Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުން

ކާބުލްގައި ތިބޭ އެމެރިކާ އެމްބަސީގެ މުވައްޒަފުން ފޭބުމަށް އެމެރިކާއިން އަންގައިފި

ކާބުލް އެމަބަސީގައި ތިބި އެމެރިކާގެ މުވައްޒަފުން އަނބުރާ ގައުމަށް ދިޔުމަށް ވަކި ދުވަހެއް ކަނޑައަޅާފައެއް ނެތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 އެޕްރީލު 2021 | ބުދަ 10:45
ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީ - ސެޕްޓެމްބަރުގެ ނިޔަލަށް އެގައުމުން އެމެރިކާ ސިފައިން ފައިބަންޖެހޭ

ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީ - ސެޕްޓެމްބަރުގެ ނިޔަލަށް އެގައުމުން އެމެރިކާ ސިފައިން ފައިބަންޖެހޭ

ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުން އެގައުމުން ފޭބުމަށް އެމެރިކާއިން އަންގައިފިއެވެ.

މިއީ އެމެރިކާއާއި އަފްޣާނިސްތާނުގެ 20 އަހަރުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަށާފައިވާ މަސައްކަތުގެ ބައެކެވެ. މިކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާން ކުރައްވާފައިވަނީ މީގެ 2 ހަފްތާ ކުރިންނެވެ. އަފްޣާނިސްތާނުގައި އެމެރިކާގެ 2500 ސިފައިން ހަރަކާތްތެރިވެއެވެ.

20 އަހަރުވީ މިހަނގުރާމަ ނިމުމަކަށް ގެނެސް އެގަައުމުގައި ތިބި އެމެރިކާ ސިފައިން ސެޕްޓެމްބަރު މަހު 11 ވަނަ ދުވަހު ފައިބާނެކަން ބައިޑަން ވަނީ އިއުލާން ކުރައްވާފައެވެ. މިކަން އިއުލާން ކުރައްވަމުން ބައިޑަން ބުނެފައިވަނީ، އެގައުމުން އެމެރިކާ ސިފައިން ފޭބި ނަމަވެސް އެމެރިކާއިން އެގައުމަށް މިހާރު ދެމުން އަންނަ އެހީތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި އެމެރިކާއިން އަފްޣާން ސަރުކާރަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ބައިޑަން ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހަކީ އެމެރިކާއަށް ތާރީޚީ ދުވަހެކެވެ. މީގެ 20 އަހަރުކުރިން އެމެރިކާއިން އަފްޣާނިސްތާނަށް ހަމަލާދީ އެގައުމު އަޅުވެތިކުރީ އަލްގައިދާ ޖަމާއަތުން އެމެރިކާގެ ޓުވިން ޓަވަރަށް ދިން ހަމަލާއާ ގުޅިގެންނެވެ.

ނޭޓޯ އާއި އެމެރިކާއިން އަފްޣާނިސްތާނުގެ ހަނގުރާމައަށް ފޮނުވި ސިފައިންގެ ތެރެއިން 9،600 ސިފައިން އެ ގައުމުގައި މިހާރުވެސް އުޅެއެވެ. އޭގެ ތެރެއިން 2،500 ސިފައިންނަކީ އެމެރިކާ މީހުންނެވެ. ބާކީ ސިފައިން ނިސްބަތްވަނީ ނޭޓޯގެ އެހެން ގައުމުތަކަށެވެ.

އެމެރިކާ ސިފައިންނާއެކު ނޭޓޯ ގައުމުތަކުގެ ސިފައިން ވެސް ސެޕްޓެމްބަރު 11 ގެ ކުރިން އަފްޣާނިސްތާނު ދޫކޮށް އެނބުރި ގައުމުތަކަށް ދާނެއެވެ. އެމެރިކާ އާއި ނޭޓޯގެ އޮފިޝަލުން ބުނެފައިވަނީ އަފްޣާނިސްތާނުގައި ހަމަނުޖެހުން ކުޑަކުރުމާބެހޭ އެއްބަސްވުމަށް ފަހު ވެސް ތާލިބާނުން އެއާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ބުނީ އެމެރިކާ އާއި ނޭޓޯގެ ސިފައިން ފައިބާ ދަނޑިވަޅުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު