީ ކޮވިޑްގެ ބަލި މީހުން އެންމެ ހާލަތު ގޯސްވުމުން ދިރިހުރުމަށް އެންމެ މުހިންމު އެއްޗެވެ. ލޭގައި އޮކްސިޖަން ހުންނަ މިންވަރު ދަށްވުމާއެކު އިންސާނާގެ ފުރާނައަށް ގެއްލުންވެއެވެ.

ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ހަތަރު ބައިކުޅަ އެއް ބައި މީހުންނަށް އޮކްސިޖަން ތެރަޕީ ބޭނުންވެއެވެ. އަދި ކޮވިޑް ޖެހިގެން ހާލަތު ގޯސްވެގެން އައިސީޔޫތަކުގައި އެޑްމިޓްކުރާ މީހުންގެ ތިންބައިކުޅަ ދެބަޔަށް ވުރެ ގިނަ މީހުންނަށް އޮކްސިޖަން ތެރަޕީ ބޭނުންވެއެވެ.

އިންޑިޔާއަށް މި ހާލަތު ދިމާވުމުގެ މާކުރިންވެސް ކަމާބެހޭ މާހިރުން ގެންދިޔައީ މެޑިކަލް އޮކްސިޖަން ލިބުމުގެ ދަތިކަން އުޅޭކަމުގެ އިންޒާރު ދެމުންނެވެ.

އެހެންނަމަވެސް ސަރުކާރު ވަނީ މިކަމަށް އިންވެސްޓްކޮށް ކަމާގުޅޭ އިންފްރާސްޓަރަކްޗަރ ގާއިމުކުރުމުގައި ވަގުތު އޮވެމެ ފެއިލްވެފައި ކަމަށް ކަމާގުޅޭ މާހިރުން ބުނެއެވެ.

މިސުވާލުގެ އެންމެ ކުރު ޖަވާބަކީ އާނއެކޭއެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި 1.3 ބިލިއަން މީހުންގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް އިންޑިޔާއިން އަންނަނީ އޮކްސިޖަން އުފައްދަމުންނެވެ. ދުވާލަކު 7000 ޓަނު އަންނަނީ އުފައްދަމުންނެވެ. ނަމަވެސް މިއީ ބޮޑަށް އިންޑަސްޓްރިއަލް ބޭނުންތަކަށެވެ. އެހެންނަމަވެސް މިއިން ބައެއް މެޑިކަލް ބޭނުންތަކަށްވެސް ބޭނުންކުރެވެއެވެ.

އެހެންނަމަވެސް އުފައްދާ އޮކްސިޖަން އެއްތަނުން އަނެއްތަނަށް އުފުލުމާއި ރައްކާކޮށްފައި ބެހެއްޓުމުގައި މައްސަލަތަކެއް ވަނީ ދިމާވެފައެވެ. އެކަމުގައި ރަނގަޅު ނިޒާމެއް ގާއިމުކުރެވިފައިނެތެވެ.

އެންމެ ފުރަތަމަ ޖެހެނީ ލިކިޔުޑް އޮކްސިޖަން ވަކިކަހަލަ ޓޭންކެއްގައި ވަރަށް ދަށް ފިނިހޫނުމިނެއްގައި ބަހައްޓައިގެން ގެންދަންޖެހޭ ހިސާބަކަށް ގެންދާށެވެ. އެއަށްފަހު އެއޮކްސިޖަން ގޭހަށް ބަދަލުކުރުމަށްފަހު ސިލިންޑަރަށް އަޅަނީއެވެ.

އިންޑިޔާއަށް ކުރިމަތިވެފައިވަނީ ލިކިޔުޑް އޮކްސިޖަން އުފުލުމަށް ބޭނުންވާ ވަކި ޚާއްސަ ޓޭންކްތައް ނެތުމުގެ މައްސަލައެވެ. ޓޭންކްތަކަށް ލިކިޔުޑް އޮކްސިޖަން އެޅުމަށްފަހު އުފަލަން ޖެހެނީ އެއްގަމުގައެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ސަބަބުތަކަށްޓަކައި އެފަދަ އޮކްސިޖަން ވައިގެ މަގުން ނުއުފުލެއެވެ.

އިންޑިޔާގައި އޮކްސިޖަން އުފައްދާ ގިނަ ކުންފުނިތައް ހަރަކާތްތެރިވަނީ އެގައުމުގެ އުތުރުގައެވެ. ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވަނީ ވިޔަފާރީގެ މައި މަރުކަޒު ހިމެނޭ އިންޑިޔާގެ ހުޅަނގުގައި އޮންނަ މުމްބާއީ އާއި ވެރިރަށް ނިއު ދިއްލީގައެވެ.

އިންޑިޔާއަށް ދިމާވެފައިވާ އޮކްސިޖަންގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެގައުމުގައި މެޑިކަލް އޮކްސިޖަން ސަޕްލައި ކުރާ މައި އެއް ސަޕްލަޔަރު ކަމުގައިވާ އިނޮކްސް އެއަރ ޕްރޮޑަކްޓްސްގެ ހެޑް ވިދާޅުވީ އޮކްސިޖަން އުފައްދަމުން އަންނަ ސަރަހައްދުތަކުން އޮކްސިޖަން އެންމެ ބޭނުންވެފައިވާ ސަރަހައްދުތަކަށް ސަޕްލައިކުރުމަށް ސަޕްލައި ޗެއިނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު އިންޑިޔާގެ ގިނަ ހޮސްޕިޓަލްތަކުގައި ސިލިންޑަރުތަކަށް އޮކްސިޖަން އެޅޭނެ ޕްލާންޓެއް ގާއިމުކޮށްފައިނެތެވެ. ހޮސްޕިޓަލްތައް ބައްޓަންކޮށްފައި ހުރި ގޮތުންނާއި ކަމާބެހޭ މާހިރުން ނުތިބުމާއި ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ސަބަބުން އެފަދަ ޕްލާންޓްތަކެއް ގިނަ ހޮސްޕިޓަލްތަކުގައި ގާއިމުކޮށްފައެއްނެތެވެ.

މިދިޔަ އަހަރު އިންޑިޔާއިން ވަނީ ހޮސްޕިޓަލްތަކުގައި އެފަދަ އޮކްސިޖަން ޕްލާންޓްތައް ގާއިމުކުރުމަށް ޓެންޑަރަށް ހުޅުވާލާފައެވެ. ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އެޕްލޭނާ އެއްގޮތަށް މަސައްކަތެއް ކުރިޔަކަށް ނުދެއެވެ.

އިންޑިޔާ ސަރުކާރުން މިހާރު ވަނީ އޮކްސިޖަން އުފައްދާ ޕްލާންޓްތަކާއި ލިކިޔުޑް އޮކްސިޖަން އުފުލާ ޓޭންކްތައް އެގައުމަށް އެތެރެކުރަން ފަށާފައެވެ. އަދި 500ށް ވުރެ ގިނަ ޕްލާންޓް ހަދަމުން އަންނައިރު އެއްތަނުން އަނެއްތަނަށް ފަސޭހައިން އުފުލޭ އޮކްސިޖަން ކޮންސެންޓްރޭޓަރސް ގަންނަމުންނެވެ.

ސަރުކާރުން އިންޑަސްޓްރީތަކަށް އަންގަމުން އަންނަނީ ލިކިޔުޑް އޮކްސިޖަން ބޭނުން ނުކުރުމަށެވެ. އެންމެ ހާލަތު ގޯސް ސަރަހައްދުތަކަށް އޮކްސިޖަން ސަޕްލައިކުރުމަށް ޚާއްސަ ރޭލެއް އަންނަނީ ބޭނުންކުރަމުންނެވެ.

މީގެއިތުރުން އަސްކަރިއްޔާ އިން އަންނަނީ ޓޭންކްތަކާއި ބައިނަލްއަގުވާމީ އެކި ފަރާތްތަކުން އެގައުމަށްދޭ ސިއްހީ އާލާތްތައް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހަރަކާތްތެރިވަމުންނެވެ.

އިންޑިޔާއަށް މިވަގުތު އަންނަނީ އެކި ގައުމުތަކުން ލިކިޔުޑް އޮކްސިޖަނާއި ޓޭންކް އަދި ވެންޓިލޭޓަރު ފަދަ ކޮންމެހެން ބޭނުންވާ ސާމާނު ފޯރުކޮށްދެމުންނެވެ.

މިވަގުތަށް އެންމެ ބޭނުންވާ ސާމާނު ފޯރުކޮށްދެމުން ދިޔަނަމަވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސް ސަރަހައްދުތަކަށް އަދިވެސް ބޭނުންވާ މިންވަރަށް އޮކްސިޖަން ލިބެމުން ނުދެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހޮސްޕިޓަލްތަކުން އަންނަނީ ބަލި މީހުން އަމިއްލައަށް ސިލިންޑަރުގެ އިންތިޒާމު ހަމަޖެއްސުމަށް އެދެމުންނެވެ. އެތައް ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށްފަހު ބޭނުންވާވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން އަންނަނީ މަރުވަމުންނެވެ.

ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތައް އަންނަނީ ބަލި މީހުންގެ އާއިލާތަކުން ސިލިންޑަރާއި އޮކްސިޖަން ލިބޭނެ ގޮތެއް ހޯދައިދޭތޯ ކުރާ އާދޭސްތަކުން ފުރެމުންނެވެ.

އަނެއްކޮޅުން ސިލިންޑަރާއި އޮކްސިޖަން ބޮޑު އަގުގައި ވިއްކުމުގެ ކަޅު ބާޒާރު އަންނަނީ ފުޅާވަމުންނެވެ.

ސޭލްސް އެގްޒެކެޓިވް އެއްކަމުގައިވާ ޕްރަބާތު ކުމާރު އޭއެފްޕީ އާ ވާހަކަދައްކަމުން ބުނީ ސަރުކާރަށް ވަގުތު ލިބިފައިމެ މިހާލަތަށް ތައްޔާރުވުމުގެ ޕްލޭނެއް ނެތްކަމަށެވެ. މިހާލަތު އަތުވެދާނެ ކަމަށް ސަރުކާރުން ތައްޔާރުވިނަމަ ހޮސްޕިޓަލްގައި އެނދުނެތި އޮކްސިޖަން ނުލިބިގެން މި ހިސާބަށް ނުދާނެކަމަށް ޕްރަބާތު ބުންޏެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2020

އިންޑިޔާއަށް ފާއިތުވި 44 އަހަރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ އޮގަސްޓް މަހު

29 އޯގަސްޓު 2020
އިންޑިޔާއަށް ފާއިތުވި 44 އަހަރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ އޮގަސްޓް މަހު
14 އޯގަސްޓު 2020

ކޮވިޑުގެ ރިސްކް ކުޑަ ކުރުމަށް ސްޕެއިންގައި އާންމު ތަންތަނުގައި ސިނގިރޭޓު ބުއިން މަނާ

14 އޯގަސްޓު 2020
ކޮވިޑުގެ ރިސްކް ކުޑަ ކުރުމަށް ސްޕެއިންގައި އާންމު ތަންތަނުގައި ސިނގިރޭޓު ބުއިން މަނާ
03 އޯގަސްޓު 2020

ކޮވިޑުގެ ބިރު ކުޑަކުރުމަށް އިންޑިއާގެ ރެސްޓޯރެންޓަކުން ކޮވިޑް ރިހަ އަދި މާސްކް ނާން ފޯރުކޮށްދެނީ!

03 އޯގަސްޓު 2020
ކޮވިޑުގެ ބިރު ކުޑަކުރުމަށް އިންޑިއާގެ ރެސްޓޯރެންޓަކުން ކޮވިޑް ރިހަ އަދި މާސްކް ނާން ފޯރުކޮށްދެނީ!
03 އޯގަސްޓު 2020

ކޮވިޑުގެ ބަލިމަޑުކަމުން އަރައި ނުގަނެވި އުޅެނިކޮށް ލުބުންނާނުގެ ފޮރިން މިނިސްޓަރ އިސްތިއުފާ ދެއްވައިފި

03 އޯގަސްޓު 2020
ކޮވިޑުގެ ބަލިމަޑުކަމުން އަރައި ނުގަނެވި އުޅެނިކޮށް ލުބުންނާނުގެ ފޮރިން މިނިސްޓަރ އިސްތިއުފާ ދެއްވައިފި
28 ޖުލައި 2020

ތިން މަސް ދުވަސް ފަހުން ވިއެޓްނާމް އިން ކޮވިޑުގެ ކޭސްތަކެއް ފެނިއްޖެ

28 ޖުލައި 2020
ތިން މަސް ދުވަސް ފަހުން ވިއެޓްނާމް އިން ކޮވިޑުގެ ކޭސްތަކެއް ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު