Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ޒުވާނުންގެ ހިއްވަރު

މާރާމާރީތައް ހުއްޓުވައިދީ، ޒުވާނުން މިކަމުގައި އެއްބާރުލުން ދިނުމަށް އެދެން: އެމްޑީޕީ

3 އޯގަސްޓު 2017 | ބުރާސްފަތި 10:03

މިއަހަރުގެ މިހާތަނަށް 370 މާރާމާރީގެ މައްސަލަ ރެކޯޑް ކުރެވިފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 އޯގަސްޓު 2017 | ބުރާސްފަތި 10:03
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް މީކާއިލް ނަސީމް (މެދުގައި) އަދި ޒުވާނުންގެ ހިތްވަރުގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން--

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް މީކާއިލް ނަސީމް (މެދުގައި) އަދި ޒުވާނުންގެ ހިތްވަރުގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން--

މާލޭގައި ހިންގަމުންދާ މާރާމާރީތަކާއި މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވައިދިނުމަށް ދިވެހި ފުލުހުންނަށް ގޮވާލުމުގެ އިތުރުން ޒުވާނުން ވެސް މިކަމުގައި އެއްބާރުލުން ދިނުމަށް އެމްޑީޕީގެ ޔޫތު ވިންގުން ގޮވާލައިފި އެވެ.

އަލަށް އިންތިހާބު ކުރެވުނު އެމްޑީޕީގެ ޔޫތު ވިންގް "ޒުވާނުންގެ ހިތްވަރު"ގެ ރައީސް މީކާއިލް ނަސީމް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި މާރީމާރީ ހިންގުން ވެސް ކަނބޮޑުވާ ދަރަޖައަށް އިތުރުވެ، ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ނޫސްވެރިޔާ ރިލްވާނަށް ވީނުވީއެއް ފުލުހުންނަށް ބުނެދެވިފައެއް ނެތް. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވި ނަމަވެސް އެކަމަށް ފަންޑު ކުރި ބައެއް ފުލުހުންނަށް ހޯދިފައެއް ނުވޭ. އަދި ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ރާއްޖޭގެ މުއައްސަސާތަކުގެ ތެރެއިން ފުލުހުންގެ ރައްކާތެރިކަމާއި ސިފައިންގެ ރައްކާތެރިކަން އެންމެ ބޮޑަށް އޮތް ސުޕްރީމް ކޯޓު ފަދަ މުއައްސަސަތަކުގެ ކައިރީގައި ތޫނުއެއްޗަކުން ޒުވާނެއް ޒަހަމްކޮށްލިތަން. މިފަދަ ޖަރީމާތައް ނުހުއްޓުވުމަކީ މުއައްސަސާތައް ލަދުވެތިވާންޖެހޭ ކަމެއް،" މީކާއިލް ނަސީމް ވިދާޅުވި އެވެ.

މިކައިލް ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާއަކީ ތައުލީމީ އަދި ހުނަރުގެ ގޮތުން ވެސް ސަރަހައްދީ އެހެން ގައުމުގެތަކުގެ ފުލުހުންގެ މުއައްސަސާތަކަށްވުރެ ގާބިލް މުއައްސަސާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ފެނިގެންދަނީ ސިޔާސީ ނުފޫޒުން މުޅި މުއައްސަސާ ފެއިލްވެފައިވާ މަންޒަރު ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް 370 އަށްވުރެ ގިނަ މާރާމާރީގެ މައްސަލަ ރެކޯޑް ކުރެވުފައިވާއިރު، ދިވެހި ރައްޔިތުންގެ އަތުން ނެގޭ ޓެކްސްއިން، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 1.3 ބިލިއަން ރުފިޔާ ޚަރަދު ކުރާއިރު، ރާއްޖޭގައި ހިންގާ މާރާމާރީތައް ނުހުއްޓުވޭ ކަމަށްވާނަމަ ލަދު ގަންނަން ޖެހޭ ކަމަށެވެ. އަދި މިކާއިލް ވަނީ މާރާމާރީގެ ކަންކަން ނުހުއްޓުވޭ ކަމަށްވާ ނަމަ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑުމެން ގޮވާލަން ދިވެހިރާއްޖޭގެ ޒުވާނުންނަށް، ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ބެލުމެއްނެތި، ނިކުންނަވާ މާރާމާރީތައް ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް. މަގްސަދަކީ ޒުވާނުން ނިކުމެ ދިވެހި ދައުލަތް އެކައުންޓަބަލް ކުރުވުން،" މީކާއިލް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ޖުލައި 2017

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް

22 ޖުލައި 2017
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް
05 ޖުލައި 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި

05 ޖުލައި 2017
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
03 ޖުލައި 2017

ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު

03 ޖުލައި 2017
ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު
23 ޖޫން 2017

އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި

23 ޖޫން 2017
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި
22 ޖޫން 2017

އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ

22 ޖޫން 2017
އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ
05 މެއި 2017

ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

05 މެއި 2017
ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
13 މާރިޗު 2017

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް