Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވިޔަފާރިތަކަށް ރީފައިނޭންސް ކުރުން

ވިޔަފާރިތަކަށް ރީފައިނޭންސް ކުރުމުގެ ފުރުސަތު ދިނުމަށް ފާސްކޮށްފި

ލޯނު ދޫކުރެވެނީ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ވިޔަފާރިތަކަށްތޯ ކަށަވަރުކުރެވޭނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 29 އެޕްރީލު 2021 | ބުރާސްފަތި 11:24
ބާޒާރުމަތީ ފިހާރައެއް

ބާޒާރުމަތީ ފިހާރައެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިގްތިސާދުގައި ދެމެހެއްޓުމަށް އެވިޔަފާރިތަކުން ކުރިން ނަގާފައިވާ ލޯންތައް ރީފައިނޭންސް ކުރަން ބޭނުންވާ ވިޔަފާރިތަކަށް އެފުރުސަތު ލިބޭނެ ގޮތަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ސިޔާސަތުތައް ބައްޓަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެ ވިޔަފާރިތަކަށް ދޫކޮށްފައިވާ މޮރޮޓޯރިއަމްގެ މުއްދަތު ހަމަވެ، ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާތީ ވިޔަފާރިތަކަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް އެހީވާނެ ގޮތްތަކާ ގުޅޭ މައްސަލަ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ދިރާސާ ކުރި ގޮތުގެ ރިޕޯޓު ބުރާސްފަތި ދުވަހު ފާސް ކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

މިއާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުގެ ފުރުސަތުތައް އިތުރަށް ހުޅުވާލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ވިޔަފާރިތަކެއް ކަނޑައަޅައި، ލޯނު ދޫކުރުމަށް ވީހާވެސް ލުއި މިންގަނޑުތަކެއް ބޭންކުން ކަނޑައަޅައި، ޝަރުތުތަކާއި މިންގަނޑުތަކަށް ފެތޭ ވިޔަފާރިތަކަށް ލޯނުގެ ފުރުސަތުފަހު ކުރިއަށް ދިއުމަށް ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކަށް އެންގޭނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން، ކުރިން ރަގަޅަށް ހިނގަމުން ދިޔަ ނަމަވެސް، 2020 ވަނަ އަހަރު ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ޕާރފޯމަންސް ގޯސްވެފައިވާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ޝަރުތުތަކާއި މިންގަޑުތައް ކަނޑައަޅާއިރު ރިއާޔަތް ކުރަން ޖެހޭނެއެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 400 މިލިއަން ރުފިޔާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ދޫކުރާއިރު، އެ ލޯނުތަ ދޫކުރެވެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ލޯނުތަކުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ވިޔަފާރިތަކަށްތޯ ކަށަވަރުކުރާނެ ހަރުދަނާ ނިޒާމެއް އެކުލެވިގެން ދާނެއެވެ. މީގެ އިތުރުން މިއަދުގެ ހާލަތަށް ރިއާޔަތްކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްދާނެ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކުރިން ނަގާފައިވާ ލޯންތައް ރީފައިނޭންސް ކުރަން ބޭނުންވާ ވިޔަފާރިތަކަށް އެފުރުސަތު ލިބޭނެ ގޮތަށް އެސްޑީއެފްސީގެ ސިޔާސަތުތައް ބައްޓަން ކުރެވޭނެއެވެ.

ރިޕޯޓު ފާސް ވުމާއެކު މި ވިޔަފާރިތަކުގެ އުފެއްދުންތައް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަޔާއި ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކުރަމުންދޭތޯ ބެލުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެންގޭނެއެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހާލަތު ރަގަޅަށް ދިރާސާ ކުރުމަށްފަހު ލޯނު ދެއްކުމުގައި ދަތިތައް ހުރި ނުވަތަ ލޯނު ދެއްކުމުގެ ގާބިލުކަން ނެތް ވިޔަފާރިތަކާއި ސްޓްރެސްޑް އެކައުންޓްތައް ޑިފޯލްޓް ވިޔަނުދިނުމަށްޓަކައި ބޭންކުތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޝަރުތުތައް ލުއިކޮށްދީ، އެ ލޯނުތައް ރީސްޓަރަކްޗަރ ކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު

އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު

ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު