Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްވެ އުޅުމުގެ މިނިވަންކަން

ހޯމަ ދުވަހު ބާއްވާ އެއްވުން ޣައިރު ގާނޫނީ، ފުރުސަތެއް ނުދޭނަން: ފުލުހުން

23 ޖުލައި 2017 | އާދީއްތަ 12:47

ދައުލަތުގެ ހުއްދައެއް ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 23 ޖުލައި 2017 | އާދީއްތަ 12:47
އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ

އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ އެއްވުމަކީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށާއި އެ އެއްވުމަށް ޖާގަ ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް ސުވާލެއް ކޮށްލުމުގެ ފުރުސަތު ނުދީ އާދިއްތަ ދުވަހު ބޭއްވި "ބަޔާން އިއްވުމުގައި" ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މާލެއަށް މީހުން ގެނެސްގެން މާލޭގެ ބައެއް ސަރަހައްދުތަކުގައި ބާއްވަން ނިންމާފައިވާ އެއްވުމަކީ ގާނޫނާ ޚިލާފް އެއްވުމެއް ކަމަށެވެ.

Advertisement - newsAdvertisement

ޝިފާން ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ ޚިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ފުލުހުންގެ މިހެން ބުނެފައިވާއިރު ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. މީގެ އިތުރުން ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް މި ބާބުގައި (ގާނޫނު އަސާސީގެ ދެ ވަނަ ބާބުގައި) ބަޔާންވެގެންވާ އަސާސީ ހައްގަކާ ނުވަތަ މިނިވަންކަމަކާ ތައާރުޒުވާނަމަ، އެ ގާނޫނެއް ނުވަތަ އެ ގާނޫނަކުން އެ ހައްގަކާ ނުވަތަ އެ މިނިވަންކަމަކާ ތައާރުޒުވާ މިންވަރެއް ވާނީ ބާތިލް އެއްޗަކަށް ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނާ ގޮތުގައި ހޯމަ ދުވަހުގެ ހެނދުނު ބާއްވާ އެއްވުމަކީ ސުލްހަވެރި އެއްވުމެކެވެ. އެ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނާއިރު، ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ބުނެފައިވަނީ، ގާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރެއް ކޮށްގެން ނުވާނެ ކަމަށާއި، އަދި ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން، ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނެފަދަ އަމަލެއް ކުރުމުގެ، ނުވަތަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް ގާނޫނު އަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ވެސް ނުވާނެ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުމަކީ ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ޒިންމާވާގޮތަށް ބާއްވާ އެއްވުމެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ގާނޫނާ ޚިލާފަށް ބާއްވާ އެއްވުމަކާ ގުޅިގެން އެފަރާތްތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން ބުނެފައިވަނީ، އެއްވުން ބާއްވާ ސަރަހައްދަކީ މާލޭގެ ޓްރެފިކް ބާރު ބޮޑު އަދި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި، ސްކޫލާއި ހޮސްޕިޓާ ހިމެނޭ ސަރަހައްދަކަށް ވުމުން އެ ސަރަހައްދުގެ ޓްރެފިކަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޒާތީ ދިރިއުޅުމަށް ދަތިވާގޮތަށް އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.

ޓްރެފިކާއި މީހުންގެ ޒާތީ ދިރިއުޅުމަށް ދަތިވާ ގޮތަށް އެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނާއިރު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންނާއި ޕީޕީއެމް އިން އިންތިޒާމް ކުރާ އިވެންޓްތަަކަށް މަގު ބަންދުކޮށްދީ، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވެ އެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އިން ވަނީ މަގުތައް ބަންދުކޮށްގެން، މަގުމަތީގައި ކެމްޕެއިން ޖަލްސާތައް ވެސް ބާއްވާފަ އެވެ. އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ އެއްބާރުލުމާއެކު ފުލުހުން ސަލާމަތީ ކަންކަން ފޯރުކޮށްދީ، މަގުތައް ބަންދުކޮށްދީގެންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް