Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ތ. އަތޮޅުގެ ހާލަތު

ތ އަތޮޅުގެ 7 ރަށެއްގައި 200ށް ވުރެ ގިނަ ކޮވިޑް ކޭސް

24 އެޕްރީލު 2021 | ހޮނިހިރު 04:26

އެންމެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރަމުން އަންނަ ވޭމަންޑޫން 164 މީހަކު ވަނީ ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އެޕްރީލު 2021 | ހޮނިހިރު 04:26
ތ.ވޭމަންޑޫ، އެންމެ ގިނަ ކޮވިޑް ކޭސް ތ އަތޮޅުން ރިޕޯޓްކުރަމުން އަންނަނީ ވޭމަންޑޫން

ތ.ވޭމަންޑޫ، އެންމެ ގިނަ ކޮވިޑް ކޭސް ތ އަތޮޅުން ރިޕޯޓްކުރަމުން އަންނަނީ ވޭމަންޑޫން

ރާއްޖޭގައި މިވަގުތު ކޮވިޑް އެންމެ ހަލުވި ކަމާއެކު ފެތުރެމުން އަންނަ ތ. އަތޮޅުގެ 7 ރަށެއްގައި 200ށް ވުރެ ގިނަ ކޮވިޑް ކޭސް ރިކޯޑް ކުރަމުން އެބަދެއެވެ.

ތ އަތޮޅުގައި މީހުން ދިރިިއުޅޭ 13 ރަށެއް އޮންނައިރު 7 ރަށެއްގައި ކޮވިޑް ފެތުރެމުން އަންނާތީ ވަނީ މޮނިޓަރިންގ ހާލަތުގައެވެ. އެއީ ވިލުފުށި، ވޭމަންޑޫ، ކިނބިދޫ، އޮމަދޫ، ގާދިއްފުށި، މަޑިފުށި އަދި އެންމެފަހުން މޮނިޓަރިންގ ގެ ހާލަތަށް ގެނައި ތިމަރަފުއްޓެވެ.

Advertisement - newsAdvertisement

ތ. އަތޮޅުން އެންމެ ފުރަތަމަ ކޮވިޑްގެ ކޭހެއް ފެނި މޮނީޓަރިންގެ ހާލަތަށް ގެނައި ވިލުފުއްޓެވެ. އެއީ މިމަހުގެ 5 ވަނަ ދުވަހުއެވެ. ވިލުފުއްޓަށްފަހު އެކި ރަށްރަށުން ކޮވިޑްގެ ކޭސްތައް ފެނި އަންނަނީ ހާލަތު ގޯސްވަމުންނެވެ. ވިލުފުށީގެ އެންމެ ފަހުގެ ހާލަތަށް ބަލާއިރު އެރަށު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މިހާރު އެރަށުގައި އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުން އަންނަނީ 10 ކޭހެެކެވެ. ޖުމްލަ 16 މީހަކު އެރަށުން ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރެއިން 6 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޖުމްލަ 547 ސާމްޕަލެއް އެރަށުން ނަގާފައިވާއިރު އަދިވެސް ނަތީޖާ ނުލިބޭ 91 ސާމްޕަލެއްވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ބަލި މީހުންގެ ތެރެއިން އެކަކު ވަނީ ކޮވިޑް ފެސިލިޓީއަށް އިތުރު ފަރުވާ ދިނުމަށް ބަދަލުކޮށްފައެވެ.

ތ.އަތޮޅުގެ ވެރިކަން ކުރާ ރަށް ވޭމަންޑޫ މިމަހުގެ ނުވަވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ލާފައިވާއިރު އެރަށުން އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 164 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 159 މީހުން ތިބީ އެރަށުގައެވެ. އެރަށުން ހުކުރު ދުވަހު 14 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ޖުމްލަ 711 ސާމްޕަލެއް އެރަށުން މިހާތަނަށް އައިއިރު ނަގާފައިވާއިރު 420 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ 130 ސާމްޕަލެއްވާ ކަމަށް ތ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އެރަށުން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އެކަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. ވޭމަންޑޫއަކީ އެއަތޮޅުން އެންމެ ހާލަތު ގޯސް ރަށެވެ.

ކިނބިދޫއަށް ބަލާލާއިރު އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެރަށުގައި 20 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އޮމަދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެރަށުން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ. ޖުމްލަ 239 ސާމްޕަލެއް އެރަށުން ނަގާފައިވާއިރު 222 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. 14 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބިއެވެ.

ގާދިށްފުށިވެސް މިމަހުގެ 14 ވަނަ ދުވަހު ވަނީ މޮނިޓަރިންގ އަށް ލާފައެވެ.

މިމަހުގެ 16 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ އެއަތޮޅު މަޑިފުއްޓެވެ. މަޑިފުށީގެ ހާލަތަށް ބަލާއިރު ހުކުރު ދުވަހު އެރަށުން 4 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު ވަނީ 10ށް އަރާފައެވެ. ޖުމްލަ 190 ސާމްޕަލެއް އެރަށުން ނަގާފައިވާއިރު 179 ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބި ވަނީ 1 ސާމްޕަލްގެ އެވެ.

ތ އަތޮޅުން އެންމެ ފަހުން މޮނިޓަރިންގ ގެ ހާލަތަށް ގެނައީ އެއަތޮޅު ތިމަރަފުއްޓެވެ. އެއީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެރަށުން ހުކުރު ދުވަހު ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު މުޅި ޖުމްލަ އެރަށުން 7 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ޖުމްލަ 309 ސާމްޕަލެއް ނަގާފައިވާއިރު 261 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ 40 ސާމްޕަލެއްވާ ކަމަށް އެރަށު ހެލްތު ސެންޓަރުން މައުލޫމާތުދެއެވެ.

ރާއްޖޭގައި މިވަގުތުވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު މިހާރު މާލެއަށްވުރެ ގިނައިން އަތޮޅުތެރެއިން އަންނަނީ ކޭސްތައް ފެންނަމުންނެވެ. އެގޮތުން ބ. އޭދަފުއްޓާއި ކ. މާފުށި އަދި އއ. މަތިވެރިން އަންނަނީ ގިނަ އަދަދަކަށް ކޭސްތައް ފެންނަމުންނެވެ. އެއް އަތޮޅެއްގައި އެންމެ ބޮޑަށް ކޮވިޑް ފެތުރެމުން އަންނަ އަތޮޅަކީ ތ. އަތޮޅެވެ. ކުރިން ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވަނީ ކޮވިޑްގެ ކޭސްތައް ފެނިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް