Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭރިޕޯޓު: އަމިއްލަ އެދުން

ހައްގު ހޯދުމުގެ ނަމުގައި އަމިއްލަ އެދުން!

25 އެޕްރީލު 2021 | އާދީއްތަ 10:19

ބޭވަފާތެރިއެއް ކަމަށް ބުނެ ޕީޕީއެމުން ނާއިބުރައީސް ކަމުގެ ގޮނޑިވެސް ޖަހައިގަތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 އެޕްރީލު 2021 | އާދީއްތަ 10:19
ޑރ. ޖަމީލް - ހައްގު ހޯދުމުގެ ނަމުގައި ދެއިރު ދެލަވަ ކިޔުމަކީ އެހާ "ކޫލް" ކަމެއް ނޫން

ޑރ. ޖަމީލް - ހައްގު ހޯދުމުގެ ނަމުގައި ދެއިރު ދެލަވަ ކިޔުމަކީ އެހާ "ކޫލް" ކަމެއް ނޫން

ހައްގު ހޯދުމަށް މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ހައްގު ހޯދުމުގެ ނަމުގައި ދެއިރު ދެލަވަ ކިޔުމަކީ އެހާ "ކޫލް" ކަމެއްވެސް ނޫނެވެ. މިހެން މިކަންވާ ހިސާބުން ދެން ބަލައިގަނެވޭނީ އެއީ ހައްގު ހޯދުމަށްވުރެ ބޮޑަށް އަމިއްލަ އެދުމެއް ހާސިލްކުރުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައެވެ.

ދައްކަން މިއުޅެނީ ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ވާހަކައެވެ. އެމަނިކުފާނަކީ މިހާރު ޕީޕީއެމްގެ އެޑްވައިޒަރު ވެސް މެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ނާއިބުރައީސްކަމުން ވަކި ކުރުމުން އެކަމުގެ ބަދަލު ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައި އަދި މައްސަލައާއިގެން ކުރިއަށް ވަޑައިގެންނެވި ހިސާބުން ފެށިގެން އެކަމަށް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ވެސް ޕީޕީއެމުންނެވެ. އެހެންނަމަވެސް މިހާރު އެންމެ ގާތް މިތުރުންނަކީ އެއީއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގައި ދިޔަ އެތައްކަމަކީ އެތައް ގޮތަކުން މިއަދު އެކަންކަމުގެ މައްޗަށް ނަޒަރު ހިންގާލެވިދާނެ ކަންކަމެވެ. ޔާމީނުގެ ވެރިކަމުގައި މަޖިލީހުގެ މެންބަރުކަމުން ވަކިވިކަމަށް ކަނޑައެޅި 12 މެމްބަރުންނާމެދު ކަންކަން ހިގައިދިޔަ ގޮތާއި އަދި ނާއިބުރައީސްކަމުން ޑރ ޖަމީލު ދުރުކުރިގޮތް، މިހެން ކިޔަން ފަށައިފިނަމަ ކޮޅުންނުލާވަރަށް ކަންކަން އެބައޮތެވެ. މިހުރިހާ ކަންކަމަށް އިންސާފު ހޯދަން ތެދުވެއްޖެނަމަ ކަރުގައި ހިފާފައި ނުހިފާނެ މީހަކު ނޭނގޭނެއެވެ.

ސިޔާސީ ކަންކަމުގެ ތެރެއިން މިތުރުން ހަތުރުންނަށް ވުމާއި ހަތުރުން މިތުރުންނަށް ވުމަކީ އަބަދުވެސް ހިނގަމުންދާ ކަންކަމެވެ. އެބީދައިން އޭރު ޑރ ޖަމީލުވީ ރައީސް ޔާމީނާއި ޕީޕީއެމްގެ ހަތުރަކަށެވެ. އެހެންނަމަވެސް މިއަދު ޑރ ޖަމީލު ވަރުގެ މިތުރެއް ނެތެވެ.

ޑރ ޖަމީލަކީ ބޭފަވާތެރިއެއް ކަމަށް ބުނެ އޭރު މަޖިލިސް ކޮންޓްރޯލް ކުރަމުން ދިޔަ ޕީޕީއެމުން އެމަނިކުފާނުގެ ނާއިބުރައީސް ކަމުގެ ގޮނޑި ޖަހައިގަތީއެވެ. ޑރ ޖަމީލް މަގާމުން ދުރުކުރުމަށް އެދިވަޑައިގެން ޚުދު ރައީސް ޔާމީނު ވެސް ވަނީ ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުތައް، އޭރުގެ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މެމްބަރުންނާ ހިއްސާ ކުރައްވާފައެވެ. ދެން ޑރ ޖަމީލު ފެއްޓެވީ އެމަނިކުފާނުގެ ހައްގު ހޯދުމުގެ މަސައްކަތެވެ.

ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ތުހުމަތު ޔާމީނުގެ ސަރުކާރަށް އެންމެ ހަރު އަޑުން އަމާޒުކުރައްވަމުން ގެންދެވީވެސް ޑރ ޖަމީލެވެ.

އެކަމަކު އޭރު އިތުބާރު ނެތް ނާއިބުރައީސަކީ މިހާރު ޖަލުގައި ހުންނެވި ޔާމީނުގެ އިތުބާރު ލިބިފައިވާ ގާތް މިތުރެކެވެ. ޑރ ޖަމީލަކީ ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގެ އިސް މެންބަރެވެ.

މިކަން ދެކޮޅު ޖެހޭގޮތެއް ނުވިސްނުނެވެ. އޭރު އިތުބާރު ނެތިފައި މިހާރު އިތުބާރު ލިބުނީތޯއެވެ. ހަމަ މި ނޭވާގައި ފާހަގަ ކޮށްލަން ބޭނުމެވެ. ގާނޫނީ ވަކީލުކަން މިއަދު ކުރައްވަމުން ގެންދެވިނަމަވެސް މިއަދާހަމައަށްވެސް ކުރިން ލިބިފައިހުރި އަނިޔާތަކަށް ހިތް ޚަލާސްކަމެއް ނެތެވެ.

ފާއިތުވެދިޔަ ކުރު މާޒީއަށް ނަޒަރު ހިންގާލާއިރު ރައީސް ޔާމީނު ކުރެއްވި އަނިޔާއަށް ކެތްނުކުރެވިގެން ވީޓީވީގެ ލައިވް ޕްރޮގްރާމެއްގައި ޑރ ޖަމީލް ވަނީ ކީރިތި ވެސް ކުރައްވައިފައެވެ. މިކަމާހުރެ ޕްރޮގްރާމް ކުރިއަށް ނުގެންދެވި މެދުކަނޑާލަން ޖެހުނު މަންޒަރު ވެސް ފެނުނެވެ.

އެމަންޒަރު މިހާރު މިވަނީ ބަދަލުވެފައެވެ. މިހާރު މާގިނަގިނައިން އަނިޔާގެ ވާހަކަ ދައްކަވާ އަޑެއް ނީވެއެވެ. މިހާރު އިވެނީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެނީއޭ ވިދާޅުވާ އަޑެވެ. ވާނީވެސް އެހެންތާއެވެ. އޭރު އިތުބާރު ނެތްކަމަށް ނިންމައި ގޮނޑި ޖަހައިގަތް މެންބަރުން ތިބި ޕާޓީއަށް އެޑްވައިޒް ދޭން މިއަދު މިއޮތީ ޖެހިފައެވެ. އެޑްވައިޒަރުގެ ހައިސިއްޔަތުން ޕީޕީއެމްގެ އެންމެ ކުރީ ގޮނޑިބަރިން ހުރިހާ ޖަލްސާއަކުން ވެސް ޖާގަ ލިބިވަޑައިގަނެއެވެ. މީޑިއާތަކުގައި ޕީޕީއެމްގެ އޯނަރޝިޕް ނަންގަވައިގެން ވާހަކަފުޅު ދައްކަވައެވެ.

އެހެންނަމަވެސް ރައީސް ޔާމީނު މިނިވަންކުރުމަށް ގޮވާލައި ކުރިއަށްދާ މުޒާހަރާތަކަށް ނިކުމެވަޑައިގަންނަވާ ތަނެއް ނުފެނެއެވެ. މުޒާހަރާތައް ފެށިގެން އައި ދުވަސްވަރު، ކޮންމެ މުޒާހަރާއެއްވެސް ނިމުމުން ކާމިޔާބީ ފާހަގަކޮށް ސަރުކާރަށް އިންޒާރު ދިނުމަށް އެންމެ ފުރަތަމަ ޓުވީޓު ކުރައްވަނީ ޑރ ޖަމީލެވެ.

ކޮންމެއަކަސް ރައީސް ޔާމީނުގެ ވެރިކަމުގައި ނާއިބުރައީސްކަމުން ވަކިކުރި ކުރުމުގެ އިންސާފު ހޯއްދެވުމަށް ޑރ. ޖަމީލު މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޕީޕީއެމްގެ އެތެރެއިން ފާޑު ކިއުން އަމާޒުވަމުން ދަނީ ސަބަބުތަކެއް އޮވެގެން ކަމުގައި ނޫނީ ނުވާނެއެވެ.

މިއީ ވަކީލަކު އޭނާގެ ކްލައިންޓެއްގެ ވަކީލުކަން ކުރަމުން އަދި އެޑްވައިސް ކުރާ ޕާޓީ ލީޑަރޝިޕަށް އެޑްވައިސް ދެމުން އަދި އެ މީހުންނާ ދެކޮޅަށް ކޯޓަށް ދާ ދުނިޔޭގެ ފުރަތަމަ މައްސަލައަށްވުން ވެސް އެކަށީގެންވެއެވެ. ހެނދުނު ކޯޓަށް ވަޑައިގަންނަވަނީ ރައީސް ޔާމީނު މިނިވަން ކުރުމަށް ވަކާލާތު ކުރެއްވުމަށެވެ. މެންދުރު ކޯޓަށް ވަޑައިގަންނަވަނީ ރައީސް ޔާމީނާ ދެކޮޅަށް އަމިއްލަފުޅަށް ކުރައްވާ ދައުވާ ސާބިތުކޮށްދެއްވައި އަނެއްކާ ޖަލަށް ލުމަށެވެ. ހަވީރު ޕާޓީއަށް އެޑްވައިސް ދެއްވުމަށެވެ. މިކަން ދެކޮޅު ޖައްސާނެ ގޮތެއް ހަމަ ނުވިސްނުނެވެ.

މިއިން ދޭހަވާ ކަމަކީ ސިޔާސީގޮތުން ނެގެން އޮތް ފާއިދާއެއް ނަގައި، ހުރިހާ ކޮޅަކުންވެސް މޮޅު ގޮތް ހޯދަން، ދަނޑިވަޅު ބަލާފައި ބަދަލު ހިފަންޖެހޭ ވަގުތު އެމަގަށް ވެސް ހުރިހާ ދޮރެއް ހުޅުވައިގެން ހުރިކަމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!
07 އޯގަސްޓު 2017

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

07 އޯގަސްޓު 2017
ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
19 ޖޫން 2017

"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ

19 ޖޫން 2017
"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
06 ޖޫން 2017

ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

06 ޖޫން 2017
ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް