Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާއަށް ބޯކޮށް ވާރޭވެހުން

އިންޑިޔާއަށް ފާއިތުވި 44 އަހަރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ އޮގަސްޓް މަހު

އޮގަސްޓްމަހުގެ 28 ވަނަ ދުވަހާ ހަމައަށް އޮގަސްޓްމަސް ތެރޭ 25 އިންސައްތަ އިތުރަށް ވަނީ ވާރޭ ވެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޯގަސްޓު 2020 | ހޮނިހިރު 12:57
އިންޑިޔާއަށް ބޯކޮށް ވާރޭވެހެމުންދާއިރު މީހުން މަގުމަތީގައި ހަރަކާތްތެރިވަނީ

އިންޑިޔާއަށް ބޯކޮށް ވާރޭވެހެމުންދާއިރު މީހުން މަގުމަތީގައި ހަރަކާތްތެރިވަނީ

އިންޑިޔާއަށް ފާއިތުވި 44 އަހަރު ދުވަހުގެ ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ އޮގަސްޓް މަހު ކަމަށް އެ ގައުމުގެ މީޓިއޮރޮލަޖިކަލް ޑިޕާޓްމަންޓުން ހާމަކޮށްފި އެވެ.

އޮގަސްޓްމަހުގެ 28 ވަނަ ދުވަހާ ހަމައަށް އޮގަސްޓް މަސް ތެރޭ 25 އިންސައްތަ އިތުރަށް ވަނީ ވާރޭ ވެހިފައެވެ. މިއަދަދާއެކު އެންމެ ފަހުން އޮގަސްޓަމަހު އެންމެ ގިނައިން ވާރޭވެހުނު އަހަރުކަމުގައިވާ 1983 ވަނަ އަހަރުގެ އަދަދުވެސް މިވަނީ ފަހަނަ އަޅާ ގޮސްފައެވެ. އެ އަހަރުގެ އޮގަސްޓް މަހު އިތުރަށް 23.8 އިންސައްތަ ވާރޭ ވަނީ ވެހިފައެވެ.

އިންޑިޔާގެ މީޓިއޮރޮލަޖިކަލް ޑިޕާޓްމަންޓްގެ ޑޭޓާތަކުން ދައްކާ ގޮތުގައި 1976 ވަނަ އަހަރުގެ އޮގަސްޓް މަހު 28.4 އިންސައްތަ އިތުރަށް ވާރޭ ވެހިފައެވެ. މިހާރު ވެސް އިންޑިޔާއަށް އާންމުކޮށް ވާރޭވެހޭ ނިސްބަތަށްވުރެ ނުވަ އިންސައްތަ އިތުރަށް ވަނީ ވާރޭވެހިފައެވެ. ބިހާރު، އަންދްރަ ޕްރެދޭޝް، ތެލަންގަނާ، ތަމިލް ނާޑޫ، ގުޖުރާތު އަދި ގޯއާ އަކީ އެންމެ ގިނައިން ވާރޭ ވެހިގެން ރިޕޯޓްކޮށްފައިވާ ތަންތަނެވެ. މިއާއެކު ގިނަ ސްޓޭޓްތަކެއްގައި ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައެވެ.

އިންޑިޔާއަށް އާންމު ގޮތެއްގައި ވާރޭވެހެނީ ޖޫން މަހުގެ 1ން ފެށިގެން ސެޕްޓެމްބަރ މަހުގެ 30 އާ ހަމައަށެވެ. ޖޫން މަހު 17 އިންސައްތަ އިތުރަށް ވާރޭވެހިފައިވާއިރު ޖުލައި މަހު ވަނީ 10 އިންސައްތަ މަދުން ވާރޭވެހިފައެވެ.

އެންމެ ގިނައިން ވާރޭ ވެހެނީ އޮގަސްޓް މަހާއި ސެޕްޓެމްބަރ މަހުއެވެ. އިންޑިޔާގެ މީޓިއޮރޮލަޖިކަލް ޑިޕާޓްމަންޓުން ހާމަ ކުރާ ގޮތުގައި އޮގަސްޓްމަހު 97 އިންސައްތަ ވާރޭ މި މުއްދަތުގެ ތެރޭގައި ވެހޭނެއެވެ. އާންމު ގޮތެއްގައި ގައުމަކަށް ވާރޭ ވެހޭ މޫސުމުގެ ދެ ވަނަ ހާފްގެ މުއްދަތުގައި ވާރޭވެހޭނީ 104 އިންސައްތައަށެވެ.

އިންޑިޔާއަށް 1961 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދު ވާރޭވެހިފައިވަނީ 88 ސެންޓި މީޓަރުގައެވެ. އާންމު މިންގަނޑެއްގެ ގޮތުގައި ފާހަގަކުރަނީ 96 އިންސައްތަ އާއި 104 އިންސައްތައާ ދެމެދެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2019

ފެނަށް ޖެހިފައި އޮތް ޗެންނާއީއަށް ވާރޭ ވެހިއްޖެ

20 ޖޫން 2019
ފެނަށް ޖެހިފައި އޮތް ޗެންނާއީއަށް ވާރޭ ވެހިއްޖެ
19 އޯގަސްޓު 2018

ކެރެލާގައި ފެންބޮޑުވުން: ވާރޭ ތުނިކޮށްލުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުޅާކޮށްފި

19 އޯގަސްޓު 2018
ކެރެލާގައި ފެންބޮޑުވުން: ވާރޭ ތުނިކޮށްލުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުޅާކޮށްފި
08 ޖުލައި 2018

ޖަޕާނަށް މިއިން ޒަމާނަކު މިވަރަކަށް ވާރޭ ނުވެހޭ: އޮފިޝަލުން

08 ޖުލައި 2018
ޖަޕާނަށް މިއިން ޒަމާނަކު މިވަރަކަށް ވާރޭ ނުވެހޭ: އޮފިޝަލުން
21 ފެބުރުއަރީ 2018

ފާއިތުވި 2 ދުވަހު ސޫރިޔާގައި 250 މީހުން މަރާލައިފި

21 ފެބުރުއަރީ 2018
ފާއިތުވި 2 ދުވަހު ސޫރިޔާގައި 250 މީހުން މަރާލައިފި
06 ނޮވެމްބަރު 2017

ވާރޭ ވެހޭހެން ސައުދީ އަރަބިއްޔާއިން ޔަމަނަށް ބޮން އަޅާލައިފި

06 ނޮވެމްބަރު 2017
ވާރޭ ވެހޭހެން ސައުދީ އަރަބިއްޔާއިން ޔަމަނަށް ބޮން އަޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު