Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާނުންނަށް އެއްވެ ތިބެވޭނެ މަރުކަޒެއް ހެދުން

'މަޖާކޮށް ހިތްއުފާކޮށްލަން ޒުވާނުން އެއްތަނަކަށް އެއްވުން' މާނަކުރަނީ ނުބައިކޮށް - އަހުމަދު އަބްދުﷲ

29 އެޕްރީލު 2021 | ބުރާސްފަތި 18:44

ހިތްފަސޭހަކޮށްލެވޭނެ މާހައުލެއް ގާއިމު ކުރުމަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްކުރީ 46 މެންބަރުންގެ އަޣުލަބިއްޔަތުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 29 އެޕްރީލު 2021 | ބުރާސްފަތި 18:44
ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރަމުގައި ވާހަކަފުޅުދައްކަވަނީ

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރަމުގައި ވާހަކަފުޅުދައްކަވަނީ

'މަޖާކޮށް ހިތްއުފާކޮށްލަން ޒުވާނުން އެއްތަނަކަށް އެއްވުން' ބައެއް މީހުން މާނަކުރަނީ ރަނގަޅަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރު ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ގަރާރު މަޖިލީހުން ފާސްކުރުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އަހުމަދު އަބްދުﷲ ވިދާޅުވީ، ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ގަރާރުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ހިތްއުފާކޮށްލާ މަޖާކޮށްލަން އެއްތަނަކަށް އެއްވެލައި އުޅެވުމާގުޅޭ ގޮތުން ކަމަށެވެ. އެއީ އެކަން މާނަކުރެވޭ ގޮތުން ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. އަދި މި ގަރާރުގައި ހުރި ކަންކަން ރަނގަޅަށް މާނަކޮށްފިނަމަ އެއިން ނިކުންނާނެ ރަނގަޅު ނަތީޖަތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ، މާލޭގެ ދިރިއުޅުމުގެ އާންމު ހާލަތު އެންމެންނަށް ވެސް އެނގޭ ކަމަށެވެ. އަދި އެ މާހައުލުގައި ޒުވާނުންނަށް މިނިވަން ކަމާއެކު ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ނެތްކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މާހައުލުން ނިކުމެވޭނެ، ގޮތްތަކެއް ހޯދުމަކީ ކޮންމެ އިންސާނަކު ވެސް ބޭނުންވާނެ ކަމެއް ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އަހްމަދު އިތުރަށް ވިދާޅުވީ، ނުރަނގަޅުކޮށް މާނަ ނަގަން ބޭނުންވާ ބަޔަކަށް ކޮންމެ ކަމަކުން ވެސް އެގޮތަށް މާނަ ނެގިދާނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގެ މާނަ ނުބައިކޮށް ނަގަން ވެއްޖެނަމަ، ގައުމުގައި ކުރެވޭނެ ރަނގަޅު އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ކަންކަމުގައި ރަނގަޅު ވިސްނުމަކުން ވިސްނަން ދަސްކުރަން ވެއްޖެ ކަމަށް ވިދާޅުވިއެވެ.

ޒުވާނުންނަށް ހިތްފަސޭހަކޮށްލެވޭނެ މާހައުލެއް ގާއިމު ކުރުމަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްކުރީ 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

މާލެއިން ބިން ވިއްކުމާއި ދެކޮޅަށް ޒުވާނުން އިހުތިޖާޖުކޮށްފި

23 އޯގަސްޓު 2017
މާލެއިން ބިން ވިއްކުމާއި ދެކޮޅަށް ޒުވާނުން އިހުތިޖާޖުކޮށްފި
10 އޯގަސްޓު 2017

އެއްވުން ތަކުގައި ބައިވެރިވާ އާއްމު ރައްޔިތުންގެ ސަބަބުން ބޮޑު ކާމިޔާބީއެއް ދަނީ ލިބެމުން:އިންތި

10 އޯގަސްޓު 2017
އެއްވުން ތަކުގައި ބައިވެރިވާ އާއްމު ރައްޔިތުންގެ ސަބަބުން ބޮޑު ކާމިޔާބީއެއް ދަނީ ލިބެމުން:އިންތި
03 އޯގަސްޓު 2017

މާރާމާރީތައް ހުއްޓުވައިދީ، ޒުވާނުން މިކަމުގައި އެއްބާރުލުން ދިނުމަށް އެދެން: އެމްޑީޕީ

03 އޯގަސްޓު 2017
މާރާމާރީތައް ހުއްޓުވައިދީ، ޒުވާނުން މިކަމުގައި އެއްބާރުލުން ދިނުމަށް އެދެން: އެމްޑީޕީ
26 ޖުލައި 2017

މިނިވަންވުމަށް ގޮވާލާ ބާއްވާ އެއްވުން މިއަދު

26 ޖުލައި 2017
މިނިވަންވުމަށް ގޮވާލާ ބާއްވާ އެއްވުން މިއަދު
23 ޖުލައި 2017

ހޯމަ ދުވަހު ބާއްވާ އެއްވުން ޣައިރު ގާނޫނީ، ފުރުސަތެއް ނުދޭނަން: ފުލުހުން

23 ޖުލައި 2017
ހޯމަ ދުވަހު ބާއްވާ އެއްވުން ޣައިރު ގާނޫނީ، ފުރުސަތެއް ނުދޭނަން: ފުލުހުން
22 ޖުލައި 2017

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް

22 ޖުލައި 2017
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް
05 ޖުލައި 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި

05 ޖުލައި 2017
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
23 ޖޫން 2017

އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި

23 ޖޫން 2017
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި
22 ޖޫން 2017

އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ

22 ޖޫން 2017
އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް