Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުނިނުވާގޮތް ހަދާފައިވާ މާބަނޑު ގަބުރު

ކުނިނުވާގޮތް ހަދާފައިވާ މާބަނޑު ގަބުރެއް ފުރަތަމަ ފަހަރަށް ހޯދައިފި

ސައިންސްވެރިން ބުނަނީ މިއީ މިހާތަނަށް ހޯދުނު އެންމެ ޚާއްސަ އެންމެ ހައިރާންކުރަނިވި ހޯދުން ކަމަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 29 އެޕްރީލު 2021 | ބުރާސްފަތި 20:08
އަލަށް ހެދުނު ދިރާސާތައް ދައްކާގޮތުން ކުނިނުވާގޮތް ހަދާފައިވާ ގަބުރަކީ މާބަނޑު މީހެއް

އަލަށް ހެދުނު ދިރާސާތައް ދައްކާގޮތުން ކުނިނުވާގޮތް ހަދާފައިވާ ގަބުރަކީ މާބަނޑު މީހެއް

ކުނިނުވާގޮތް ހަދާފައިވާ މާބަނޑުމީހެއްގެ ގަބުރެއް، (މަމީއެއް) ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

މި ގަބުރަކީ ޕޮލެންޑްގެ ވޯސޯއަށް 1826 ވަނަ އަހަރު ގެންދެވުނު މިސްރުގެ ގަބުރެކެވެ. ގަބުރު ލާފައި އޮތް ސަންދޯކުގައި ލިޔެފައިވަނީ ފިރިހެން ފާދިރީއެއްގެ ނަމެވެ. އެހެން ކަމުން މިހާތަނަށް ބެލެވިފައި އޮތީ އެ ގަބުރަކީ ފިރިހެނެއްގެ ގަބުރު ކަމަށެވެ.

މި ގަބުރުގެ ދިރާސާތައް ކުރުމަށް ހެދުނު އެކްސްރޭތަކުން އެއީ މާބަނޑު އަންހެނެއްގެ ގަބުރުކަން އެނގުމުން ލިބުނީ ބޮޑު ހައިރާންކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އެންމެ ފުރަތަމަ އެމީހުން ހައިރާންވީ ސަންދޯކުގައި އޮތް ގަބުރުގެ ފިރިހެން ޖިންސީ ގުނަވަން ނެތުމުންނެވެ. އެހެންނަމަވެސް ހެދުނު ތްރީޑީ ސްކޭންތަކަށްފަހު ފާހަގަވީ އަންހެނެއްގެ އުރަމައްޗާއި ދިގު އިސްތަށިގަނޑެއް ގަބުރުގައި ހުރިކަމެވެ. އަދި ބަނޑުގައި އޮތް ދަރިފުޅުގެ ކުޑަކުޑަ ދެއަތާއި ދެފައި ފެނުމުން ދިރާސާކުރުމުގައި ހަރަކާތްތެރިވި މާހިރުން އަންތަރީސްވެގެން ދިޔައެވެ.  

ގަބުރާއި ބެހޭގޮތުން ކުރެވުނު ދިރާސާތަކާއި ބެހޭގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން މަރުވިއިރު މާބަނޑު މީހާގެ އުމުރަކީ 20 އަހަރެވެ. އަދި ބަނޑުގައި އޮތް ކުއްޖާގެ ބޮލުގެ ނާށިގަނޑުގެ ކުޑަބޮޑުމިނަށް ބެލުމުން ބަނޑަށް ފުރިފައިވަނީ 26، 27 ނުވަތަ 28 ހަފުތާ ކަމަށް ބެލެވޭކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި ރިޕޯޓަކީ މާބަނޑު ގަބުރު ހިމެނޭހެން ވޯސޯގެ ގައުމީ ދާރުލްއާސާރުގައި ހުރި ކުނިނުވާގޮތް ހަދާފައިވާ ގަބުރުތަކުގެ ތަހުލީލުތައް އެތައް އަހަރެއް ވަންދެން ކުރުމަށްފަހު އާންމުކޮށްފައިވާ ރިޕޯޓެކެވެ.

ތަހުލީލު ކުރުމުގައި ހަރަކާތްތެރިވި ސައިންސްވެރިންގެ ގުރޫޕުން ބުނީ މިއީ މިހާތަނަށް ހޯދުނު އެންމެ ޚާއްސަ އެންމެ ހައިރާންކުރަނިވި ހޯދުން ކަމަށެވެ. މީގެ ސަބަބުން މާބަނޑުވުމުގައި ދިމާވާ މައްސަލަތަކަށް ގަދީމީ ޒަމާނުގައި ކޮށްއުޅުނު ފަރުވާ ދެނެގަތުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު