Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެބިނެޓަށް ބަދަލުތަކެއް ގެނައުން

ކެބިނެޓަށް ބަދަލުތަކެއް ގެންނަން މަޝްވަރާ އެބަކުރޭ: ރައީސް އޮފީސް

ކައުންސިލް އިންތިޚާބުގައި ނާކާމިޔާބުވުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ބައްލަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 29 އެޕްރީލު 2021 | ބުރާސްފަތި 17:36
ރައީސް އޮފީހުގައި ވަޒީރުންގެ ބައްދަލުވުމެއްގެ ތެރެއިން

ރައީސް އޮފީހުގައި ވަޒީރުންގެ ބައްދަލުވުމެއްގެ ތެރެއިން

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެކުލަވާލާފައިވާ ކެބިނެޓަށް ބަދަލުތަކެއް ގެންނަން ވެރިކަން ހިންގާ ކޯލިޝަނުގެ ލީޑަރުންނާ މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި މިނިސްޓްރީތަކާއި ކެބިނެޓަށް އެކި ބަދަލުތައް ގެންނަވާނެ ވާހަކަ ރައީސް ސާލިހު ކުރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ. ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި އެކަމަށް ރިއާޔަތްކޮށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުން ބުނީ މިހާރު އެކަން ފަށައިގެން ކުރިއަށްދާ ކަމަށާއި އެގޮތުގެ މަތިން މިހާރު މަޝްވަރާ ކުރުމަށް ކޯލިޝަނުގެ ލީޑަރުންނަށް ސިޓީ ފޮނުވައި އަންގާފައިވާނެ ކަމަށެވެ. އެނގިފައިވާގޮތުގައި އެ ސިޓީގައި ބުނެފައިވަނީ ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދައި ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

ސީދާ ބައެއް ވަޒީރުން ވަކިކުރަން އުޅޭ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުން ބުނީ އަދި މަޝްވަރާތައް އެހިސާބަށް ނުދާ ކަމަށެވެ. އެއްވެސް ވަޒީރަކަށް ޓާގެޓުކޮށްފައިނުވާ ކަމަށާއި އަދި މަޝްވަރާތައް ކިރިޔާ ފެށުނީ ކަމަށެވެ.

ކޯލިޝަނަކުން ފެށިގެން އައި ކެބިނެޓަށް މިހާރު ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ކުރީ ކޮޅު ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އިސްތިއުފާދެއްވާފައިވާއިރު ދާދި ފަހުން ކޮވިޑް-19ގެ ހާލަތުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގިކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ އިސްތިއުފާދެއްވާފައެވެ. އަދި ހަމަ އެ ހާލަތުގައި މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ބައެއް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާ މައްސަލައެއްގެ ތުހުމަތުކުރެވި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކުރެއްވީ ސީދާ ރައީސް ސާލިހެވެ. އޭގެ ފަހުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

މިނޫނަސް ބައެއް އެހެން ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް ފެންމަތިވެގެން އައި އިރު އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު