Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ލެސްޓާއިން ތިންވަނައިގައި ލީޑު ދަމަހައްޓައިފި

ތާވަލުގެ ތިންވަނައިގައި ލެސްޓާ އޮތީ 62 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 އެޕްރީލު 2021 | ހޯމަ 23:14
ލެސްޓާ އާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 2-1 ން

ލެސްޓާ އާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 2-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ފަހަތުން އަރައި ކްރިސްޓަލް ޕެލަސް ބަލިކޮށް ތާވަލުގެ ތިންވަނައިގައި ލެސްޓާ ސިޓީން ލީޑު ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެސްޓާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕެލަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އެބްރެޗީ އެޒޭ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިލްފްރިއެޑް ޒަހާއެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މި ހާފުގައި އެ ޓީމުގެ މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލީޑު ނަގާފައެވެ. ކެލެޗީ އިހެނާޗޯ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓިމޮތީ ކަސްޓާނިއާއެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އިހެނާޗޯ ވަނީ ލަނޑެއް ޖަހައި، ލެސްޓާ ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައިގައި ލެސްޓާއިން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 33 މެޗުން 62 ޕޮއިންޓް ލިބިފައެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 33 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 33 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. އަދި ގަދަ ހަތަރަކަށް ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ތާވަލުގެ ހަވަނައިގައި 33 މެޗުން 54 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި

އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި

07 ސެޕްޓެމްބަރު 2017
މޮޓޯ ޖީޕީ: ޑޮވީޒިއޯސޯ ލީޑު ފުޅާކޮށްފި

މޮޓޯ ޖީޕީ: ޑޮވީޒިއޯސޯ ލީޑު ފުޅާކޮށްފި

29 އޯގަސްޓު 2017
އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި

އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި

02 ޖޫން 2017
ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި

ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި

15 އެޕްރީލު 2017
ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

06 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު