Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ދައުރުތަކަށް ބަދަލު ގެނައުން

މަޖިލީހުގެ ދައުރުތައް ދިރާސީ އަހަރުގެ ކަލަންޑަރާއި އެއްގޮތަށް އިސްލާހުކުރުމަށް ފާސްކޮށްފި

29 އެޕްރީލު 2021 | ބުރާސްފަތި 11:19

ޖުމްލަކޮށް މުޅި އަހަރު މަސައްކަތްކުރާ ދުވަސްތަކުގެ ޢަދަދަކަށް އެއްވެސް ބަދަލެއް ނާންނާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 އެޕްރީލު 2021 | ބުރާސްފަތި 11:19
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

މަޖިލީހުގެ ދައުރުތައް ދިރާސީ އަހަރުގެ ކަލަންޑަރާއި އެއްގޮތަށް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި މިކަން ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު އިސްލާހުކުރުމަށް ހުށައަޅާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ. މި އައު އިސްލާހާއެކު މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮގަސްޓު މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓު މަހަށް ބަދަލުކުރުމުން، ދިރާސީ އަހަރުގެ ކިޔެވުން ނިމިގެން ދަރިވަރުންނަށް ޗުއްޓީ ލިބެނީ އަހަރުގެ ޖުލައި އަދި އޮގަސްޓު މަހުއެވެ. މަޖިލީހުގެ ގަވާއިދު މިހާރު އޮތްގޮތުން ދިރާސީ އަހަރުގެ ޗުއްޓީއާއި މަޖިލީހުގެ ޗުއްޓީ ދިމާނުވާކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެއެވެ. އަދި މަޖިލީހުގެ ޗުއްޓީ ދުވަސްތައް ކަނޑައެޅުމުގައި ދިރާސީ އަހަރުގެ ކަލަންޑަރަށް ރިޢާޔަތްކުރަމުން އަންނާތީ މި އިސްލާހު ގެނައުމުގައި އެ ކަލަންޑަރަށްވެސް ކޮމިޓީން ވަނީ ރިއާޔަތްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު މިހާރު އޮތްގޮތުން ދިރާސީ އަހަރުގެ ކިޔެވުން ނިމިގެން ދަރިވަރުންނަށް ލިބޭ ޗުއްޓީ ދިމާވަނީ މަޖިލީހުގެ ދެވަނަ ދައުރުގެ މެދުތެރެއަށެވެ. މިކަމުގެ ސަބަބުން މެންބަރުންނަށް ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ކޮމިޓީން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ މަޖިލީހުގެ ދެވަނަ ދައުރުގެ ހިނގުން މޭ މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބަދަލުކޮށް އެ ގަވާއިދު ގެ 24 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ މަޖިލީހުގެ ތިންވަނަ ދައުރު އޮގަސްޓުމަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ހިނގާނެ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ.

މިގޮތަށް މި މާއްދާ އިސްލާހު ކުރުމުން މަޖިލީހުގެ ދެވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް މަދުވި ނަމަވެސް ތިން ވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް އިތުރުވެގެން ދާނެއެވެ. މިގޮތަށް ބަދަލު ގެނައުމުން ޖުމްލަކޮށް މުޅި އަހަރު މަސައްކަތްކުރާ ދުވަސްތަކުގެ އަދަދަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް