Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަޣްދާދުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސ

އިރާގުގައި ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ރޯވެ، ގިނަ ބަޔަކު މަރުވެއްޖެ

25 އެޕްރީލު 2021 | އާދީއްތަ 07:57

ހުޅުގަނޑު އިތުރަށް ބޮޑުވެ އަލިފާނގަޑު ފެތުރުނީ އެ ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ނެތުމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 އެޕްރީލު 2021 | އާދީއްތަ 07:57
އަނިޔާ ލިބުނު މީހުންގެ އިތުރުން އެޑްމިޓުކޮށްފައިވާ މީހުން ވަނީ ކައިރީގައި ހުރި އެހެން ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައި

އަނިޔާ ލިބުނު މީހުންގެ އިތުރުން އެޑްމިޓުކޮށްފައިވާ މީހުން ވަނީ ކައިރީގައި ހުރި އެހެން ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައި

އިރާގުގެ ވެރި ރަށް ބަޣްދާދުގައި ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ރޯވެ، ގިނަ ބަޔަކު މަރުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުން އިބްން ޚަތީބްގައި ހިިނގި މި ހާދިސާގެ ސަބަބުން 27 މީހަކު މަރުވެ، 46 މީހަކަށް އެކިވަރުގެ އަނިޔާ ލިބި ޒަޚަމްވެފައިވެއެވެ. އޮކްސިޖަން ޓޭންކެއް ގޮވައި ހިނގި މި އަލިފާނުގެ ހާދިސާގައި ހުޅުގަނޑު އިތުރަށް ބޮޑުވެ އަލިފާނގަޑު ފެތުރުނީ އެ ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ނެތުމުން ކަމަށް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.

އިރާގުގެ ޕްރައިމް މިނިސްޓަރ މުސްތަފާ އަލް ޚަދީމީ ވިދާޅުވީ މިކަން ހިނގުމަށް މެދުވެރިވި ސަބަބު ވީ އެންމެ އަވަހަށް ހޯދަން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް 120 މީހުންގެ ތެރެއިން 90 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށެވެ. ހާދިސާ ހިނގި ވަގުތު އެ ހޮސްޕިޓަލުގައި ކޮވިޑަށް އެތައް ބަޔަކު ފަރުވާ ހޯދަމުން ދިޔަކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އަދި އެވަގުތު 30 މީހަކު ދިޔައީ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި ފަރުވާ ހޯދަމުންނެވެ. ހާދިސާގައި އަނިޔާ ލިބުނު މީހުންގެ އިތުރުން ހޮސްޕިޓަލްގައި އެޑްމިޓު ކޮށްފައިވާ މީހުން ވަނީ ކައިރީގައި ހުރި އެހެން ހޮސްޕިޓަލްތަކަށް ބަދަލު ކޮށްފައެވެ.

އިރާގުގައި ފާއިތުވި ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު އެ ގައުމުގެ ހޮސްޕިޓަލުތަކަށް ބާރުބޮޑުވަމުން ދާކަމަށް އެގައުމުން ދަނީ ބުނަމުންނެވެ. މިހާތަނަށް އެގައުމުން 1,025,288 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި 15,217 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

އިންޑިއާ ހޮސްޕިޓަލެއްގައި ގިނަ ކުދިންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ވެރިޔާ ސަސްޕެންޑްކޮށްފި

14 އޯގަސްޓު 2017
އިންޑިއާ ހޮސްޕިޓަލެއްގައި ގިނަ ކުދިންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ވެރިޔާ ސަސްޕެންޑްކޮށްފި
01 ޖުލައި 2017

ނިއު ޔޯކްގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރާލާއި ހަ މީހުން ޒަޚަމްކޮށްލައިފި

01 ޖުލައި 2017
ނިއު ޔޯކްގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރާލާއި ހަ މީހުން ޒަޚަމްކޮށްލައިފި
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
18 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި

18 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި
14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
09 ޖޫން 2017

އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި

09 ޖޫން 2017
އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް