Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަގުދީގެން އެސައިންމެންޓް ހެދުން

އަގުދީގެން އެސައިންމަންޓް ހަދާނަމަ ބޮޑު އަދަދުން ޖޫރިމަނާ ކުރެވޭގޮތަށް ބިލް ފާސްކޮށްފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނަމުގައި ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ކަންކަން ބަލަހައްޓައި އިދާރާއެއް އުފެދިގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އެޕްރީލު 2021 | ބުދަ 17:06
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ

މަތީ ތައުލޫމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުމަކީ މަނާކަމެއްކަމަށް ކަނޑައަޅާ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިބިލް ދިރާސާކޮށްފައިވަނީ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީންނެވެ. ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލްގެ ނަމުގައި ހުށަހެޅުނު މިބިލް ކޮމިޓީން ދިރާސާކުރުމަށްފަހު ވަނީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލަށް ނަން ބަދަލުކޮށްފައެވެ. އަދި ކޮމިޓީން ވަނީ ބިލަށް 33 އިސްލާހެއް ގެނެސްފައެވެ. މިއިސްލާހުތަކާއެކު ބިލް ފާސްކޮށްފައިވަނީ ބުދަ ދުވަހު އޮތް ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މިބިލަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރޭގައި ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި ދަރިވަރުންނަށް މަސައްކަތްކޮށްދިނުމާއި މަސައްކަތްކޮށްދިނުމަށް ހުށަހެޅުން ވަނީ މަނާކަމެއް ކަމަށް ކަނޑައަޅާފައެވެ. އެގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށަހެޅުމަކީ މަނާކަމެކެވެ.

ދަރިވަރު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވައިފި ދަރިވަރެއްގެ އަދަބަކީ 5000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށަހަޅާ ފަރާތެއްގެ އަދަބަކީ 10،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

މިފަދަ އަމަލެއް ދަރިވަރަކު ހިންގައިފިނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް މިބިލްގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެތިން މަތީ ތައުލީމުދޭ ކޮންމެ މަރުކަޒެއްގައި ގާއިމުކޮށްފައި އޮންނަންވާނެކަމަށް ފާސްކުރި ބިލްގައި ބަޔާންކޮށްފައިވެއެވެ.

އަދި މިގޮތަށް އެތަންތަނުން އަމަލުކުރޭތޯ ބަލައި އެތަންތަން މޮނިޓަރކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް މިބިލުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީން ގާއިމުކުރަންވާނެކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

މީގެއިތުރުން މިބިލަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނަމުގައި ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ކަންކަން ބަލަހައްޓައި އިދާރާއެއް އުފެދިގެންދާނެއެވެ. މިއާއެކު މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުން އައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ (ޓީވެޓް)ގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތަކާއި ބަޖެޓްގައި އެއޮތޯރިޓީއަށް ކަނޑައަޅާފައިވާ ބަޖެޓާއި ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތަކާއި ގާނޫނީ އެއްބަސްވުންތަކުގެ ދަށުން އެއޮތޯރިޓީން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް މިބިލްގެ ދަށުން އުފެދޭ އިދާރާއަށް ބަދަލުވެގެންދާނެއެވެ.

އަދި ޓީވެޓްގެ ހުރިހާ މުވައްޒަފުންވެސް މިބިލްގެ ދަށުން އުފެދިގެންދާ އޮތޯރިޓީއަށް ބަދަލުވެގެންދާނެއެވެ.

މީގެއިތުރުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑެއް އެކުލަވާލަންޖެހެއެވެ. މިބޯޑު އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު