Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ހާލަތު

އެމެރިކާގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން އަލުން ޖަހަން ފެށުމަށް ލަފާދީފި

އެމެރިކާގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުން މެދުކަނޑާލާފައިވަނީ މިދިޔަ ހަފްތާގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އެޕްރީލު 2021 | ހޮނިހިރު 04:15
ޖޯންސަން އެންޑް ޖޯންސަން ވެކްސިން

ޖޯންސަން އެންޑް ޖޯންސަން ވެކްސިން

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނަ (ސީޑީސީ)ށް ލަފާދޭ ޕެނަލަކުން އެގައުމުގައި އަލުން ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖަހަން ފެށުމަށް ލަފާދީފިއެވެ.

އެމެރިކާގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުން މެދުކަނޑާލާފައިވަނީ މިދިޔަ ހަފްތާގައެވެ. އެއީ މިވެކްސިން ދިން މީހުންގެ ތެރެއިން އަށް މީހަކަށް ލޭގަނޑު ވުމާއި ލޭ ދަށްވުމުގެ ސީރިއަސް ކަންތައްތަކެއް ދިމާވެ އެކަކު މަރުވުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން އެގައުމުގެ ސީޑީސީ އާއި ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ އެވެކްސިން ޖެހުން މެދުކަނޑާލާފައެވެ.

ކޮވިޑަށް އުފައްދާފައިވާ ވެކްސިން ތަކުގެ ތެރެއިން އެއް ޑޯޒް ޖަހާ ހަމައެކަނި ވެކްސިން އެމެރިކާގެ އަށް މިލިއަން މީހުންނަށް ވަނީ ޖަހާފައެވެ. ވެކްސިން ޖެހުމަށް އަލުން ފެށުމަށް ލަފާދިނުމާއި ގުޅިގެން އެމެރިކާގައި ވަރަށް އަވަހަށް ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖަހަން ފަށާނެކަމަށް ބެލެވެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެޑިސިން ރެގިޔުލޭޓަރ އިން ބުނެފައިވަނީ އެހެންޏާ ނުފެންނަ ވައްތަރެއްގެ ލޭގަނޑުވުން ފެނިފައިވުމާއެކު މިއީ ވެކްސިންގެ ވަރަށް ނުފެންނަ ސައިޑް އިފެކްޓެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް ވެކްސިނުން ލިބޭ ފައިދާ އެއަށްވުރެ ބޮޑުކަމަށް ވަނީ ބުނެފައެވެ.

ޖޯންސަން އެންޑް ޖޯންސަން އިން ވަނީ ޔޫރަޕްގެ ގައުމުތަކުން ވެކްސިން ފޯރުކޮށްދިނުން ފަސްކޮށްލާފައެވެ. އެއީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އެކަންތައްތައް ބަލަމުންދާތީއެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުމަށް އިނގިރޭސިވިލާތުގައި އަދި ހުއްދައެއްނުދެއެވެ. ނަމަވެސް އެގައުމުން ވަނީ 30 މިލިއަން ޑޯޒް ހޯދުމަށް އޯޑަރުކޮށްފައެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހި މީހުންގެ ގައިން މިފެށުނު ކަންތައްތަކަކީ ޖުމްލަ ގޮތަކަށް ބަލާނަމަ ކުޑަކަންތައްތަކެއް ކަމަށް ސީޑީސީގެ އެޑްވައިޒަރީ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ޑރ ބެތް ބެލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
26 ޖޫން 2017

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
18 ފެބުރުއަރީ 2017

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު