Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޭން ޓޮޓެންހަމް ދޫކޮށްލުން

ޓޮޓެންހަމް ދޫކޮށްލާނެކަމުގެ އިޝާރާތެއް ކޭން ދީފި

ކޭން ހޯދުމަށް ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 އެޕްރީލު 2021 | ބުރާސްފަތި 10:48
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން

ތަށި ހޯދަން ބޭނުންވާ ކަމަށް ބުނެ ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ދީފިއެވެ.

އުމުރުން 27 އަހަރުގެ ކޭން މި ވަގުތު ޓޮޓެންހަމުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 2011 ވަނަ އަހަރު ޓޮޓެންހަމުގެ ސީނިއާ ޓީމުން ޖާގަ ހޯދި ކޭނަށް މިހާތަނަށް ޓޮޓެންހަމާއެކު ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެކަމަކު އޭނާ ވަނީ 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، 2014-2015 އަދި މި ސީޒަނުގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ކުޅެފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކޭން ބުނީ ފުޓްބޯޅައިގެ އެންމެ ބޮޑު ޓްރޮފީތައް ހޯދަން އޭނާވެސް ބޭނުންވާ ކަމަށާއި، އެކަމަކު މިހާތަނަށް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި އިންޑިވިޖުއަލް އެވޯޑުތަކެއް ލިބުނު ނަމަވެސް، ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން ބޮޑު މުބާރާތެއް ކާމިޔާބުކުރުމަކީ އަމާޒެއް ކަމަށްވެސް ކޭން ބުންޏެވެ.

ޓޮޓެންހަމް ދޫކޮށްލާނެކަމުގެ އިޝާރާތެއް ކޭން ދިންއިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޓޮޓެންހަމަށް ޖާގައެއް ނުލިބިއްޖެނަމަ، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ޓީމު ދޫކޮށްލަން ކޭން ބޭނުންވާ ކަމަށް ދާދި ފަހުން އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ޓޮޓެންހަމް ދޫކޮށްލި ނަމަވެސް، ކޭން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަށް ކަމަށާއި، އެގޮތުން ޓޮޓެންހަމް ދޫކޮށްލާނަމަ، ކޭން ބޭނުމީ މެންޗެސްޓާ ސިޓީ ނުވަތަ މެންޗެސްޓާ ޔުނައިޓެޑަށް ދާން ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުގައި މަޑުކުރަން ކޭން ބޭނުންވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ހޯދުމަށް ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކޭން ހޯދުމުގެ މަސައްކަތް ޕީއެސްޖީން ފެށީ މީގެ ކުރިން ޓޮޓެންހަމުގައި ކޭންއަށް އިރުޝާދުދިން އަދި މިހާރު ޕީއެސްޖީއަށް އިރުޝާދުދެމުން އަންނަ މައުރީސިއޯ ޕޮޗެޓީނޯގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕީއެސްޖީގެ އެއްބަސްވުން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އާނުކޮށްފިނަމަ، ކޭން ގަތުމަށް ޕީއެސްޖީ އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނަށްފަހު ކޭން ޓޮޓެންހަމް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 331 މެޗުގައި ކޭން ވަނީ 219 ލަނޑު ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު