Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރިކެޓަށް ހާއްސަ އެޕެއް

ރާއްޖޭގެ ކްރިކެޓުގެ މައުލޫމާތުތައް އެއްތަނަކުން ހޯދުމަށް ހާއްސަ އެޕެއް

އެޕަލް އެޕްސްޓޯ އާއި ގޫގުލް ޕްލޭއިން ހިލޭ ޑައުންލޯޑް ކުރެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 އެޕްރީލު 2021 | ބުދަ 10:53
މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ތެރެއިން

މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ތެރެއިން

ރާއްޖޭގައި ކުޅެވޭ ކްރިކެޓުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ކުޅުންތެރިންނަށާއި، ކްރިކެޓަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ "މޯލްޑިވްސް ކްރިކެޓް އެޕް" ބޭނުންކުރަން ފަށައިފިއެވެ.

މިއީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިފުތިތާހުކުރި ހާއްސަ އެޕެކެވެ. އެ ބޯޑުން މައުލޫމާތުދޭ ގޮތުގައި މި އެޕް މެދުވެރިކޮށް ރާއްޖޭގައި ކުޅެވޭ ހުރިހާ ކްރިކެޓް މުބާރާތްތަކުގެ ލައިވް ސްކޯ އާއި، ކުޅުންތެރިންގެ މައުލޫމާތާއި، ތަފާސްހިސާބުތައް ބަލާލެވޭނެއެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިޞަލް ވިދާޅުވީ މި އެޕަކީ އެ ބޯޑުގެ އައު ހިންގާ ކޮމިޓީގެ އިންތިޚާބީ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ކަމަށެވެ. އަދި މީގެ އެންމެ ބޮޑު ބޭނުމަކީ ކްރިކެޓް ޕްރޮމޯޓުކޮށް، ގިނަ ބަޔަކަށް ރާއްޖޭގެ ކްރިކެޓާ ބެހޭ މައުލޫމާތު ހިއްސާކުރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއާއެކު މި އެޕުގެ ސަބަބުން ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި، އެ ކުޅުންތެރިންގެ ހުރިހާ ތަފާސްހިސާބެއް އެޕް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކްރިކެޓް ބޯޑުގެ ޑިވެލޮޕްމަންޓް މެނޭޖަރު އިމާދު އިސްމާޢީލް ވިދާޅުވީ މި އެޕަކީ ކްރިކެޓް ޑިވެލޮޕްމަންޓް މަސައްކަތުގައި ފަސޭހަތަކެއް ލިބިގެން ދާނެ އެޕެއް ކަމަށެވެ. އަދި އެޕް މެދުވެރިކޮށް ހުރިހާ ކުޅުންތެރިންގެ ފެންވަރު ބަލާލެވޭނެ ކަމަށާއި، މީގެ އިތުރުން އެކެޑަމީތަކުގެ ހަރަކާތްތައް ކުރިއަށްގެންދާ ގޮތްވެސް މޮނިޓާކޮށް، ކުޅުންތެރިން ކުރިއަރަމުންދާ މިންވަރު ވަޒަންކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ކްރިކެޓުގެ މައުލޫމާތު އެއްތަނަކުން ހޯދުމަށް ހާއްސަ އެޕެއް އިފުތިތާހުކުރިއިރު، މި އެޕް ފަރުމާކުރެވިފައިވަނީ މައިގަނޑު ދެ ބައެއް ހިމެނޭ ގޮތަށެވެ. އެއީ ކުލަބު ކްރިކެޓާއި، އެކެޑަމީ ކްރިކެޓެވެ. ކްރިކެޓް ބޯޑުން މައުލޫމާތުދޭ ގޮތުގައި ކުލަބު ކްރިކެޓުގެ ތެރޭގައި މުބާރާތްތަކުގެ މައުލޫމާތާއި، ލައިވް ސްކޯތަކާއި، ޚަބަރާއި ފޮޓޯ ހިމެނޭނެއެވެ. އަދި އެކަޑެމީ ކްރިކެޓުގެ ތެރޭގައި ހިމެނެނީ ޖޫނިއާ އަދި ވައިޑީޕީގެ ޕްރޮގްރާމުތަކުގެ މައުލޫމާތާއި، ތަފާސްހިސާބުތަކެވެ. އަދި މި އެޕުގެ ތެރެއިން ކްރިކެޓް އެކަޑެމީތައް ހިންގާ މީހުންނަށް ޕްރޮގްރާމުތައް ހިންގުމުގައްޔާއި، ވަސީލަތްތައް ހޯދުމާއި، ކުޅުންތެރިންގެ މައުލޫމާތުތައް ބެލެހެއްޓުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ. މި އެޕް އެޕަލް އެޕްސްޓޯ އާއި ގޫގުލް ޕްލޭއިން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު