Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތައް

މި ސަރުކާރުގައި މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަން: ޝަފީގް

27 އެޕްރީލު 2021 | އަންގާރަ 18:51

އަބަދުވެސް ސަރުކާރުތަކުގެ ޕްރެޝަރ މުއައްސަސާތަކަށް އޮވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 27 އެޕްރީލު 2021 | އަންގާރަ 18:51
މުހައްމަދު އަބްދުﷲ ޝަފީޤް

މުހައްމަދު އަބްދުﷲ ޝަފީޤް

ރާއްޖޭގެ މިނިވަން މުއައްސަސާތަކުން އެ އިރެއްގައި އޮންނަ ސަރުކާރެއް ރުއްސަން މަސައްކަތްކުރާކަން ފާހަގަވެފައިވާކަމަށާއި މި ސަރުކާރުގައި އެ މަންޒަރު ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައިވެސް އިންނަވާ ޝަފީގް ވިދާޅުވީ، ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރު ރުއްސަން މަސައްކަތްކުރުން ކަމަށެވެ. ކޮމިޓީގައި ކަންކަން ބަލާއިރު އެކަން ފާހަގަވެފައިވާ ކަމަށާއި، އެކަން އެހެން ވަނީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އަބަދުވެސް ސަރުކާރުތަކުގެ ޕްރެޝަރ މުއައްސަސާތަކަށް އޮންނަކަމަށާއި، އެކަމުގެ ސަބަބުން ރުއްސަން މަސައްކަތްކުރަނީ ކަމަށެވެ. އެކަމަކު މި ސަރުކާރު އައި ފަހުން އެކަން ނުފެންނަ ކަމަށާއި، މި ސަރުކާރުން އެފަދަ އެއްވެސް ޕްރެޝަރ އެއް ނުކުރާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ނޫސްވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަފީގް ވިދާޅުވީ އެންމެ ފުރަތަމަ ޑިމޮކްރަސީގެ ވާހަކަ ފެށިގެން އައިއިރާއި އަދި އޭގެ ފަހުން ފާއިތުވެގެން ދިޔަ 10 ވަރަކަށް އަހަރުގެ މާޒީގައިވެސް ނޫސްވެރިކަމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. ވަރަށް ބޮޑެތި ދަތިތަކާ އުނދަގޫތައް ނޫސްވެރިންނަށް ހުރިކަން ފާހަގަކުރައްވާ ވިދާޅުވީ މިހާރު ރާއްޖެ މި ދެކޭ ނޫސްވެރިކަމަކީ ދުވަހަކުވެސް ރާއްޖޭގައި ނުލިބޭ މިނިވަންކަމެއްގައި ކުރަމުން އަންނަ ނޫސްވެރިކަމެއް ކަމަށެވެ.

މިއަދު އެންމެނަކީވެސް ނޫސްވެރިން ކަމަށާއި، ސޯޝަލް މީޑިއާގައި ޖަހާލާ އެއްޗެއްވެސް ހަބަރަކަށް ވެދާކަން ފާހަގަކުރައްވާ ވިދާޅުވީ އެ މިނިވަންކަމުގެ ބޭނުންވެސް ހެޔޮގޮތުގައި ހިފަންވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަން ރެގިއުލޭޓްކުރަން ތިިބި އޮތޯރިޓީތަކުގައި މައްސަލަ އެބަހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އެއީ މިނިވަން ދެ މުއައްސަސާއަށްވާއިރު، ނޫސްވެރިންގެ ކަންކަން އެ މުއައްސަސާއެއްގެ ދަށަށް ގެނައުން އެއީ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރައްވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށް ދިއުމަކީ ހެޔޮ ފާލެއް ކަމުގައި ދެކޭ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް